ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ މަގުމަތީގައި އިންދާފައި ހުރި ބައެއް ގަސްތައް ވެއްޓިއްޖެއެވެ.

ބާރަށް ވައި ޖެހުމުގެ ސަބަބުން އެމްޕްލޯއިމަންޓް ޓްރައިބިއުނަލް ކައިރީގައި ހުރި ގަހެއް ވަނީ ވެއްޓިފައެވެ. އަދި ސޯސަން މަގާއި އަމީނީ މަގުގައި އިންދާފައި ހުރި ބައެއް ގަސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މީގެއިތުރުން ހުޅުމާލޭގައި އިންދާފައި ހުރި ބައެއް ގަސްތައް ވެސް ވެއްޓިފައިވެއެވެ.

މާލެ އާއި ހުޅުމާލޭގެ މަގުމަތީގައި އިންދާފައި ހުރި ގިނަ ގަސްތައް ވެއްޓުމާ ގުޅިގެން ސިފައިން ދަނީ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުންނެެވެ. މިއީ މި ފަހުންި ވައި ގަދަވެގެން މާލެ އަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އައްޑޫ ސިޓީ އަށާއި ފުވައްމުލަކަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުބެ

    މިގައުމުގަ ހުރި މެޓުއޮފީސް އިސްތިއުފާދީފަ ސޯލިހުއާއި ހަވާލުކުރޭ ގައިމު އެމީހާއަށް ތިތަންބަލައިލެވޭނެތާދޯ..

    10
    9
  2. ޒާ

    އައްޑޫއަށް ގަދަ ކޮޅިގަނޑެއް ކުރިއަށް އޮތް 2 ދުވަސްތެރޭ އަރާނެކަމަށް މީގެ 2 ދުވަސް ކުރިން އާއްމުންނަށް އެނގި އެވާހަކަ ދެއްކީމާ މެޓުން އެކަން ދޮގުކުރި.