ލ. ކުނަހަންދޫއަށް އުދަ އަރާ ދަނޑުބިންތަކާއި ގެތަކަށް ބޮޑެތި ގެެއްލުންތަކެއް ވެއްޖެއެވެ.
އެރަށަކީ އާއްމުކޮށް އުދަ އަރާ ދުވަސް ދުވަހު މީގެ ކުރިން ބޮޑެތި ގެއްލުންވަމުންދާ ރަށެކެވެ.
އެރަށު ކައުންސިލް ނައިބް ރައީސް ލިރްގާމް ސައީދު (ލަރޭ) ވިދާޅުވީ، އެރަށަށް އެދައަރާ ދެ ގެއަކަށް ބޮޑެތި ގެއްލުންތައްވެ ހަތް ވަރަކަށް ދަނޑަަށް ގެއްލުންވި ކަމަށެވެ.
އޭނާ ވަނީ ބައެއް ދަނޑުބިންތަކަށް ގެއްލުންވެފައި ވަނީ ރޯދަ މަސް އަންނާތީ، އެއްޗެހި ހައްދާ ތައްުޔާރުވަމުން ދަނިކޮށެވެ. އެގޮތުން ކިއުކަމްބާ، ކަރާ މިރުސް ދަނޑުތަކަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވިއެވެ.
ލަރޭ ވިދާޅުވީ، އެރަށަށް އުދަ އަރަން ދިމާވެފަައި ވަނީ ރަށުގެ ފަސްގަނޑަަށްވުރެ ލޮނުގަނޑު އުސްވުމުން ކަމަށެވެ. އަދި އެ މައްސަލަ ކުރިމަތިވެފައިވާތާ އެތައް އަހަރެއް ޥެފައިވާއިރު، އެ މައްސަލަ ހައްލުވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކިޔާތީއަހަން މީ ލާމުއަތޮޅުގެ ބެންކޮކޭ
ތޫފާނެއް ނާންނާނޭ ދޮގޭ ކިޔަފަ ބަޔާން ނެރޭ މިހިރީ ރައްޔިތުންނައް އޮޅުވާލާވަރ