ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ޅ. ހިންނަވަރަށް ވަރަށް ބޮޑަސް އުދަ އަރައި ގެއްލުންތައް ލިބިއްޖެއެވެ.

ހިންނަވަރުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ އެ ރަށަށް އުދަ އަރަން ފެށީ ހެނދުނު ނުވައެއް ޖަހާކަން ހާއިރު ކަމަށެވެ. ރަށުގެ އުތުރާއި ދެކުނުން އުދަ އެރުމުގެ ސަބަބުން މުޅި ރަށު ތެރެއަށް ލޮނުގަނޑު ފެތުރިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރަށުގެ ބަނދަރުގައި އަޅާފައި ހުރި ލޯންޗުފަހަރާއި ދޯނިފަހަރު ފަދަ އުޅަނދުތަކަށް ގެއްލުންތަކެއް ވަނީ ލިބިފައި،" އެމީހާ ކިޔައި ދިނެވެ.

މީގެއިތުރުން ރަށުގެ ބައެއް ގޭގެއަށަށާއި ގެތަކުގެ ގޯތިތެރެއަށް ފެން ގަނޑު ވަދެ ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. ރަށު ތެރޭގައި ލޮނުގަނޑު ފެތުރެމުން ދާތީ ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އަންނަނީ ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ކުރަމުންނެވެ. އަދި ރަށުން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

"ވަރަށް ބޮޑަށް އުދަ އަރާފައި ވަނީ. އަޅުގަނޑު ބަނދަރު ސަރަހައްދުގައި ހުރި އިރު، އަޅުގަނޑަށް ސިފަވީ ސުނާމީއެއް ރަށަށް އަރައިގެން އުޅޭ ކަހަލަ ގޮތަކަށް. ރާޅު އެހާ ބޮޑު ނުވިއަސް، ދިޔަވަރު ބޮޑުވުމުގެ ސަބަބުން ރަށަށް ލޮނުގަނޑު ވަންނަނީ،" އެމީހާ ބުންޏެވެ.

ހިންނަވަރަށް މިވަގުތު ވިއްސާރަ ނުވެހުން ނަމަވެސް ވަރަށް ވައިގަދައެވެ.

މެޓް އޮފީހުން މިއަދު ވަނީ މޫސުން ގޮސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފައެވެ. އެގޮތުން ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި ހަޔަކާ ހަމައަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، މިއަދާއި މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަޒުނާ

    އަނެއްކާ ނޫ ރާނީއާގެ އާއި ހަމައަށް އުދަ އެ ރިތަ؟

    13
    6
  2. ރާފިޢު

    މިފަހަރު ހުންނާނެ ރޯލާފަ

    12
    4
  3. ކުރަނޑި

    އަދިވެސް ސޯލިހު ވަށްކަންކުރުންހުއްޓާލާ ދީނަށް ނަސްރުދޭމީހަކުކަމުގައި ވުމަށްއަޒުމް ކަނޑައަޅައި އިސްލާހުވުމަށްގޮވާލަން.

    2
    1