އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމައިފިއެވެ.

ޕީޖީ އޮފީހުން ދެންމެ ވިދާޅުވީ އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ.

އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް އޭޕްރީލް، 2016 ގައި ފަޅާލައި، ތިޖޫރީގައި ހުރި 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު (3.2 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރީ ފަސް މީހަކަށެވެ.

އެއީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީނާއި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ވައްކަމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އެއީ ވެގާ ސްޓޯ ބިލްޑިންގާ ޖެހިގެން ހުރި ފިލާ ބިލްޑިންގްގެ ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީމީހާ އެތަނުގެ ސިޑި ގޮޅީގައި ބަނދެފައި ބޭއްވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ ވެގާ ސްޓޯ ބިލްޑިންގާ އިންވެގެން ހުރި ފިލާ ބިލްޑިންގްގެ ވައްކަމުގެ ދައުވާ ލިބޭ ހަތަރު މީހަކު ދަބަސްތަކަކާއި ދަތްދަގަނޑެއް ހިފައިގެން ނުކުމެގެން ގޮސް ޓެކްސީއަކަށް އެރި ކަމަށް ދެ ހެއްކަކު ހެކިބަސް ދިނަސް އަދި އެ ޓެކްސީ ހުއްޓުވައި ފާސް ކުރިއިރު، މާސްކާއި ބޮލުގައި އަޅާ ވިގާއި ޓޭޕް ރޯލު ފެނުނު ކަމަށް ހެކިން ބުންޏަސް، ވައްކަން ކުރި މަންޒަރު ފެނުނު ކަމަށް އެއްވެސް މީހަކު ހެކިބަސް ދީފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙގދ

    ސާބަހޭ އަދުލު އި ންސާފު. ހާދަ ފައްކަލޭދޯ...ބަރަކާތްތެރި ވެރިކަމެއް މިއޮތީ...ރައްޔަތު ން ނޭ ދެ ންބާރަށް އަތް ޖަހާ..

    12
    1
  2. ބަލާ އަހަ

    މީ ކޮށްފަދަ ކަމެއް،މީ އަދުލު އިންސާފުތަ ނުނީ ސަމާސާއެއްތަ.ހާދަ ދެރައޭ.އަހަރެމެންގެ ގައުމުގެ ޙާލަތު.ރޮވޭ ވަރުވޭ.

  3. އުގުރި

    ތީ މިއުޅޭ ޑޮޓު ވިސްނުމުގެ މީ ހުން . އެމީ ހުންގެ ވިސްނުމުއް އެމީ ހުން ނާއި މުއާމަލާތް ކުރީމަ ހުންނާނީ ރަގަޅަށް ށެވެ.

  4. ޟާރިކް

    ތަންތާތިބޭ ބޮޑެތި ވަގުން ހައްޔަރު ކޮއް ދައުވާކޮއްބަލަ. ބައިތުލްމާލު ދަވާލާ ސަރުކާރުގުޅިގެން ވައްކަންކުރާ ވާހަކަ އަމިއްލަ ގޮވާއިރު އެއްބަސްވާއިރުވެސް ރައްޔިތު އާދައިގެ ދެރަނިކަމެތި މީހާ އަށް އަދިވެސް ދައުވާ ކުރަނީ ގެރި ރީނދޫ

  5. ފުލުސް

    އަޖަބެއްފަހެ ނުވާނެ، ވަގުން ވައްކަން ކުރަނީ އެމަންޒަރު ބަލަން އެހެން ބަޔަކަށް ދައުވަތުދީފަތަ؟ ފުރަތަމަ ވައްކަން ވައްކަމަކަށް ވަނީވެސް ސިއްރުން އެކަން ކުރާތީވެ، އެކަމަކު ކޯޓުން މިބުނަނީ އެތަން އަދި އެހެން ބަޔަކަށް ފެންނަށް ޖެހޭނެއޭ...!

  6. ޖުމައިލް

    ވަގަށް ކުރާ ކަންތައް ކޮންމެހެން އެހެންމީހަކަށް ފެންނަން ޖެހޭތަ؟ވަގަށް އެކިޔަނީ އެހެންވެދޯ؟އެހެންވިއްޔާ ވަގަށް ނެގި އެއްޗެއް އެމީހާ ވަގަށް ނަގައިގެން ނިކުންނަނިކޮށް ފެނުނަސް ކުއްވެރިއެއްނުވާނެދޯ؟ނެގިތަނެއްނުފެނޭ ވިއްޔާ.މީ ކިހިނެއްވެފަ ތިބި ގާޒީންތަކެއްތަ؟ދުވަހެއްއޮތްކަންވެސް ހިތަކަށް ނާރަނީބާއޭ ހިތަށް އަރާ.