ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާ އަށް ވާދަކުރައްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަށް ތާއީދު ކުރުމަށް ވެރިކަން ކުރާ އެމްޑީޕީގެ މަޝްހޫރު އިސް އެކްޓިވިސްޓަކު ނިންމައިފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ޝުޖާއު އަށް ތާއީދު ކުރަން ނިންމީ ހުޅުމާލޭގައި މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ރިޔާޒު (ރިޔާއްޓެ)އެވެ. އޭނާއަކީ ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓެކެވެ.

ރިޔާޒް ނާކާމިޔާބުވީ ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރިޒްނާ ޒަރީރުއާ ވާދަކޮށްގެންނެވެ.

ރިޔާޒް ކުރި ޓުވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގައި ޝުޖާއުއަށް ތާއީދުކުރައްވަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ އަށް ހެޔޮ އެދޭ އެންމެހާ މީހުން ޝުޖާއު އަށް ތާއީދު ކުރުމަށް ވެސް އޭނާ އެދިފައިވެއެވެ.

ރިޔާޒްގެ ނިންމުމާ ގުޅިގެން ޝުޖާއު ވަނީ ރިޔާޒަށް ޝުކުރު ދަންނަވައިފައެވެ. އަދި އެއްވެސް ރައްޔިތަކު ބާކީނުކޮށް ހިދުމަތްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރައްޔިތު

    ޑރ. މުޢިއްޒުއާ ޝުޖާޢުގެ ގޮނޑި ޔަގީން. އިންޝާﷲ

    24
    5
  2. ޔާމިން

    ސާބަހާ ތިކަމުންފާދާކުރާނެ ޝައްކެއްނެއް އޯކޭ

    16
    2
  3. އެދުރުބެ

    ޕްރައިމަރީ އަކުން ނާކާމިޔާބު ވުމުން އިދިކޮޅު ކެންޑިޓޭޑް ޚިޔާރުކުރާ މީހާއަކީ ސިޔާސީ މީހެއްނޫން. އޭނާގެ ފިކުރު އެހެން ހުރިނަމަ ޕްރައިމަރީގައި ވާދަނުކުރާނެ. ވަރަށް ޑީގްރޭޑެޑް މީހުންގެ ވައްތަރެއް މީ.

    13
    17
  4. ބާބުލްއަވާލީ މަލިކު

    ތީ އެއްވެސް އިރެއްގަ މޑޕ ގެ އިސް މީހެއް ނޫން.އިސް އެކްޓިވިސްޓެއް ވެސް ނޫން. ބޭނުން ކޮންމެ އެއްޗެއް ކީދާނެ އަނގަ އޮތީމަ!

    2
    7
    • ސަގަރު

      ކޮންމެވެސް ކަމަކާ ފިތިފަ ހުރިހެން ހީވަނީ

      3
      2
  5. އަރޭ

    މީނާއަކީ އެއްވެސް އިރެއްގައި އެމް.ޑީ.ޕީ ގެ އިސް އެކްޓިވިސްޓެއް ނޫން. ކުރީގައިވެސް ޕީ.ޕީ.އެމް ފިކުރުގެ މީހެއްކަން ތިޔަ ބޭފުޅުންނަށް ހަދުމަކޮށް އަރުވަން

    4
    7
  6. ޏެހެރާޒު / ޒެންނާރު

    ރިޔައްޓޭ އަކީ ހުޅުމާލެ ގެ އެމްޑީޕީ ހަރާކާތްތެރި މީހެއް. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ގައި ލިބު ނު ނާކާމިޔާބީ ގައި ހަޖަމް ނުވެގެ ން ސުޖާ އާ ގުޅު ނީ . ވިޔަފާރިވެރިއެއް ދުވާރުމަތީގައި މުދާޖަހައިގެ ން މިހާތަ ނަށް ވިޔަފާރިކުރީ މިކަ ންކަ ން ހުއްޓުވާތީ ސަރުކާރުދެކެ ރުޅިއައިސްގެ ން އުޅެ ނީ . މާރުކޭޓު ން ގޮޅި ނުލިބިގެ ންވެސް ރުޅިއައި .އެކަމު އެއީ ގުރުއަތު ނެގިތަ ނެއް. މިވަރުމީހެއްއެއީ

    1
    5
  7. ތާއިދް

    ތީ ބޮޑައްވަތަރީ ރޭވުމަކާ

  8. ވިސްނޭ މީހާ

    ތިޔަބުނާ ރިޔައްޓޭ އަކީ ގަދަބާރުން ކަންކަން ކޮއްގެން އުޅެމުން އަންނަ މީހެއް ، މީހަކައް ހެޔޮއެދިގެން ނޫޅޭނެ ، ކޮންމެ ކަމެއް ދިމާވިޔަސް އަނެއްމީހާ އައް ބިރު ދައްކައިގެން ކަންކަން ކުރާނީ.

  9. ޝުކުރިއްޔާ

    ތީމާ މަޝްހޫރު ވިޔަފާރިވެރިއެއްނޫން އެކަމަކު ތީހަމަވަރައްބޮޑައް ރީންދޫޕާޓީއައްސަޕޯޓުކުރާ ސަޕޯޓަރެއް އެކަންއެނގޭނެ ދުއްވާސައިކަލުންވެސް މުޅިސައިކަލުގަ ހުންނާނީ ރީދޫކުލަ

    1
    1
  10. ހަވާސާ ހަމީދު

    އެމްޑީޕީ މީހަކު ވޯޓެއްނުދޭނެ ފަސޭހައިން ޖީބު ފުރާލެވޭތޯ ބަލާނީ އެމްޑީޕީގެ %95 މީހުންނަކީ މުނާފުގުން ޔަހޫދީ ވިސްނުން ހުންނާނީ !

    3
    1
  11. މަދޭ

    ދިއދޫ ބޯންތައްޓެއްތޯ މީނާޔަކީ

  12. ލޮލް

    ތި ކާކު ހެހެހެ