ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ފަރާތެއްވެސް އެބަ ތިބިކަމަށެވެ. އަދި އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށެވެ.

ޤަވާއިދުގައި 6 ކަމެއް ހިމެނުމަށް ހަސަން ވަނީ ހުށަހަޅުއްވާފައެވެ.
1- ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި،
2- ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމާއި،
3- އެމަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުޞޫލު ބަޔާންކުރުމާއި،
4- ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު އެފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރުމާއި،
5- ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުޞޫލު ބަޔާން ކުރުމާއި،
6- ޖޫރިމަނާ އެކުގައި މަޢާފްކުރެވޭނޭ ހާލަތްތައް ބަޔާން ކުރުން.

މިމައްސަލަ ހުށަހެޅުއްވުމަށްފަހު ވަހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ޒުވާންނަށް ދިމާވެފައިވާ މިމައްސަލައަކީ އަވަސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. އަދި މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިކުދިންނަށް އަވަސް ހައްލެއް ހޯދުމަށް ޤާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންްޖެހޭކަމަށް ހަސަން ވިދާޅުވިއެވެ.

2019 އާއި 2020 ވަނަ އަހަރު،ގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު 2365 ފަރާތެއް، އަދި 2020 ވަނަ އަހަރު 2658 ފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ ތެރޭގައި ޢުމުރުން 18 އަހަރު ނުފުރޭ 330 ކުދިން އެބަތިއްބެވެ. މިފަރާތްތަކުގެ ތެރެއިން އެތައް ބަޔަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރެވުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަންޖެހި އެހެންނަމަވެސް އެ ޖޫރިމަނާ ދައްކާނެ ގޮތެއް ނެތިފައި ތިބި ޒުވާނުންކަމަށް މިމައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޟމ

  ކުށެއްކަން އެނގިހުރެ ކުށެއް ކޮށްގެން އެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފިޔަވަޅު އަޅާފައި ވަނިކޮށް އެކަން ބަދަލު ކުރުމަކީ އެފަދަ ކުށްތަކަށް އަރައިގަތުމަށް ދެވޭ ހިތްވަރަކަށް ނޫނީ ނުވާނެއެވެ. މި ޤައުމުގައި ކަންކަން ހައްލު ނުކުރެވެނީ ސިޔާސީ މޫސުންތަކުގައި ނިންމާ މިފަދަ ވަސްނުބައި ސިޔާސީ ނިންމުންތަކުގެ ސަބަބުންނެވެ.

  13
  2
 2. ކޮރަލް

  ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތައް ހަލާކު ވެއްޖެ އެވެ. ސަރުކާރު ބިޑަކަށް ނުދެވެ އެވެ. ޖޫރިމަނާ ތައް މާފް ކޮށްދީ ބަލާށެވެ. ދެން ސަރުކާރައް ދައްކަން ޖެހޭ ފައިސާ ނަގާފަ ޖޫރިމަނާ ތައް ހުއްޓުވާ ލަ ބަލާށެވެ.

 3. ވަވާ

  ބަލަ ކީއްކުރަންތަ ލައިސަން ނެތި ދުއްވީ.

  7
  2
 4. އަލިފުޅު

  ހަސަނާ ކިތަންމެ ވަރަށް ތެޅުނަސް ވޯޓެއް ނުދޭނަން. އެމްޑީޕީ އަކަށް. ވޯޓު ކައިރިވީމަ މޮޅެތި އަޑުތައް އަރުވާނެ ކަމެއްނެތް. ތީކީ ކަލޭމެނަށް ވާނެ ކަމެއްނޫން،، ތިހެން ތިކަންކުރާކަށް ތި ވަގުންނަކަށް ނުކެރޭނެ،

  11
 5. ހައްލު

  ފުރަތަމަ ބަލަންވީ މައްސަލައިގެ އަސްލު، ކީއްވެގެންތޯ ޖޫރިމަނާކުރަނީ، ކޮން އުމުރެއްގެ ބައެއްތޯ ޖޫރިމަނާ ކޮށްފައި ތިބީ. ޝައްކެއްވެސް ނެތް އެއީ ޓީނޭޖް ކުދިން ލައިސަންސް ނެތި ދުއްވައިގެން. އެކަން ހައްލު ކުރެވޭނީ އެކުދިން ބާލިޣުވާ ހިސާބުން އެކުދިންނަށް ލައިސަންސް ނެގޭނެ ފުރުސަތު ފަހިކޮށްދިނުމުން. ޕާކިން ސުޓިކާގެ މައްސަލަ ހައްލު ކުރެވޭނީ ވެހިކަލް ޕާކު ކުރާނެ އިމާރާތްތަކެއް މާލޭގެ އެކި ހިސާބު ތަކުގައި ބިނާކޮށް އެތަންތަނުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރެވޭނެ ގޮތެއް ހަމަޖައްސާދިނުމުން.

