ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ އަށް ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން ނެރެފައިވާ ސަރކިއުލާގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.

ވަޒީފާއާއިބެހޭ ޤާނޫނުގައިވާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭނެއެވެ.

މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު ފައިސާ ދޭންޖެހެނީ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހަކުންނެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ވަނީ އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ތަފްސީލް ތައްޔާރުކޮށް ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށައެޅުމަށް އެދޭކަމަށެވެ.

އެގޮތުން ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރގެ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" އަދި "އެޗް.އާރު މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާގެ ވައުޗަރުތައް ޕޯސްޓް ކުރުމަށް ފިނޭންސް މިނިސްޓްރީންވަނީ އެދިފައެވެ.

އެ ސާކިއުލާގައި އިތުރަށް ވަނީ އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އަނބުރާ ހޯދައި އެ ފައިސާ އަނބުރާ ޖަމާކުރަންވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    ވޯޓު ލުމުގެ ކުރިއަށް ދޯ؟

  2. މަރީ

    ރޯދަ އިނާޔަތް ދޭންޖެހެނީ ރޯދަމަސް ފެށުމުގެ ކުރިން. 8 ގެ ކުރިން ދޭން އެންގެނީ ކޮންގޮތަކުން؟

    5
    2
  3. އަހުމަދުބޭ

    ދޭނެ ފައިސާ އެބަހުރިތަ؟ ނެތީޔާ ޕްރިންޓް ކުރަންވީނު / ނޫނީ 1 ހަފްތާ ސްޓިކާ ޖަހާލާ ރުފިޔާ ލިބިފަ ހުންނާނީ ......ވެރިމީހާ ތަންދޮރު ފިލާނަމަ މި ހެން ނުވާނެ

    10
  4. ދަރަނި ދަންތުރަ

    އަމީރޫ ގަރީބޫ ހަޒާނާގައި އެއްޗެއްހުރިއްޔާތާ ދޭންއެންގިޔަސް ދެވޭނީ ، ރީނދޫ ބައިގަނޑު ގައުމުދަވާލައިފި

    8
    1
  5. ޙފ

    މަރުވެއްޖެއްޔާ ކޯޓަށް ދާނަނަތަ؟

  6. ާހައިރާން

    ސަރުކާރުގަ 20.30.40 އަހަރު ހިދުމަތް ކޮށދީފަވާ (ވަރަށްބޮޑު ގުރުބާނީ އެއް ވެފަވާ)މުސްލިމުންނަކީވެސް ތިޔައި ނާޔަތް ހައްގުވާ ބައެއް، ކީއްވެތޯ މިފަދަ އަގުހުރި ބަޔަކު މި އިނާޔަތުން މަހރޫމް ވަނީ....

    3
    3
  7. ފަރުދީ ޒިންމާ

    ސަރުކާރަށް ގިނަދުވަހު ހިދުމަިތް ކޮށްދިނުމަށްފަހު ވަކިވެފަވާ ފަރާތް ތަކަށް ވެސް މި އިނާޔައިތް ދިނުން ވ މުހިންމު

    3
    3
  8. ދަންބެރު

    ފައިސާއެބަހުރިތަ ހީވަނީ އިނާޔަތްދީނިމުނީމަ އިސްޓިކާޖަހަން ބުރަމަސައްކަތެއް ފުލުހުންނާއި ހަވާލުކުރާނެހެން އެބައި ކޮންމެގޮތެއްހަދައިގެންވެސް ބުރަހެލި ބަރަވެލި ސަރުކާރުން ކުރާނެ .

  9. އަލީ

    65ގެ މީހުންނަށް ތި އިނާޔައް ދީފީއްޔާ މިފަހަރު ހުރިހާ ގޮނޑިއެއް ކާމިޔާބު ވާނެ