ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުރެއްވި ސޮއި ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަނބުރާ ގެންދިޔުމުން އެ މައްސަލަ ބޭރުވެއްޖެއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިިދިކޮޅުން ޒަހާ ވަކި ކުރަން ހުށަހެޅި މައްސަލާގައި ޖާބިރު ސޮއި އަނބުރާ ގެންދިޔުމުން އެ މައްސަލައިގައި ސޮއިކުރި މެމްބަރުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވީ، ޒަހާގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވީ އޭނާއަށް ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބި އަދި ވަޒީރަކު މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށްވާތީ ޖަވާބުދާރީ ކުރުވުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ މި ވަގުތަށް މިނިސްޓަރު ޒަހާއަށް އިތުބާރުކޮށް އިތުބާރު ނެތް މައްސަލާގައި ކޮށްފައިވާ ސޮއި އަނބުރާ ގެނެސްފައިވާ ކަމަށް އެ ސިޓީގައި ވެެއެވެ.

ޖާބިރުގެ ސިޓީގައި ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ފުރިހަމަަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުންނެވެ. އެ ގަރާރުގައި ސޮއިކުރެއްވީ ޕީޕީއެމް އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ޒަހާގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި ވަނީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި މަސްވެރިންނަށް ވުޒާރާއިން ދޭން ޚިދުމަތްތައް ދިނުމުގައި ލަސްވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ޖާބިރޫ ގައިގަވަރުހުރެގެން ކަންކުރެވޭ މީ ހުން ހަޅޭލަވަންނު ހަދާނެ ކަންކޮއްފަ ދައްކާނީ..ޖާބިރަކީ ތާކުންތާކުނުޖެ ހޭ ލާ ހޫރޭ ވަ ހުތާނެ..މޑޕއަށް ޖާބިރުއެންގީ ޒަ ހާގެ އިތުބާރުނެތްކަމުގެ ވޯޓުނަގާފައޭ މޑޕ މަސްވެރިންގެ ކައިރިއަށް ވޯޓު ހޯދަންދާންވާނީ.. އެ ހެވީމަ މޑޕ ވޯޓު ހޯދަން މަސްވެރިންނާ އެމީ ހުންގެ އާއިލާގާތަށް ނާންނާތި ވޯޓުދޭންބުނަން...

    37
  2. މުފައްކިރު

    އަނެއްކާވެސް ފައިސާ ކޮޅެއް ބޭނުންވީމަ ހަޅޭލަވަން ފަށާނެ.

    29
  3. ދަރަނި ދަންތުރަ

    މައުމޫނު ޖާބެއަށް 1 މިލިޔަން ޑޮލަރ ދިނީބާ

    28
  4. ބަރުގޮނު

    ބޮލުރޮދު ކެޑި ، ޖައްވު ތެރޭގައި ހޫރޭ ތެލަގަޔަށްވެސް ޢިއްޒަތްތެރި ތެލަގަ ކިޔާފިއްޔާ އާ އެއްޗަކަށް ޢިއްޒަތްތެރި ކިޔުނީ ... ނަމާ ކަމާ ވެސް ޒަމާނާ ގުޅޭގޮތަށް ބަދަލު ކުރުމަކީ މޮޅުކަމެއް.

    12
  5. އަހްމަދު

    ރާއްޖޭގެ ކަނޑުގެ ޚަޒާނާ ހުޅުވާލަން އެޚަޒާނާގެ ތަޅުދަނޑި އޮންނަނީ ރައީސްސޯލިހު އަތުގައިތޯ ޖާބިރު ކުރެން އަހާލަން. މިއޮތް ހުރިހާ ދުވަހު މިސަރުކާރުން ކަނޑުގެ ޚަޒާނާ ނުހުޅުވާ ބަންދުކޮށްގެން ތިބީ ރައްޔިތުްނަށް ޖެއްސުންކުރަންތާ؟