ބަންދުގައި ބަހައްޓައިގެން މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފިއެވެ.

އިބުރާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރު އޭނާ ވަނީ އާއްމު ކުރައްވާފައެވެ.

ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދާ ސޮއިކުރައްވާ ނެރުނު އަމުރުގައި ވަނީ އިބުރާއަކީ ކޯޓަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް ކޯޓު އަމުރާ ހަވާލުވެފައި ނުވާތީ ކޯޓަށް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން އާދީއްތަ ދުވަހުގެ ހެނދުނު 1:45 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކުރި އެ އަމުރުގައި ވެއެވެ.

އަދި އެ ގަޑިއަށް ހާޒިރުނުކުރެވޭ ނަމަ، ހާޒިރުކުރުމަށް އަންގާފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ލިޔުމަކުން ކޯޓަށް އަންގަން ޖެހޭ ކަމަށްވެސް އެ އުމުރުގައި ވެއެވެ.

އޭނާ ކޯޓަށް ހާޒިރު ކުރާ މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ.

އޭނާ އެ ކޯޓު އަމުރު އައްމުކޮށް ވިދާޅުވެފައި ވަނީ، ކޯޓަށް ހާޒިރުވާން ޗިޓު ނުލިބޭ ކަމަށެވެ.

"ކީއްކުރާނީ. ޗިޓެއް ހިފައިގެން މިގެއަކަށް ނާދޭ. މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ދިޔައިން. ކޯޓުން އެތައް ޗިޓެއް މެއިލް އާއި ވައިބާއިން މަށަށް ފޮނުވާ. ދެ ރޭ ކުރިން ވެސް ފޮނުވި،" އިބުރާ ވިދާޅުވިއެވެ.

އޭނާ ވަނީ އެ ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ މިއޮތީ އެމްޑީޕީން އަދުލު އިންސާފު ގާއިމް ކުރައްވާފައި ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞިހި

    އަދީބުމެން ނެގިވަރޔގެ ބޮޑުއަދަދެއް ނެގިނަމަ ކޯޓަށް ދާކަށް ނުޖެހޭނެ.
    އެއިރުން ބައި އަޅައިގެން ނިންމާލެވޭނެ.

    61
    2
  2. ަދުވޭ

    މިގައުމުގައި ޕޮލިހުންނަށް އަތުނުވެ އެއްމެ ބާރަށް ދުވެ ފިލާނެ މީހާއަށްވީމް ބަންދުގައި ބަހައްޓައިގެންރާ ހާޒިރު ކުރާނީ.

    55
    1
  3. ޖިބުރާ

    ކޮބާތޯ ކޯޓުމެދުވރިކޮށް ހޯދާދެއްވި ލާރިގަނޑު ކޮއްކޮމެން ލައްވާ ކުރުވާ ވައްކަން ބަލައެއްނުގަނެވޭ މިގައުމުގަ ތިބެނީ ހައްތަހާ ބޮޑެތި ވަގުން!!!!

    39
    1
  4. ޅަބޭ

    ތީ ކެނެރީގޭ ކުޑަ ސީދީ އަޑީގަ ހުރެގެން އިބުރާއައް ކުރާ ފުރައްސާރައާއި ޖެއްސުން. ތައުލީމީ އެކަކައްވެސް މި ސަރުކާރުގަ އެއްވެސް ފުރުސަތެއް ނޯންނާނެ. މިހާރު އެހެރީ މަގުފުރެދިފައިވާ މައްޗަންގޮޅީ ރައްޔިތުންގެ ވޯޓުގެ އެހީގަ މަޖިލިހު ބޮޑުގޮނޑިއައް ސަވާރުވެ، މަޖިލިސްތެރޭ ދަމާކަނޑަން.

    16
    1