އިންޑިއާގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ADS BY OOREDOO

ޓައިމްސް އޮފް އިންޑިއާގައި މިކަމާއި ގިޅިގެން ބުނެފައިވާގޮތުގައި ޓެރެރިސްޓް ޙަމަލާއެއް އަތުވެދާނެކަމުގެ ބިރު އޮތުމުން ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް ޝައްކު ކުރެވޭ ތަންތަން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ތްރިވަނަންތޕޫރަމްގައި މިހާރު ދަނީ ކުރިޔަށް ކަމަށެވެ.

އަދި މި ސިޓީއަކީ ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ ސިޓީއަކަށްވާއިރު، އޭގެތެރެއިން ބައެއް މީހުން އިސްލާމިކް ސްޓޭޓްސްފަދަ ޓެރެރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވާކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ ދިވެހިން އާންމުކޮށް ދިރިއުޅޭ ތަންތަން ފުލުހުން ޗެކް ކުރާނަމަ ދިރިއުޅޭތަން ބަދަލުކުރާކަންވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އުޅޭތަން ބަދަލުކުރާނަމަ އެމަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރަން ޖެހޭއިރު އެކަން އެގޮތަށް ނުކުރާކަން ދިވެހިންގެ ފަރާތުން ފާހަގަކުރެވޭ ކަމަށެވެ.

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ހަބަރުތަކުގައި ބުނެފައިވަނީ ތްރިވަނަންތަޕޫރަމްގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިމިވަނީ ޓެރެރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުތަކާއި މުވާސަލާތީ ގުޅުންތަކަށް ފާރަލައިގެން ހޯދާފައިވާ މައުލޫމާތުތަކާއި ގުޅިގެން ކަމަށެވެ.

15 ކޮމެންޓް

 1. އިންޑިއާއަށް ނުދަމާ.

 2. ވިސްނުންބަދަލު ވުމަކީ ތަރައްގީ

  އިންޑިޔާ މީހުން އެގައުމުގާ ދިވެހިން އުޅޭތަން ބެލުމުން އެއީ އެހާ ބޮޑު ކަމެއް ނުން ދޯ. އިންޑިޔާގައި ޢިންޑިޔާގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނަމަ އެކަމާ ކަންބޮޑު ވާކަށް ނުޖެހޭ. އަދި އހެނޭ ކިޔާފާ ރާއްޖޭގާ އުޅޭ އިންޑިޔާ މީހުންނަށް ޖެއްސުން ކުރުމަކީ ވާނީ ވަރަށް ނާތަހްޒީބު ކަމަކަށް. އަދި އިންޑިޔާ މީހުން ނާތަހްޒީބު ކަންތަށް ކުރީމާ އަހަރެމެން ވެސް އެމީހުން ހެދި ގޮތށް ހެދީމާ އަހަރެމެންވެސް އެމީހުންގެ ދަރަޖައަށް ވެއްޓުނީ ނުންތަ. އަދި ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހިންވެސް އެމީހުންގެ ހައްގެ ނުވަތަ މަންފާއެއް ނެތް ކަމެއްގެ ތެރެއަށް ވަދެގެން ހަގުރާމަ ކުރުމަށް ދާކަމާ ބައިނަލްއަގވާމީ އސޫލުތަކުން މިފަދަ ހަނގުރާމަ ކުރުމާ މީހުން މެރުމަކީ ވަނީ ޓެރަރިސްޓު ކަންތަކަށް ވާތީ އަހަރެމެންނާ ދިމާވާ މިކަހަލަ ކަންތަކުގެ ޒިއްމާ އަހަރެމެން އަމިއްލައަށް ނަގަންވެސް އެބަޖެހޭ

 3. އަސްލު ވެގެން އުޅޭގޮތަކީ ޝެއިޚް ޒާކިރު ނައިކު އެމީހުންނަށް އެއްވެސް ގޮތަކުން ބަލިނުކުރެވި އެންމެފަހުން އިންޑިޔާގެ ބޮޑުބައެއް އިސްލާމްވެދާނެކަމުގެ ބިރުހީވެ ހައްޔަރު ކުރަން އެންޓަޕޯލް ނެރުމުން ޝެއިޚުގެ ދިފާއުގައި އެތައް މުސްލިމުގައުމެއް ތިބިކަން އެނގި ބިރުގަތީ .ހަގީގަތުގަވެސް މިހާރު އެމީހުންގެ ޕރޮޑަކްޓް ތައް ބޭންކުރަނވެއްޖެ .އަދި ސަރުކާރުން ކައިރި އެހެން ގައުމަކުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސަންވެއްޖެ

 4. މިއުޅޭ ކަލޭގެ ދަރި މަރިވެގެން ދިއްލީއަަށް ގޮސް ކުޓުވައިގެން ވީކަމެއްކަމަށް ލަފށކުރެވެނީ. އައި ހެވަން ޗައިނާއަށް ދިނުމަށް ގޮވާލަން

