މުޖުތަމައެއްގައި އޯގާތެރިކަން ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުން ދީގެން ކަމަށް ހެލްތް މިނިސްޓަރ މުހައްމަަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވަމުން ގެންދާ ޔަންގް ލީޑަރުންނަށް ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން ޔަންގް ލީޑަރުންނަށް ހަވާލުކުރީ ގުރައިދޫ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންޖެހިފައިވާ ބަދިގޭ ސާމާނުގެ އެހީތެރިކަމެކެވެ.

ގާލްގައިޑް ޔަންގ ލީޑަރުންނަށް މިނިސްޓަރ ނާޒިމް ތަކެތި ހަވާލުކޮށްދެއްވަނީ- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ޔަންގް ލީޑަރުން ގުރައިދޫ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. އަދި ކޮންމެ އަހަރެއްގެ އީދާއި ދިމާކޮށް އެފަރާތްތަކަށް އީދު ހަދިޔާ ދެއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވި ގޮތުގައި ޔަންގް ލީޑަރުންނަކީ ކޮންމެ އަހަރަކުވެސް ގުރައިދޫގެ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކެއް ކަމަށެވެ.

އަދި މުޖްތަމައުއެއްގައި އޯގާތެރިކަން ދެމިހުންނާނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅާލުން ދީގެން ކަމަށްވާއިރު ސަރުކާރުގެ އަމާޒަކީވެސް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗެމްޕިއަން ސަރުކާރަކަށް މި ސަރުކާރުވެގެން ދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭޝަން ފަސްޓް

    ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު އަދި އެހާމެ ހެޔޮ ބަސްފުޅެއް.. އެކަމަކު ހަޤީގަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު އެ ލިބޭ އެހީތެރިކަން ނުވަތަ ދެހާސް ރުފިޔާއަކީ ހަމަ ރަމްޒީ އެއްޗެއް. އިސްރައްވެހިންނަށް ފަސްހާސްރުފިޔާ ދެވޭއިރު، ނުކުޅެދޭ ފަރާތްތަކަށް އެ އެލަވަންސް ބޮޑު ކުރަން ވެގެން ހުށަހެޅި ބިލްވެސް ސަރުކާރުން ވަނީ ބޭރުކޮށްފަ.. އެއީ ހިތާމައެއް.. އުއްމީދަކީ ސަރުކާރުން އިސްވެ އެ އެލަވަންސް ބޮޑުކުރުން. އަޅުގަނޑުގެ ޢާއިލާގައި އޯޓިސްޓިކް ކުއްޖެއް ހުރޭ. އަހަރެމެންނަށް އެނގޭނީ އެ ޢާއިލާ އުޅޭ ޙާލު. ފައިނޭންޝިއަލީ ދެކޮޅު ނުޖެހިގެން ދަރިފުޅަށް ތެރަޕީވެސް ނުދެވޭ. ކިހާދެރަ. ދެންވެސް މިިސްޓަރ ބައްލަވައިދެއްވަ ބައްލަވަ އެކަން އެގޮތަށް ވޭތޯ