ޔޫނިއަން ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން އއ.މަތިވެރީ ގައި ބޭއްވި 18 ވަނަ ގުރުއާން މުބާރާތުގެ އެއްވަނަ މަތިވެރީ އައްސޭރި އައިޝަތު އިނާޔާ ހޯދައިފިއެވެ.

157 ދަރިވަރުން ބައިވެރިވެރިވި މި މުބާރާތުގެ އެއްވަނަ މަތިވެރީ އައްސޭރި އައިޝަތު އިނާޔާ ހޯދާފައިވާއިރު، ދެވަނަ ހޯދާފައިވަނީ އެރަށު ގުލްޒާރުގޭ ލިމްނާ އިބްރާހިމެވެ. އަދި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ ހިމަންދޫ ޝެލްވޭޝަން ނަބާހަތު އަބުދުﷲއެވެ.

މި ޖޫން މަހު 6 އިން 7 ގެ ނިޔަލަށް ބޭއްވި މި މުބާރާތްގެ ވަނަވަނައަށް އައި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުގެ ރައީސް ހުސައިން ޝަރީފު ވިދާޅުވީ މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުވެސް މި މުބާރާތް ކާމިޔާބުކަމާއެކު ބޭއްވުންކަމަށެވެ.

"މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު. އެގޮތުން އެސްޓީއޯއާއި، ދާއިރާގެ މަޖިލީސް މެންބަރު ހުސައިން މުހައްމަދާއި، އިސްލާމިކް ބޭންކް، މިނީ ޑައިމަންޑް ފިހާރަ، ސިލްވާ ސްޕޯރޓްސް ފިހާރަ، ވެނިވިސީ ފިހާރަ، ވެލި ބީޗް އިން ގެސްޓް ހައުސް، ބިޒީ ބީން، މަތިވެރީ ކައުންސިލް އިދާރާ އަދި މަތިވެރީ ސުކޫލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވޭ" މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުގެ ރައީސް ހުސައިން ޝަރީފު ވިދާޅުވިއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އެސްޓީއޯ އެވެ. ކޯރ ސްޕޮންސަރ އަކީ ސިލްވަރ ސްޕޮޓްއެވެ. މީޑިއާ ޕާރޓްނަރ އަކީ "ވަގުތު" އެވެ.

މި މުބާރާތުގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި އެމްޑަބްލިއު އެސް ސީ، ޓެޕްކޮން ހާރޑްވެއަރ، ފެނަކަ، އެމް.އެސް އިންސްޓިޓިއުޓް އޮފް ޟިލއާޢުލް ޤުރުއާން، ރަހުމަތް ދޯނި، ހިތްވަރު ދޯނި، ހޮލިޑޭ މަތިވެރި އިން، ނަސްރު 5، އީކުއޭޓަރ ދޯނި، ރާސްތާ ދޯނި، އަލްފާޟިލް މުޙައްމަދު ޝާހިދު، ވެލިބީޗް އިންނެވެ.

މި މުބާރާތަކީ އަލްމަރުހޫމާ ހައްވާ ޒަކަރިއްޔާ، އަލްމަރުހޫމާ ނޫރަންނަހާރު ޒަކަރިއްޔާ އަދި އަލްމަރުހޫމް ޖައުފަރު ޒަކަރިއްޔާގެ ހަނދާނުގައި ޔޫނިއަން ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވަމުންދާ މުބާރާތެކެވެ.