މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި އިތުރު ދެބޭފުޅަކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ރޭ ސޮއި ކުރައްވައިފިއެވެ.
ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އުމަރު ޒާހިރާއި ފުލުހުންގެ އިދާރާގައި ޑީއެންއޭ އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޙުސެއިން އަމުރާއި ލެކްޗަރާއެއް ކަމުގައިވާ އިބްރާހިމް ހާފިޒު، އެވެ.
މި ބޭފުޅުން ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވީ އެ ޕާޓީގެ މައި އޮފީސް ކަމުގައިވާ މ.ކުނޫޒް ގައި ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު މިތިން ބޭފުޅުންވަނީ އެބޭފުޅުންގެ މެމްބަރޝިޕް ފޯމު ޖޭޕީގެ ނައިބު ލީޑަރ އަބްދުﷲ ކަމާލުއްދީނާއި ހަވާލު ކުރައްވާފައެވެ.
އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ލީޑަރު ވިދާޅުވީ މިފަދަ ޢިލްމީ އަދި ތަޖުރިބާކާރު ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާއި ގުޅެމުން ދިޔުމުގެ އަސްލަކި މިހާތަނަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ޕާޓީގެ މެންބަރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރިޔާސީ އިންތިޚާބު ކައިރިވުމުން ޖުމްހޫރީ ޕާޓީއަށް މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމްސްޓާރުން މީގެ ކުރިން ވެސް ސޮއި ކުރެއެވެ.
އިދިކޮޅުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޖުމްހޫރީ ޕާޓީ އާއި އެއް ރޫޙެއްގައި ވަރަށް އެކުވެރިކަމާއި އެކު އިދިކޮޅު އެއް ޖަމާޢަތެއްގެ ގޮތުގައި ނިކުތް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ކޯޅުން ފަހަކަށް އައިސް ވަނި ފެންމަތިވެ ހާމަވާން ފަށާފައެވެ. އެގޮތުން އިންތިޚާބު ކައިރިވާ ވަރަކަށް އިދިކޮޅު ލީޑަރުންގެ އެކުވެރިކަމަށް ނިމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ.
އަނހަ! ދެން ކިޔާ ކޮންމެ ލަވައަކަށް ބޯނަސް ލިބޭނެ! އެކަމަކު މުއައްޒަފުންގެ ސާވިސް ޗާޖު.......... އޭތި ހަނދާންނައްތާލާ!
ހާދަ ޒާތަކަށް، ދެން ނަށަން ތަ ވީ....
ތިވީމޮޅުކަމެއް މިފަހަރުވޯލްޑްކަޕްފެށުމުރަސްމިޔާތުގައިތިކަންވާނީ
ފާހަގަކުރަން
ލަވަކިޔުން ތެރިންނަކީ ޝޭޚުންނާ އެއްފެންވަރުގެ ބަޔެއްދޯ؟