ކުޑަކުދިންގެ ހިޔާގައި ރޭ ބޮޑު ހަމަނުޖެހުމެއް ހިނގައި، އެތަނުން ދިހަ ކުއްޖަކު ފިލައިގެން ދިޔަ ކަމަށާއި ނަމަވެސް މިހާރު ފިލައިގެން ދިޔަ ހުރިހާ ކުދިން ވެސް ހޯދައި އަނބުރާ ކުޑަކުދިންގެ ހިޔާއަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ފިލައިގެން ދިޔަ ދިހަ ކުދިންގެ ތެރެއިން އެއްކުއްޖަކު ވަނީ ކުޑަކުދިންގެ ހިޔާއަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ. ނަމަވެސް އެކުއްޖާގެ އިތުރު މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އެއީ ކޮން އުމުރެއްގެ ކުއްޖެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބައިތިއްބާ ހިޔާގައި 29 ކުއްޖަކު އުޅެ އެވެ.

ރޭ ކުދިންތައް ހިތްހަމަނުޖެހިގެން އެތަކުގެ ފަރުނީޗަރުތަކަށް ގެއްލުން ދިނުމަށްފަހު ފިލައިގެން ދިޔަ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަން ބަލަހައްޓަން ތިބޭ މީހުން ކުދިންނާއި ވާހަކަދައްކާ ގޮތުންނާއި އެމީހުންގެ ފަރާތުން ނަފްސާނީ އަނިޔާ އާއި ކުރިމަތިވާ ކަމަށް ބުނެ ކުދިން ޝަކުވާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ ރޭ ކުޑަކުދިންގެ ހިޔާގައި ކަންތައްތަކެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. އޮފިޝަލް ވިދާޅުވީ މިހާރު މައްސަލަ ހައްލުކޮށް ކުޑަކުދިންގެ ހިޔާގެ ކަންކަން އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ކުދިން ވެސް މީގެ ކުރިން ބޭތިއްބީ ވިލިމާލޭގައި ހުންނަ ހިޔާގަ އެވެ. ނަމަވެސް 2016 ވަނަ އަހަރު ހުޅުމާލޭގައި "ފިޔަވަތި" ހުޅުވައި، ހިޔާގައި ތިބި 13 އަހަރުން ދަށުގެ ކުދިން ވަނީ އެތަނަށް ބަދަލުކޮށްފަ އެވެ. ފިޔަވައްޗާއި ހިޔާގައި ތިބޭ ކުދިން މިހާރު އަންނަނީ ރަށްރަށަށް ބަދަލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އާދަމުގެދަރި

  ރާއްޖޭގައި މިހިރަ އިންސާނީ ހައްގުތަކުގެ ގާނޫނުތައް ހިންގާހައި ދުވަހަކު ތިނޫން ވަރެއް ނުވާނެ. ކަނޑުކޮހުން ކައިރިން އަހައިގެން ސަރުާރު ހިންގާހައިދުވަހަކު ތިނޫން ވަރެއް ނުވާނެ.

  13
  1
 2. ޙަސަނު

  ހިޔާއައް ގެއްލުންދިން ކުއްޖާ އައް ސަރުކާރުގެ މުދަލައް ގެއްލުން ދިންކަމައް ހަދާފައި ބޮޑު ހުމުމެއް ކޮއްފަ ގޮޅިއައް ގަޅާލީމަ އެހުރީ ރަނގަޅުވެފަ،

 3. މާޅޮސްކަލޭގެ

  ދައުލަތުގެ ލާރި ކާ ވާހަކަ ހުއްޓުވަން ކުޅިވަރެއް ފެށުނީ. ދެން އިވޭނީ އެވެނި މިވެނި ތަނެއްގައި ބޮޑު މާރާމާރީއެއް. އެވެނި މިވެނި ތަނެއްގައި މިވެނިކަމެއް ހިނގައިފި. ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓުން ސީރިއަސްކަމާއެކު ބަލަން ފަށައިފިން. ބަލަން ތިބޭތި. މިނޫން ޚަބަރެއް ދެން ނާންނާނެ.