ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ކެންޑިޑެސީ ބާތިލް ކުރީ ކައުންސިލް އިންތިހާބުގައި ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ހަސަން މޫސާގެއެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ކެންޑިޑެންސީ ބަލައިގަތް ފަހުންނެވެ. އެކަމަކު، ހަރަދުގެ ގޮތުގައި 86،000ރ. އަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭނާގެ ކެންޑިޑޭސީ ބާތިލް ކުރުމަށެވެ.

އެގޮތަށް ނިންމުމުން އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބަކާ ނުލައި ހޮވިފައި ވަނިކޮށް ސުޕްރީމް ކޯޓުން ކުރިން ވަނީ ކޮމިޝަންގެ އެ ނިންމުން ބާތިލްކޮޮށްފަ އެވެ. އަދި ކެންޑިޑެސީ ބަލައިގަތުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް އެ ކޯޓުން ހުކުމްކުރިއެވެ.

އެހެންވެ، ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަސަންގެ ކެންޑިޑެސީ ފޯމް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،000ރ. އަށް ވުރެ ގިނަ ރުފިޔާ ނުދައްކާފައި ހުރި ކަމަށެވެ.

ހުކުމުގައިވަނީ ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާ ސާބިތު ދަރަނީގެ ތެރޭގައި ސާބިތު ހަރަދު ނުހިމެނޭ ކަމަށް ހަސަންގެ ފަރާތުން ބުންޏަސް، ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ސާބިތު ހަރަދު ނުދެއްކުމަކީ ސާބިތު ދަރަނި ނުދެއްކުން ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު، އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބަކާ ނުލައި ހޮވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަނާޒާ

    އިންޠިޚާބަކާނުލާ ހޮވޭގޮތަށް އޮންނަ ޤާނޫނޫ އުވާލަންޖެހޭ! ހޮވެންޖެހޭނީ އިންޠިޚާބަކުން! ހިތްވަރު ހުރިއްޔާ މިފަދަ ޤާނޫނެއް އެމްޑީޕީން ހަދާލަބަލަ!

    29
    1
  2. ބޯގޯސް

    ތިޔަ އިލެކްޝަން ކޮމިޝަނާ ސްޕް ރީމް ކޯޓް މެދުވެ ރި ވެގެން ޕީޕީއެމްގެ ހު ރިހާ ކެންޑިޑެސީއެއް ބާތިލް ކު ރަންވީނު އޭ ރައް އެމްޑީޕީގެ ހު ރިހާ މަ ރުމޯލުތަކެއް ވޯޓްނުލިޔަސް ތިބޭނީ ހޮވިފައެއްނު ކީކު ރަން ލާ ވޯޓެއްތަ ކިހާބޮޑު ބަލއެއ މިއޮތީ މިބައިގަނޑަހު ރެ

    23
    3
  3. ހަސަން

    މުޅިން ވެސް އިންތިހާބަކާ ނުލާ އެމްޑީޕީ ގިނަ މީހުން ހޮވެނީ. ފެންނަ ނުފެންނަ ވޯޓެއްވެސް ނަގާބަލަ އޭރުން އިގޭނީ. މިވެސް ކިޔަނީ ޑިމޮކްރަސީ އޯ

    24
    2
  4. ޢަލީ

    ބެންޗަށް ބަލާލީމާވެސް އެނގޭ ތިމުނީ ނިވެންވީގޮތަށްކަން، ޢަދުލުއިންސާފު ކުރިއަށް ދިވެހިގައުމު.

    18
    2
  5. ޢަހު

    މީހަކާ ވަދަކޮށްގެން ސައްޙަ ބޯޓަކުން ނުހޮވޭނެ ކަން އިނޣެ ވިއްޔާ ދެން ހޯދަން ޖެހެނީ ގަދަބާރުންތާ

    20
    3
  6. ޓ

    ތީމާރަނގަޅު ގޮތެއް ވޯޓްނުލައި ހޮވުން. ޜައްޔިތުން އެދޭމީހުން ހަމަޖައްސަންވެގެން ވޯޓްލައިގެން ކައުންސިލުން ނަގާގިތައްނިންމީ ކަތީބުންތައް ވަކިކޮށްފަ ތިކިޔާ އަންނިގެ ވެރިކަމުގަ. ޜައްޔިތުން ރުހޭތޯ ވޯޓްނެގުން އެއީ ރީތި ރަނގަޅު އަދި އިންސާފުވެރި ގޮތަކީ .

  7. އަލީ

    ސޫދު ހުރިތަނެއް ރަނގަޅެއް ނުވާނެ

    1
    1
  8. ބޮޑު ފަރަންޖީ

    ތިގޮތަތަށް އިންތިހާބަކާ ނުލާ ހިތަދޫ މެދުދާއިރާ ގޮނޑިޔަށްވެސް އެބަހުރި ފާޑެއްގެ ކޮހެއް..............