ވައި ގަދަވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ނުޖެއްސި އެހެން އެއާޕޯޓުތަކަށް ފޮނުވާލަން ޖެހިއްޖެއެވެ.

މާލެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން ފްލައިޓުތައް ފުރުމަށް ވެސް އަންނަނީ ޑިލޭތަކެއް ކުރިމަތިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއައިއޭއިން މިއަދު ހެނދުނު ފުރަން އޮތް ގިނަ ފްލައިޓުތަކަކަށް ވަނީ މި މައްސަލަ ކުރިމަތިވެފައެވެ.

ފްލައިޓް ދަތުތުކުރާ ގޮތްތައް ފެންނަ އެޕްލިކޭޝަން "ފްލައިޓް ރާޑާ" އިން ފެންނަ ގޮތުގައި މިއަދު ހެނދުނު ވީއައިއޭ އަށް ޖައްސަން އުޅުނު ބައެއް ފްލައިޓްތައް ވެސް ރަންވޭގައި ޖައްސަން ދަތިވުމާ ގުޅިގެން ވަނީ އެހެން އެއާޕޯޓުތަކަށް ފޮނުވާލަން ޖެހިފައެވެ.

މީގެ ތެރޭގައި އިންޓަނޭޝަނަލް ފްލައިޓުތައް ހިމެނެއެވެ. އެ ފްލައިޓުތަކުން ވަނީ ވީއައިއޭ އަށް ޖެއްސުމުގެ ބަދަލުގައި އިންޑިއާ އަދި ލަންކާ ފަދަ މަންޒިލްތަކަށް މިސްރާބު ބަދަލުކޮށްލައިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މެޓުންބުނާނެ

    އެކަމު ހޯމަދުވަހު ވައިގަދަ ނުވާނެ.

  2. ފަތާބެ

    ވީއައިއޭ އަށް ނުޖެއްސޭނަމަ މާމިގިލި ނޫނީ ގަމަށް ޑައިވަރޓް ނުކުރަނީ ކީއްވެބާ؟ ލަންކާ ނޫނީ އިންޑިއާ އަށް ދިޔުމަށްވުރެ ރަނގަޅުވާނެކަމަށް ފެންނާތީ މި އަހާލަނީ...އެއީ ގަމުގައި ހަމަ ގައިމުވެސް ވީއައިއޭ އަށް ވުރެ ދިގު ރަންވޭއެއް އޮވޭ...

  3. ބަކުރުބެ

    މެޓުއޮފީހަށްވުރެ ސޯސަލްމީޑިއާ މާސަޅި ބުނިގޮތަށްއެބަވޭ މެޓުންބުނާއެެއޗެއް ގަބޫލުކުރަންދަތިި.

  4. ކތ

    ވަރަށް ދެރަ