ރާއްޖެ އާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އެމެރިކާގެ ނިއުޔޯކްގައި ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ކަމަށެވެ.

ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.

ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތައް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެގައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއެކު ދެގައުމު ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ލެސޯތޯއަކީ އެ ގައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ލޭންޑް ލޮކްޑް ގައުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ލެސޯތޯ އެއީ ގުދުރަތީ މުއްސަންދިކަން ލިބިފައިވާ ގައުމެއް.02 މިލިއަން މީހުންގެ އަބާދީއެއް އޮންނަ މިގައުމުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރަކީ 1299 ޔޫއެސް ޑޮލަރު.އިއާދަކުރުވަނިވަި ހަކަތައިގެ މައްޗަށް މުޅި ގައުމު ބަރޯސާވެފައޮން ލެސޯތޯ އެއީ 1000 މީޓަރ އެލެވޭޝަނުގަ އޮންނަ ހަމައެކަނި ގައުމު.ރިނިއުބަލަ އެނާޖީގެ ދާއިރާއިން ލެސޯތޯގެ ތަޖުރިބާ ރާއްޖެއަށް ބޭނުންކުރެވިދާނެ.ދެރައީ ރާއްޖޭގަ ވޯޓާފޯލްސް ނެތީމަ. ވ.ވެދުން

  2. ރަދީފް

    ކޮމެންޓްސް ނުފެންނަނީ ކީއްވެ؟

  3. ތެދުމަގު

    މިކަމުން ޤައުމަށާއި ، ދީނަށް ކުރާނެ ހެއުބަދަލެއް އެބައޮތްތޯ!... ހަމަބޭކާރު .....