އެމްއެމްޕީއާރްސީ ހިޔާނާތުގެ މަތިން "ހަނދާން ނެތެމުންދާތީ" ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި މުއިއްޒުގެ ކަންބޮޑުވުންތައް ހާމަކުރެއްވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ހަސަން ލަތީފް ވިދާޅުވީ ކޮން ބައެއްކަން ނޭނގޭ ބަޔަކަށް ދައުލަތުން 31 މިލިއަން ރުފިޔާ ދިނުން އެއީ ބައެއް ބޭފުޅުންނަށް ކޮޑަކޮށް ވެސް އައިބު ކަމެއް ނެތް ކަމެއް ކަމަށެވެ. "އަދި އެބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުން އެބޭފުޅުންނަށް އައިބު ކަމަކަށް ވަނީ މިވާހަކަ ދައްކައިގެން އެފައިސާ އަނބުރާ ދައުލަތައް ހޯދަން އުޅޭ އުޅުން." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާ އަށް އައިބު ކަމަކަށް ވަނީ ވެންޓިލޭޓަރު މައްްސަލައަށްވުރެ މާބޮޑު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މަތިން ހަނދާން ނެތެމުންދާތީ ކަމަށެވެ. "އެމާސިންގާ ހިޔާނާތުގެ އެންމެ ލޯ ލާރިއެއް ވެސް އަނބުރާ ހޯދިފައި ނުވާތީ. އަދި އެކަމާ ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށް ވެސް ކަންބޮޑުވެ ވަޑައިގެން އުޅުއްވާތަން ނުފެންނާތީ." މުއިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި އެކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އެއީ މިސަރުކާރުގެ އެންމެ ބޮޑު އެއްވައުދެވެ. އެވައުދު ފުއްދުމަށް ރިޔާސީ ކޮމިޝަނެއް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ އެތައް ސަތޭކަ ބަޔަކު ތިބިއިރު އެމީހުންގެ މައްސަލަ އެއްވެސް ގޮތަކަށް ކުރިއަކަށް ނުދެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި މިހާތަނަށް ޙުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ކުރީގެ ނައިބު ރައީސަ އަހްމަދު އަދީބަށާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށެވެ. އޭގެތެރެއިން އަދީބާއި ޒިޔަތުގެ މައްޗަށް ޖަލު ޙުކުމް އިއްވީ ކުށަށް އަމިއްލައަށް އިއުތިރާފު ވުމުންނެވެ. ނަމަވެސް އެދެބޭފުޅުން ތިއްބެވީ ގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޚ

    ޢެއަށް ވުރެ މާބޮޑު ޚިޔާނާތެއް އެބައޮތޭ މުއިއްޒު އެވާހަކަ ނުބުނަނީ މައުމޫނާ އޮތް އާއިލީ ގުޅުމުންތޯ.....އެއީ އެފްޕީއައިޑީ....އަންނި ވެސް އިލްޔާސް އާއި އެކު ފޮޓޯ ނަގާފައި ބުނީ އެވަރުގެ ތެދުވެރި އަކު ނުހުންނާނެއޭ...

  2. ރުމީއަ

    ވެންޓިލޭޓަރުގެ ރުފިޔާތައް ވީތަނެއް ކަނދޮޅުދޫ އިސްމާއިލް އަހ ހުމަދާ ސުވާލުކޮށްލަބަލަ ( ދުވާފަރު ދާއިރާ މެންބަރު ) ސިޔާސީ 9 މީ ހަކަށް މި ފައިސާ ލިބިފައިވާކަމަށް ރަށުތޭރޭ ކިޔާ ، އެމް.އެމް.ޕީ.އާރުސީ ފައިސާ ވަނީ މި ހާރުގެ ސަރުކާރާ ، ކުރީ ސަރުކާރުގެ %85 މީ ހުނަށް ލިބިފައި. ހުކުމެއް އަައީ ރުފިޔާ ހޯދި މީ ހުނާ ، ބަ ހަން އުޅުނު މީ ހުނަށް .

  3. ޢަހު

    އެމްއެމްޕީއާރުސީ ލާރިގަނޑު ކެއީ އިބޫ ސޯލިހުއާއި އޭނަގެ އައުވާނުން ވެސް ބައިވެގެން ބައިއަޅައިގެން ދެން އެކަމާ އުޅޭނީ ކިހިނެތް އަދީބްއަތުން ފައިސާހޮވީ ވެރިކަން ނިގުޅައިގަތުމަށްޓަކާ އެތަށް މިލިއަނެއް އިބޫސޯލިހުއަށް 37މިލިއަން ދިން އެވާހަކަވެސް ނުދައްކާ ގައުމު ފަނާކުރަން އައި ބަޔަކު ގައުމު ބިނާކިރާނީ ކިހިނެތް ބުނެބަލަ ކިޔައިދީބަލަ ހައުމު ބިނާކިރުމަކީ ގައުމުގެ މުއައްސަސާތަށް ހުޅުޖަހާ އަންދާލުންތަ؟

    10
  4. އަބްދޫ

    މުއިއްޒު ކަނ ބޮޑުވަނީ ކޮްކަމަކާ.އެމްއެމްޕިއަރުސީފެ ފައިސާއަށް ހިޔާނާތވި ކމަށް އަދީބުއާއި ޒިޔަތު ވަނީ އެއްބަސްވެފާ. ހުކުމް ކޮށް ސަރީއަތް ވަނީ ނިންމާފަ. އެމްއެމްޕީއަރުސީގެ ހުރިހާ ފައިސާއެއް ޖަމަކުރީ އެސްއޯއެފް އެކަނުންޓަށް އެކުންފުނީގެ ހިއްސާދާރުން އެތިބީ ފައިސަ ހިފައިގެންގޮސް އިގިރޭސިވިލާތުގަ. އެކުންފުނީގެ އެކައުންޓް ގާހުރި ފަިސާއާއި ބެހޭ ނިންމުމެއް ކޯތަކުން ނުނިންމެނިސް އެއެކައުންޓުން ފައިސާލިބުނު މީހުން އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔަނާތްވިކަމަށް ކަނދައޅާނީ ކިހިނެތް.

    7
    3
  5. ލޮލް

    ކިހިނެއްތޯ ހަނދާން ހުންނާނީ، ޚުދު އެބޭފުޅުންގެ ޕާޓީ ވުޖޫދު ކޮށްފައިވަނީވެސް ވަގަށްކަމަށް އީވާ ވިދާޅުވި.

    10
  6. ޚައުންޓ

    މުއިއްޒު ޕީޖީ އަކަށް ހުރިއިރު ޝަމީމުލައްވާ ކުރުވިކަންތައް ކޮބާ؟!