ލިސްޓީރިއާ މޮނޮސަޓޯޖީންސް ޖަރާސީމުން ތަގައްޔަރުވެފައިވާ ކަމަށް ބުނެ ރާއްޖޭގައި ވިއްކާ ޗީޒްއެެއްގެ ވަކި ބެޗެއް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީން (އެމްއެފްޑީއޭ)އިން އެދިއްޖެ އެެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލިސްޓީރިއާ މޮނޯސައިޓޯޖީންސް' (Listeria monocytogens) ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ފުރަންސޭސި ވިލާތުގެ ބެޗެއްގެ ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (RASFF) އިން އަންގާފައިވާ ކަމަށެވެ.

އަދި މިއެލާޓާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް (ރިސްކް)ގެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރަންސޭސި ވިލާތުގެ ތިރީގައިވާ މަޢުލޫމާތު ހިމެނޭ ބެޗުގެ ޗީޒު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ އޮތޯރިޓީގެ ނަންބަރު 7603204 / 3014361 ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.