ކޮވިޑް-19 އަށް ޓެސްޓް ކުރި މީހުންގެ ތެރެއިން މިހާތަނަށް އައިއިރު 3،000 އަށް ވުރެ ސުންކްގެ ނަތީޖާ ލިބިފައި ނުވާ އިރު، ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އެ ނަތީޖާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަަޖިލީހުގެ މިއަދުގެ ޖަަލްސާގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަސީމް ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ވަރަށް ގިނަ ބަޔަކު މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 3،000 އާއި 4،000 އާ ދެމެދުގެ ސުންކުތަކުގެ ނަތީޖާ ނުލިބިވާ ކަމަށާއި އޭގެ ނަތީޖާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ސުންކުތަކުގެ ނަތީޖާ ނުލިބިގެން އުޅެނީ އެކިކަންކޮޅުތަކުގައި ޓެސްޓް ކުރެވޭނެ ވަސީލަތްތައް މަދުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ގާބިލުކަން އިތުރުކުރަން ބޭނުންވާ ވަސީލަތްތައް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެނަށް ސޮލިއުޝަނެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އަދި ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދުތައް ގިނަ އިރު، ނަތީޖާ ނުލިބި ލަސްވުމަކީ އާންމުންގެ ވަރަށް ބޮޑަށް ޝަކުވާއެކެވެ. ހާއްސަކޮށް ކަރަންޓީންގައި ތިބޭ މީހުންގެ ނަތީޖާ ލަސްވެ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަހު ވެސް ކަރަންޓީންގައި ތިބެން ޖެހުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ނަސީމް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުންވާ ސާމާނު ގެނައުމުން މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
ރާއްޖެ އިން މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 66 މީހުން ވަނީ ނިޔާވެފައެވެ. މި ބަލީގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ދެހާހަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.
އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު 100 އާ ގާތް ކުރެއެވެ.
އެވަރުންވެސް މަގުމަތިން ހިފަހައްޓައިގެންވެސް ސާންޕަލް ނެގޭތޯއެބަބަލާ... އެހެޔޮ ޓެސްޓް ނުކުރެވުނަސް....
އަދިވެސް މަށަށް ވާނެއޭ ކިޔާފައި ރިޓަޔާ އުމުރުގައި ވެސް ހަވާލުވޭ
ކީކޭދެން ބުނާނީ؟މިހާރު އެކިކަންކޮޅުތަކުގަ ޓެސްޓްކުރެވޭނެ ވަސީލަތް ހުންނަންވާނެ.އަހަރަކަށްވުރެން ގިނަދުވަސްވީ.ކިހާރުފިޔާއެއް ދައުލަތުން ބޭކާރުގޮތުގަ ތިދުއްވާލަނީ؟ބޭރުން ކިހާ އެހީއެއްލިބުނީ؟މިއުޅެނީ އޮފީހުގަ ޖަހާލާނެ ބޮތްކެއްނުލިބިގެން.ލަނދެއް ނުގަނޭތަ؟ތިމާގެ މީހަކު މިތަނަށް ލީމަ ވަކި ރަނގަޅުވެއްޖެތަ؟ވަގުންގެ ބައިގަޑެއްއައިސަ ގައުމު ދޮވެލާފި.
ނާގާބިލް ސަރުކާރު.... ފެއިލްވެފަ މިހާރު ތިއޮތީ..އަވަހަށް އިސްތިއުފާދެއްވާ