  8
  1
 6. ހަވާސާ އިބޫ

  ތިޔަފަދަ ކަންކަމުން ޒުވާނުން ޒިންމާދާރު ވުމުގެ ބަދަލުގައި ވިޔާނުދާވާނީ މިއީ ވޯޓުހޯދަން ހޯދައިދޭ ވަގުތީ ފައިދާއެއް އާދޭސްކޮށްފައިބުނަން ޒުވާނުން ޒިންމާދާރުކުރެވޭގޮތަށް ތިޔަތަނުގެ މަސަސއްކަތް ބައްޓަންކޮށްދީ އާދޭސް އާދޭސް އާދޭސް އާދޭސް އާދޭސް އާދޭސް އާދޭސް އާދޭސް

  6
  2
  • އަމީރާ

   އާދޭސް ކޮށްކޮށް ހުރެބަލަ! މިހާރު ޒަމާން ބަދަލުވެއްޖެ! މިއަދުގެ ޒުވާނުންގެ ފިކުރު ކަލޭމެނަށް ވުރެ މާ ތަހުޒީބު! އެވޭލާ ފިކުރުތަކަކީ މިއަދުގެ ދުނިޔެ އަދި ގައުމުގެ ހަލާކު! އަހަރުމެންގެ ދަރިން ބޮޑު ކުރާނީ ޒަމާނާ އެއްގޮތަށް! އެވޭލާ ފިކުރަކަށް ނުހެއްލޭނެ!

 7. އަބްސީ

  ތިކަން ކޮށްދީގެން މަރާމާރީ ގުރޫޕްތައް ކެމްޕެއިނަށް ވޯޓްހޯދައިދޭން މަސައްކަތް ކޮށްދޭނީ

 8. އުސްމާނުބެ

  އަޖައިބެއް ، ލައިސަން ދޫކުރުން އުވާލަންވީނުން ތިވަރުން
  ލައިސަންސް ނެތީމަ ނުދުއްވާން ތިއްބާ ގަދަކަނުން އައިސް ސައިކަލު ކަލޭމެނއް ގޮވައިގެން ދަނީދޯ. ހާދަހާ ނުލަފާ ގޮތެއްނެއް ސައިކަލްތަކެކޭ، ހަމަ އެޔޮއް ބަސްއަހާ ބައިކޮޅުމީހުން ހަށަން ބަދެގެން ތިއްބާ ވިއްޔާ އެދަނީ ގަދަކަމުން ގޮވައިގެން... މަޖިލީހައް ގޮވާލަން އެނެމެ ހަރުކަށިކޮއް ކުއްވެރު ކޮއް ތިޔަސައިކަލުތަކައް ފިޔަވަޅު އަޅާ ރާއްޖޭން ބޭރުކުރަން...
  ނޫނޭ ވޯޓް ކާރިވަނީދޯ

 9. ނުރަބޯ

  ނުޖެހޭނެ ލުއި ހޯދައިދޭކަށް. ލައިސަންސް ނެތި ދުއްވަނީ ކީއްކުރަން.

 10. ވިސްނާ

  ތަންކޮޅެއް ފަސޭ ހައިން ތިލިބޭނެ ގޮތް ހަދާ ދީބަލަ..ރާއްޖެތެރޭ ރަށްރަށުން ނަގާ ފަ ހުންނަ ލައިސަންސް
  ބަލައެއް ނުގަނެ.. އަލުން 0 މަކުން މިޖެހެނީ ފަން ..ބަންގާޅުން ލަައިސަންސް ގެނައައިމަ އެމީހުންނަށް....ލަަ އިސަންސް ލިބޭ ..

 11. ބަރުގޮނު

  މިއީ ޒުވާނުން "ބާނާން" އެއްލާ އިންތިޚާބު މޫސުމު ގެ އެންގަޑެއް. އެކި ގޮތްގޮތުން ޖަލު ބަންދުގައިވެސް ބަންދުން ވީއްލެއްޖެނަމަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ މަސައްކަތް ދަންނަ މީހުން ތިބޭނެ. ސަރުކާރަށް ދައްކާނެ ޖުރިމާނާއެއް ނެތަސް އެމީސްމީހުންގެ ޢާއިލާތައް ތިބީ ވަރަށް ދަތި ޙާލުގައި.

 12. އިބިލީސް

  މިތާ ކޮމެންޓް ކޮއްފައި މިތިބަ މީހުން އަހަރެން ހިތަށް އަރަނީ ޅައުމުރުގައި އެއްވެސް ކުށެއް ނުކޮށް ތިބި ސާފު ހުދު ފޮތިކޮޅުތަކެއް ބާއޭ؟ 18 ނުފުރުނަސް އަދު ފުރުނަސޤ މިގޮތަށް ޅައުމުރުގައި މިކަހަލަ ކަންކަން ކޮށްގެން މަތި މައްޗަށް ޖޫރިމަނާ އަރާފައި ތިބި އެތަށް ޒުވާނުންނެއް އެބައުޅޭ. އެމީހުންނަށް އެއްޗެއް ވިސްނި ތި ޒިންމާދާރު ދިރިއުޅުމެއް ފަށާއިރަށް ތިޔަ ޖޫރިމަނާގެ ދުއްްޕާން އޮންނަނީ ދިރިއުޅުމުގެ ބޮޑު ބުރައަކަށްވެފަ. މީހަކަށް ގެއްލުމެއް ނުދޭ، މީހެއްގެ މުދާ ފޭރެނީ އެއްނޫން. ހަރާމް އެއްޗެއް ހަލާލު ކުރަނީ އެއްނޫން. ދެން ކޮބާ އެމީހުންނަށް އޭތި މާފު ނުކޮއްދޭންވީ ސަބަބެއް. ދެންވެސް އެމީހުންނަށް އިތުރު ފުރުސަތެއްނު ހޯދަ ދޭންވީ ދިރިއުޅުމުގައި ކުރިޔަށް ދާން. ޖަލުތަކުގައި ބޮޑެތި ކުއްކޮށްގެން ތިބި މުޖުރިމުންނަށް މާފް ކުރުމަށްވުރެ މި ކުދިންގެ ޖޫރިމަނާ މާފް ކޮއްދިނުން މާ ރަގަޅުކަންނޭގެ