ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮަށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.

ސައުދީން ރާއްޖެ އަށް ހަދިޔާކޮށްފައި ވަނީ 25 ޓަނުގެ ކަދުރެވެ.

މި ކަދުރާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. ކަދުރު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައެވެ.

މީގެ ކުރިން ސައުދީން ވަނީ ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަހުމަދު

    މިދިޔަ އަހަރު ވެސް ކަދަރު ލިބުނީ ކޮންބަޔަކަށް ކަމެއް ނޭނގޭ މިފަހަރު ވެސް އެހެންތޯ ކަދުރު ފާތުމަ ނަންވާނީ އޭރު ކަދުރު ބެހިތާ މިދިޔަ އަހަރު ވަސް ވެސް ނުފެނޭ

    25
    1
    • ރައްޔިތު

      މިދިޔަ އަހަރު ލިބުނު 50 ޓަނު އެއްކޮށް ކަދުރު ފަޒުނާ ކާލީ. ރައްޔިތަކަށް ވަސްވެސް ނުލިބުނު. ފާތުމަ ވެއްޖިއްޔާ ރައްޔިތުންނަށް ދިންތާ..!

  2. ިިަިަިއައިޑިއާ

    ދެން ތިވެސް ބޮޑު އަގުގަ ވިއް ކަާލާ ރައްޔިތުންނަށް

    20
    1
  3. ލިބޭއިންނުލިބޭ

    އެމްޑީޕީ ސަރުކާރުގައި އާއްމުކޮށް ކަދުރުކޮޅު ބަހާނީ ފިތުރު އީދަށް 2 ދުވަހަށް ވީމަ.

    16
    2
  4. ބުއްދި

    ޕާޓީކުދިންނަށް އަވަހަށް ބަހާލާ ، މިއީ ކައުންސިލް އިންތިޙާބުގެ ދުވަސްވަރުކަން ހަނދާނުން ފިލުވާނުލާތި. އަނެއްކާ ފައްޔާޒުކެޔަނުދޭތި.

    20
    1
  5. rani

    rayyithuna kadhureh foaraane baa.

    11
  6. އަހްމަދު

    މީގެކުރީ އަހަރުތަކުގައި 50ޓަނުދޭ މިއަހަރު 25ޓަނު. ސައުދީގެ ކަދުރުދަނޑުތައް ހަލާކުވީބާ؟

    15
    2
  7. ފުތާ

    ފާތުމާ މަތިން ހަދާންވަނީ ކަދުރުގެ ވާހަކަދެއްކީމަ .....ފާތުމަ ހުރިނަމަ މި ކަޓުވާލާނެ

    3
    20
    • އަންނި

      ފާތުމަ ނުކަޓުވާ ރައްޔިތުންނަށް ބެހީ. ބާޣީ ސިއްކަ ފަޒުނާއަށް ރައްޔިތަކަށް އެންމެ ކަދުރު އޮށެއްވެސް ނެދެވުނު. ވަގު ސަރުކާރު އިސްތިއުފާ ދީ..!

  8. އަދުރު

    ކޮންމެ ސަރުކާރެއް އަޔަސް ތިޔަ ކަދުރުކޮޅު ދިރުވާލާނެ އަހަރެމެން މިތިބީ ތިޔަ ހަދިޔާ ކުރާ އެއްޗެކޭ ކިޔާތީވެ ލިބޭނެކަމަށް އުއްމީދު ކޮއްގެން ދުވަހަކު އަރުތެރެ އަށް ތިޔަކަދުރުގެ ރަހައެއް ނުލި ކޮންމެފަހަރަކު ވެސް ބަނޑު އަޅާލަނީ ސަރުކާރުގަ ތިބޭވެރިން!

    2
    1
  9. އަދުރު

    ކޮންމެ ސަރުކާރެއް އަޔަސް ތިޔަ ކަދުރުކޮޅު ދިރުވާލާނެ އަހަރެމެން މިތިބީ ތިޔަ ހަދިޔާ ކުރާ އެއްޗެކޭ ކިޔާތީވެ ލިބޭނެކަމަށް އުއްމީދު ކޮއްގެން ދުވަހަކު އަރުތެރެ އަށް ތިޔަކަދުރުގެ ރަހައެއް ނުލި ކޮންމެފަހަރަކު ވެސް ބަނޑު އަޅާލަނީ ސަރުކާރުގަ ތިބޭވެރިން!
    ނަންވާނީ ފާތުމަ

    1
    1
  10. ދަރަނި ދަންތުރަ

    ފާތުމަޔަށްވުރެ މާ ބޮޑެތިވަގުން މިހާރު މިތިބީ ، ފާތުމަނުވާނެ މިހާރު ހަވާދަކަށްވެސް ކަލޯ

  11. ދޮން ދޮން ހަމަ ދޮން ކަދުރު

    މިދިޔައަހަރު ގެނައި ކަދުރު ނުބެހީ ހިތިހަބަރު ރަހަ ލާތީބާ؟
    ނަންވާނީ ކަދުރުފާތުމަ

  12. ގޮއްޔޭ

    ނަމުގަ ފާތުމަ.އެކަމު މިދިޔަ އަހަރުވެސް ލިބުން ކަދުރު ކަޓުވާލި ބަޔަކު ތިބޭނެ

  13. سعدية عبدالله

    މި ހާރު ފާތިމަތު ނުޅެ ކަދުރު ނުލިބޭ ހަމަފާތުމަތު ގެޔަންގެންދަނީ ދޯ ؟

  14. ބަރުގޮނު

    ޚަބަރު ކިޔާލުމުން ދޭހަވަނީ ކުރިން 50 ޓަނު ކަދުރު ދީފައި އަނެއްކާ 25 ޓަނު ދިނީކަން. އެހެންވީމާ ޖުމްލަ 75 ޓަނު އެބަ ހަމަވޭ.

  15. ކަދުރު މިނިސްޓްރީ

    މިއީ މި މިނިސްޓްރީ ކުރާހާވެސް ކަމަކީ. އިސްލާމީ ގައުމެއްގަ އެންމެ ހަރަކާތްތެރިވާންޖެހޭ ތަން މިއީ އަސްލު. އެކަމަކު މިވެރިކަމަގަ އެއްކަމެއްވެސް ނުކުރެވެ އިޖުތިމާއީ ހޭލުންތެރިކަމާ އިސްލާހަކަށް.

  16. އެމަންޖެ

    މިދިޔަ އަހަރުވެސް ދިންކަމައްވަނީ ސަރުކާރުގެ ވެރިންތަ އެކައި ހުސްކުރީ.

  17. ހުސޭނުބޭ

    ކޮބައިތަ ކަދުރު ޝިފާ! އަވަހަށް ކަށްވާލަ!

  18. މެޑަމް

    އާ ކަދުރު ހަވާލު ކުރޭ ބަހަން

  19. ކިނބޫ

    ކަދުރު ކަޅުދައްތައާ ހަވާލު ނުކުރާތި. ކާލާނެ.

  20. އުންސުރޭ

    ކާލާ ކާލާ ދިރުވާލާ. ރައްޔިތަކަށް ވަސްވެސް ނުދުވާނެ އުންސުރު ހަމނުވެގެން.

  21. 💖💖💖

    ތީގެން އެތިކޮޅެއް ކާން ލިބޭނެބާ؟