ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަނިޔާވުމުން އަދިވެސް ރެއަލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ލިވަޕޫލްއަށް ކުޅޭ މިސްރުގެ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހު މައާފު ނުކުރާކަން ހާމަވެއްޖެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "މާރކާ" އާއި ވާހަކަ ދައްކަމުން ސަލާހު ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ރާމޯސް އޭނާ އަށް މެސެޖެއް ފޮނުވި ކަމަށެވެ. އެ މެސެޖުގައި ރާމޯސް ބުނި އެއްޗެއް ހާމަ ނުކުރި ނަމަވެސް ސަލާހު ބުނީ ރާމޯސްގެ އަމަލުތަކުުގައި މައްސަލައެއް ނެތް ކަމަށް އެއްވެސް އިރެއްގައި ނުބުނާ ކަމަށެވެ.

ސަލާހުގެ ވާހަކަތައް ހުރިގޮތުން އޭނާ އަދިވެސް ރާމޯސްއަށް މައާފު ނުކުރާ ކަމަށް ދޭހަވާ ކަމަށް ގިނަ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.

ސަލާހުއަށް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އަނިޔާވީ ރާމޯސް އަށް ވުރެ ކުރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓިއެވެ. އަނިޔާވީ އޭނާގެ ކޮނޑަށެވެ. އެ އަނިޔާއާއި އެކު މެޗު ދޫކޮށް އޭނާ ދަނޑުން ފައިބަން ޖެހުނެވެ.

ސަލާހުއަށް އަނިޔާވުމާއެކު ފުޓުބޯޅައަށް ފޯރި ހުންނަ އެތައް ބައެއްގެ މެދުގައި ވަނީ ބަހުސްތަކެއް އުފެދިފައެވެ. ދެބަސްވުންތައް އުފެދުނީ ސަލާހުއަށް އަނިޔާވީ ރާމޯސް ގަސްދުގައި ކުރި ކަމަކުން ކަމަށް ބުނަން ފެށި ހިސާބުންނެވެ.

އަނިޔާގެ ސަބަބުން ސަލާހުއަށް ވޯލްޑް ކަޕުގައި ކުޅެވޭނެ ކަމާއި މެދު ސުވާލު އުފެދުން ނަމަވެސް މިހާރު އޭނާގެ އަނިޔާ އަންނަނީ ރަނގަޅުވަމުންނެވެ. މި މަހުގެ 15 ވަނަ ދުވަހު މިސްރުގެ ފުރަތަމަ މެޗު ކުޅޭ އިރު ސަލާހު އޭގެ ކުރިން ފިޓް ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައުންސެލަރު

    ނުކުރާނަން.! މަނަމަވެސް ނުކުރާނަން މާފެއް. ބަލަ ގެރިކުޅުން ކުޅެންތަ ފުޓުބޯޅަދަނޑަށް އަރަނީ...... ގެރިކުޅުން އާންމުގޮތެއްގައި ކުޅޭނީ ގެރިބަކަރި

  2. ޗެލްސީ

    ޢެއީ ފައުލްއެއްނޫން ކޮންމެގޮތެއްވިޔަސް.. އަނިޔާވުން އެއީ އަދި އެހެންކަމެއް...

    • ފުޓްބޯޅް

      ފުޓްބޯޅަ އަކީ ކޯއްޗެއްކަން އިނގިގެން ކޮމެންޓް ކޮށްބަލަ.. ވަރަށް ވާހަކަ..

    • Anonymous

      ރަތްކާޑު އައްޕަ! ފައުލެއް ނުކުރާނެ! މީހުންނަށް ޖިސްމާނީ އަނިޔާ ދހުނުމާ ރަތްކާޑު ބައްލަވައިގަތުމުގައި ވޯރލް ރެކޯޑް އޮންނާނެ. ފައުލް އެއް ނުކުރާނެ!