ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީގައި މަރާލި ކުއްޖާގެ މަރުގެ މައްސަލައިގައި ތިން މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ހުށަހަޅައިފިއެވެ.

މި އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެރޭ ހިންގި މާރާމާރީގައި އެ ރަށަށް އުފަން އަހުމަދު އުދައްޔު 17، މަރާލި މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދާއި ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށާއި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖާއާ ދެކޮޅަށެވެ.

އަހުމަދު ޝަމީމާއި ޝަރަފް ރަޝީދާއި މާޒިންގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ކުޑަ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅި އިރު، އަނެއް ތިން މީހުންގެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.

ފުލުހުން ކުރިން ވިދާޅުވި ގޮތުގައި މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރިއެއް ހިންގާފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 10 ޖަހާކަންހާއިރެވެ. އުދައްޔުގެ ފުރަގަހުން ފުއްޕާމެއާ ދިމާލަށް ތަކުރާރުކޮށް ވަޅި ހަރާފައި ހުރި ކަމަށްވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެކަމަކު، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.

އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ، ހައްގަކާ ނުލާ ފުރާނަ ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، ބޮޑުވެގެންވާ ކުށެއް ކަމަށެވެ. އަދި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހަންމަލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޑަކުއްޖެއް

    އެކުއްޖާ ބަކުންކާން އިންދާތަ ހައްޔަރުކުރީ؟

  2. ޢިންސާފް

    2 ޖްރޫޕަޖުން މާރާމާރީ ހިންގި އިރު އަނެއް ގޫރޫޕު މީހުންނައް ދައުވާ ނުކުރީކީވެ. ހަމަ ޔަގީނުންވެސް އެ ގުރޫޕު ގޭގައޮތް ނަމަ ތިކަމެއް ނިހިގާނެ އެއްނު. އެމީހުން ވެސްތިބީ ތޫނު ހަތިޔާރާއެކު.

  3. ?????

    ކުއްކުރާ މީހުނަށް ޙައްގު ޢަދަބު ނުދެވެނީ ކީއްވެ؟؟؟
    ޖަލައް ލުމަކީ ޙައްގު ޢަދަބެއް ނޫން.... އިސްލާމް ދީނުގައި މީހުން މަރާ މީހުނަށް ދޭން ޖެހޭ ޢަދަބަކީ މަރަށް މަރު ހިފުން...

  4. ????

    ކުއްކުރާ މީހުނަށް ޙައްގު ޢަދަބު ނުދެވެނީ ކީއްވެ؟؟؟
    ޖަލައް ލުމަކީ ޙައްގު ޢަދަބެއް ނޫން.... އިސްލާމް ދީނުގައި މީހުން މަރާ މީހުނަށް ދޭން ޖެހޭ ޢަދަބަކީ މަރަށް މަރު ހިފުން

  5. ؟؟؟؟

    ކުއްކުރާ މީހުނަށް ޙައްގު ޢަދަބު ނުދެވެނީ ކީއްވެ؟؟؟
    ޖަލައް ލުމަކީ ޙައްގު ޢަދަބެއް ނޫން.... އިސްލާމް ދީނުގައި މީހުން މަރާ މީހުނަށް ދޭން ޖެހޭ ޢަދަބަކީ މަރަށް މަރު ހިފުން