ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތެރެއިން 15 ރަށަކަށް މިހާރު އަރައި ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި އެބައޮތް ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިހާރު އަރައި ފޭބުން މަނާކޮށްފައި އޮތް ރަށްތަކަކީ ދ.ކުޑަހުވަދޫ، ރ.އުނގޫފާރު، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރީ، ހުޅުދުއްފާރު، ޅ.ފެލިވަރު، ޅ.ހިންނަވަރު، ރ.އަލިފުށި، ގދ.ތިނަދޫ، ޅ.އޮޅުވެލިފުށި، ނ.ހޮޅުދޫ، ރ.މާކުރަތެވެ.

އިއްޔެ ވެސް މާލެ އަށްވުރެ ގިނައިން މީހުން ކޮވިޑަށް ފައްސިވީ އަތޮޅުތެރޭގެ ރަށްތަކުންނެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު އިއްޔެ އިރުއޮއްސުމާއި ހަމައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ މާލެ އަތޮޅު ހުރައިންނެވެ. އެރަށުގައި ކޮވިޑަށް ފައްސި 90 މީހުން އެބަތިއްބެވެ. ދިއްފުށީގައި 47 މީހުން، ނައިފަރުގައި 30 މީހުން، ފެލިވަރުގައި 26 މީހުން، ކުޑަހުވަދޫގައި 22 މީހުން ކޮވިޑް ޖެހިފައި މިހާރު ވެސް އެބަތިއްބެވެ.

އަތޮޅުތަކުގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު 471 އަށް އަރައެވެ. އޭގެތެރޭގައި ހިމެނެނީ 337 ދިވެހިންނާއި 134 ބިދޭސީންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮއްޔަގެ ސަންޕާ

    މިސަރުކާރުގަ ބޭނުން ނުވާ ހުރިހާ ކަމެއްގަ ރެކޯޑު އެބަހަދާ. ވައްކަން މިއިން ދުވަހަކު ނު ފެންނަވަރަށް ރެކޯޑުމިންވަރަށް. ރައްޔިތުން ރައްޔިތުން ބިކަވުން. މެކުހުގަ. ކޯޓުތައް މުށުތެތެއަށް ލުމުގަ މެކުހުގަ. ޖޭއެސްސީ އިން މުޅިގައުމުގަ ފޮޅިއަޅާފަ

    20
    3
  2. އެމަންޖެ

    މަތިވާނެ ހާއްސަ ހުއްދައިގެ ދަށުން ކެނެރީ ނަޝީދުމެން އެދަނީ މުޅި ރާއްޖޭގަ މިބަލި ފަތުރާ އާލާކުރަމުން.

    24
    3
  3. އަބްސީ

    ރައްޔިތުން ޖޫރިމަނާކޮށްގެން ނަގާހުރިހާ ފައިސާއެއް އެޗްޕީއޭއަށް، މުޅިގައިމުގެ ބަޖެޓް އެޗްޕީއޭއަށް، ނަތީޖާ 0، ރައްޔިތުން ބަނޑަށްޖެހި، ވެރިން މުއްސަދި ވެއްޖެ. އަދިވެސް މިތިބެނީ ކުޅިބަލަން

  4. މަސްއޫދު

    ކައުންސިލް އިންތިޚާބު އެންޑީޕީއަށް ކާމިޔާބުކާމިޔާބު ވާނީ އަދި އިތުތުރު ރަށްރަށް ކަރަންޓީނުގައި ބާއްވާގެން! މިހާރު ހިގަމުންދާ ރިޔާސީ އިމްތިޚޚޚާބު ކާނިޔާބުކުރީ އީސީޝަރީފު މެދުވެރިކޮށް! ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ މައިމޫނާ މެދުވެރިކޮށް!

  5. ޖާބިރު ފަރީދު

    އަތޮޅު ތެރޭގައި ޓެސްޓް ހެދޭނެ ގޮތެއް ނެތް ރ.އުނގޫ ފާރު ރީޖަނަލް ހޮސްޕިޓަލް / ބ.އަތޮޅު ހޮސްޕިޓަލް އަތޮޅު ރަށްރަށުން ހުރިހާ ކިޓުތައް މާލެ ފޮނުވައިގެން ނަތީޖާ ލިބެނީ 72 ގަޑިއިރު ފަހުން ، ކޮބާ މިކަން ޒުވާން ހެލްތު މިނިސްޓަރ އެނގޭތޯ؟ މަސްއޫލިޔަތު އަދާ ނުކުރެވެންޏާ ތަންކޮޅެއް ޒިންމާދާރު މުސްކުޅި ބޭ ފުޅަކާ ހަވާލުކުރޭ🧪

  6. އެލަކުސް އަހުމަދު

    އަންނި އުފާވާނެކަމަށް ހީކުރަން.