އަލީ ހަމީދު – ފޮޓޯ: ރައީސް އޮފީސް
އަލީ ހަމީދު – ފޮޓޯ: ރައީސް އޮފީސް

މިހާރު ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އާއިލީ ގުޅުން އޮންނަ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާރގެ ވިޔަފާރި ކުރަމުންދާ ސްޓީލް ހާޑްވެއާރގެ ހުރިހާ ޑިރެކްޓަރުން ހައްޔަރުކޮށްފި ކަމަށް "ރާއްޖެ ޓީވީ" އިން ބުނެފިއެވެ.

"ރާއްޖެ ޓީވީ" އިން ބުނީ ،މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެރޭ 12 ޖަހަން ގާތްވެފައި ވަނިކޮށެވެ. ސްޓީލް ހާޑްވެއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފައެވެ. 

ސްޕްރީމް ކޯޓުގެ ފަޑިޔާރު އަލީ ހަމީދާއި އާއިލީ ގުޅުން އޮންނަ އެ ފަސް މީހުން ހައްޔަރުކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ފަޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ފުލުހުން ވަނީ އަލީ ހަމީދުގެ އަނބިކަބަލުންނާއި ބައެއް އާއިލީ މީހުން ހައްޔަރުކޮށްފައެވެ. 

އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

އޭނާ އާއި ދެކޮޅަށް ފުލުހުން މިހާރު ވަނީ ގިނަ ހެކިތަކެއް ހޯދާފައެވެ. ފުލުހުން ވަނީ އަލީ ހަމީދުގެ ދަބަހަކުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މިހާރުހުންނާނީ ކާށިމަސްކެވިފާ

  2. އައްޑޫ ސިޓީގެ ހުޅުދޫ ހުރިހާ މީހުންނާ އަލީހަމީދު އާ ގުޅުން އޮވޭ ވީމާ ހުރިހާމީހުން ހައްޔަރުކުރަންވީ އެއްނޫން.

  3. މުނާފިގުންނަށް އާހިރަތުގައި ހާދަ އަޒާބެއް ވެޔޭ

  4. ސަރުކާރަށް ބިރަކަށްވެއްޖެ ކޮންމެ މީހަކުގެ މައްޗަށް ފާޑުފާޑުގެ ތުހުމަތުކޮށް، ދުނިޔޭގައިތިބި އެންމެ ނުރައްކާތެރި މީހުންގެ ގޮތުގައި ލޭބަލްކޮށް، ކޯޓްތަކަށް "ނުފޫޒު" ފޯރުވައިގެން ލަނީ މުއްދަތެއްނެތި ޖަލަށް. ބައިކޮޅުގަ އެހުރީ ލައިވް ޓީވީގައި ތަކުރާރުކޮށް ރައްޔިތުންގެ ކުރިމަތީގަ ރިޝްވަތުގެ ފައިސާ ގޯނި ހިފައިގެން މީސްމީހުންގެ ގާތަށް ހިނގިކަމަށް އެއްބަސްވި މީހަ. ޔާމީނާއި އަދުރޭއާ ނިހާނާ އަދި ވަގުތު ނޫހުންވެސް އެބުނާ ވަކިމީހަކަށް ނުބަލައި ހަމަހަމަ ކަމާއެކު ފޯރުވާ ގާނޫނުގެ ދިގުއަތެއް މިކަލޭގެއާ ހިސާބަކަށް ނުފޯރަ. މިއިން ވާހަކައެއް ވަގުތު ނޫހުގެ "ވަކިފަރާތަކަށް ނުޖެހޭ" އަޅު ނޫސްވެރިއަކަށް ލިޔާކަށްވެސް ނުކެރެ.

  5. ފުލުހުންނައް އައްސަރިބަހާއި ސާބަސްދެން. ގްރޭޓް ވޯކް. ??????

  6. ރ ޓީވީ އެކަނި ބަލައިގެން ޙަޤީޤަތެއް ނޭގޭނެ! 4 ޗެނަލް ބަލާނަމަ ޙަޤީޤަތް އެނގޭނެ!

    • ގާނޫނަށް ރައީސް މީހާގެ ދިގުއަތް ވަނުމުން ދެން ރާއްޖެ ޓީވީނޫން ކޮންއެއްޗެއްތޯބަލަންވީ. ހުރިހާ ޗެނަލަކުން އަތް ތިލަބަޑި ޖަހަަޖަހާ ދިވެހިންގެ އަތް ކުޑަހުޅުން ލުހިއްޖެ.

  7. ކަތްދާފުޅު / މީދޫ

    މަޖުލިސްގެ ޖަލްސާއެއް ކުރިޔަށްދައިރު އެ ޖަލްސާގައި މެމްބަރުން އެކަކު އަނެކަކަށް އެއްޗެތިކިޔާ ދައްކާ ވަހަކަތަކަކީ ޖްޒްބތީވާހަކަތަކެވެ. އެފަދަ ވާހަކަތައް އެއްވެސް ކޯޓަކުން ނުބެލޭނޭކަމަށް މަޖްލިސްގެ ޤަވާޢިދުގަ އޮވޭ! އެހެންނޫންނަމަ މޫސަމަނިކާދިމާއަށް އިލްހާމު ، ޢަލީވަޙީދު ގޮވި އެއްޗެތި މައްސަލަޔަކަށްވެ ބެލީހެވެ. އިދިކޮޅަށް ގުބޯވެގެންހުއްޓަސް :ޓވމ" ތިހުރީ މާ ބޮޑަށް މަވެފައެވެ.