ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން (ޕީޖީ)ން އުފުލައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ޖުމައްޔިލްގެ މައްޗަށް އަލުން އެ ދައުވާ އުފުލާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އޮފިޝަލް ވިދާޅުވީ، ޖުމައްޔިލްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އުފުލައި، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ޖުމައްޔިލް އާ ގުޅޭ ޖިންސީ މައްސަލައަކީ، އޭނާގެ ދެބެންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެކެވެ.

ޖުމައްޔިލްއާ ބެހޭ ގޮތުން ރޭޕްގެ ބޮޑު ތުހުމަތެއް ކުރީ ޒަހޫ ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. އެ ޒުވާނާ ބުނި ގޮތުގައި ޖުމައްޔިލްގެ އަނިޔާގެ ޝިކާރައަކަށްވި އިރު، އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. އެކަމެއް ހިނގީ ޒަހޫ ބުނާ ގޮތުގައި ޑިސެމްބަރު، 2016ގައެވެ.

ޖުމައްޔިލްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ވާށޭމަށާ އެކީ" އާއި "މީ ލޯތްބަކީ" އާއި "ގޮއްރާޅު" އަދި "މާމުއި" ފަދަ ފިލްމުތައް ހިމެނެއެވެ. ޖުމައްޔިލް ނިމާލަކީ ޑާކްރެއިން އިންޓަޓައިންމަންޓްގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޖަމީލުބެ

  މިފެންވަރު މީހުން މި ފިލްމުކުޅެނީ../. ފިލްމު ކުޅުވުން ޤާނޫނަކުން ހުއްޓުވާކަަށް ނުވޭތޯ.. ބޮޑު މުސީބާތެއް

  23
  3
 2. ހަހަހަ

  ވޯޓް އަޅާތި އެމްޑީ÷އަށް އިންތިހާބު ނިމުނީ މަޝްހޫރު ވާނެ ރައްޔިތުން ހޭއަރާތި / ކޮބާ ހޯރަ ހަހަހަހހަަހ ކެމްޕެއިންނަށް ދިމަދިމާލުން ޙުކުމްތައް ނެތެ ވެންޓީލޭޓް ވެގެން އަލުން އައީ . މުނާފިޤުންގަނޑު ކެކެނީ

  14
  2
 3. ޖުމައްލް

  މީ ސީދާ ހަމަ ޖުމައްޔިލްގެ ކެރިއަރ ހަލާކޮއްލަން ރޭވުމަކުން ކުރިކަމެއް

  19
  31
  • ކިޔުންތެރިޔާ

   ތިކަހަލަ ކެރިއަރުތައް އެބަތިބި އަހަރުން ރަށުގެ ބަނދަރުގަވެސް މަސް ބަލާ އައިސް. ކރިއަރޭ! ލޮލް

   15
   5
 4. އުގުރި

  ރޭޕް އާއި ދެކޮޅު.. އެކަމަކު ތި އަން ހެންމީ ހާ ދެއްކި ހުރި ހާ ވާ ހަކައެއް ގަބޫލެއް ނުކުރެވޭ ކަމެއް ނު ހިގައެކޭ ނުބުނާނަން...

  24
  17
 5. ފަރީޝާ

  ނިމާލު ވަރަށް ހާޑު ވާނެ ތިވީގޮތުން

  15
  5
 6. މޮހޮނު

  އެސޮރުވެސް ހަމަ ކުޑަކުއްޖަކައް ތޯއްޗެ އޭރުވާނި، އެސޮރު ކެރިއަރު ދުއްވަލުން ދެން މިޙާރު ތިކަން ކޮނުމަކީ

  16
  7
 7. ކޭޓީ

  އާންމު ރައްޔިތު މީހެއްނަމަ މިހާރު ހުންނާނީ ޝަރީއަތް ނިމެންދެން ބަންދުގަ. މީނަ ވީމަ މި ހުރިހާ ދުވަހުވެސް މިނިވަންކަމާއެކު

  10
  2
 8. ޝޭޑީ

  މިހާރު ހެއްކެއްވެސް ބޭނުމެއްނުވޭ އެކަމް މަޑުއްވަރީގަ ކުއްޖަކާ ބެހިގެން ކުއްޖާ އަންގައިން ބުނާ ބުނުމެއްވީމަ ހެކިނެތިގެން އެކަން ކުރިމީހާ ހައްޔަރުނުކުރެވިފަ ވަކި ބަޔަކަށް ވީމަ އިންސާފުވެސް އޮންނަނީ 🙄

 9. ޖާލް

  2016 ގަ ކުރިކަމެއް ވިއްޔަ އަދިމިހާރުތަަ މައްސަލަ ޖައްސަންވީ. ތީ ހަމަ ދޮގުވާހަކައެއް

  2
  2
 10. ހަލީމަ ދައިތަ

  މަ ކުރި ކޮމެންޓް ނުޖެހީ ކީއްވެޔޯ...؟؟