 5. ދިވެހި ދަރި

  ކީއްކުރާނީ ދިވެހި ސިފައިންނަށް އަދި ސަލާމަތީ ބާރުތަކަށްވެސް ނޭންގޭނެ ރާއްޖޭގައި ނުގަވާއިދުން އުޅެނީ ކިތައް އިންޑިއާ މީހުންކަމެއް. ޢެކަމު އިންޑިޔާއަށް އެނގޭނެ އެގައުމަށް ދާ ހުރިހާ ދިވެހިން. އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ އެގައުމަކުން. އަމިއްލަ ގައުމުގެ މީހުން އެހެން ގައުމުތަކަށް ގޮސް އުޅޭ ގޮތް އެއީ އަދި އެހެންކަމެއް. ޢެފަދަ ކަމަކާ އެމީހުން ކުރިމަތިލާން ޖެހިއްޖިއްޔާ ހުންނާނެ ވަރުވަރުން އެމްބަސީތައް. ޙިމާޔަތް ހޯދަން.

 6. މަރުހަބާ ރައީސް ނަޝީދު އަދި އެމް.ޑީ.ޕީ. އިޓްސް ހެޕަނިންގެ.

 7. ތިޔަ އިންޑިއާއަށް ދިވެހިން ޓެރަރިސްޓްހަމަލާއެއް ދިންތޯ ނޫނީ ބައިވެރިވިތޯ ކުރިން އެކަހަލަކަމެއްގަ؟ އުންޑިއާ މީހުން އުޅޭތަންތަން ވރސް ބަލާ ފާސްކުރުމަށް ދިޗެހި ފުލުހުންނަށް ގޮވާލަން

 8. ދިވެހިރާޢްޖޭގައި ހުއްދަނެތް ގޮތަށް އިންޑިއާމީހުން ވާރކް ވިސާއާއި ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރާ. އިންޑިއާއިން ރުޅިގަދަވަނީ ޗައިނާއާއި ގުޅިގެން އުޅޭތީ.

 9. ހެޔޮހިތުން

  އެއްޗެކޭ ކިޔަނީ ތާއެވެ؟

 10. ހިންގާ އެންމެން ދެން ތިފަޑުއްކަ ރަށްގަޑަށް ނުދަމާ ދޯ؟ އެހެން ތަންތަން މާރަނގަޅު. މީހުންވެސް މާ ހިތްހެޔޮ. ބައިބައި އިންޑިޔާ. ހައި ޗައިނާ .

 11. ރޮބަޓް މޯދީ

  ހެހެ ހަމަ ޖެއްސުންކުރުން ދޭތެރެ ދޭތެރެއިން މިޖެއްސުން ނުކޮއްއެމީހުން ހިތްހަމައެއްނުޖިހޭނެ

 12. ނަރޭންދުރަން

  ބުނަންތަ ރަނގަޅު ވާހަކައެއް ހެޔޮދުއާޔާ ތަހާނީއާ އެކީ؟ އިންޑިޔާއަކީ މިހާރު ތިމާތިމާޔަށް ފެނިގެން އުޅޭޒާތުގެ ހިންދީ ގައުމެއް. އަހަރުމެން މުސްލިމުންނަކާ އެތަނަކ މިހާރު ހަމައެއް ނޫން. ޕާކިސްތާން. ބެންކޮކް. އެއޮތީ ވެލްކަމް ކިޔައިގެން. ޗައިނާވެސް.....

 13. ސުއްބަރާއޯ

  ހެޔޮނުވާނެ. .ތި އިންޑިޔާއަށް ނުދޭބަލަ. ބެންކޮކަށް ލަންކާޔަށް ދާން އާދަކޮށްބަލަ. އަގުތައްވެސް މާރަނގަޅޭ. މީހުންވެސް މާ ރަނގަޅޭ. ހިދުމަތްވެސް މާރަނގަޅޭ<

 14. އެވޮއިޑް ގޮއިން ޓު ފެސިސްޓް އިންޑިޔާ. ގޯ ސިރިލަންކާ. ގޯ ސިންގަޕޫރު. ގޯ ބެންކޮކް (އޮންލީ 399 ޑޮލަރު ޓިކެޓު ނައު). ބެޓަރ. މަޗް ބެޓަރ.

 15. ދިވެއްސެކޭ ބުނަން މިހާރު ލަދުގަނޭ، ބޭރު ގައުމުތަކަށްގޮސްވެސް އުޅޭނީ ތިމާ ހިތުހުރި ވައްތަރަކަށް، ރާއްޖޭގައި އުޅޭގޮތަށް، ޤާނޫނަކަށް ޤަވާއިދަކަށް ބެލުމެއްނެތި، މިދާވަރުން ދަންޏާ އަދި ރީތި ބޮނޑިއެއް ބޮއެގެން މިކަންތައް މައިތިރިވާނީ..