ހއ. އިހަވަންދޫގެ މިސްކިތްތަކުގައި މި އަހަރުގެ ރަމަޟާން މަހު ހިފްޒްކޮށް ތަރާވީސް ނަމާދު ކުރުމަށް ބޭރުގެ ޚާފިޒުންެ ގެނެސްފިއެވެ.

އިއްޔެގެ ވަގުތެއްގައި އިހަވަންދޫއަށް ގެނެސްފައިވަނީ ޕާކިސްތާނުގެ ހަތަރު ޙާފިޒުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، އެ ރަށުގެ ހުކުރު ކުރާ ހަތަރު މިސްކިތެއްގައި ތަރާވީސް ނަމާދު ކުރުމަށް ގެނައި އެ ހަތަރު ބޭފުޅުން މިވަގުތު ތިއްބެވީ ކަރަންޓީނުގައި ކަމަށެވެ.

މި އަހަރު ގެނެވުނު 4 ހާފިޒުން ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވާފައި ވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ފަރާތުންނެވެ.

އިހަވަންދޫ އަކީ އާންމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ބޭރު ޙާފިޒުން ގެނެސްގެން ތަރާވީސް ނަމާދު ކުރަމުން އަންނަ ރާއްޖޭ ތެރޭގެ ރަށްތަކަށް ބަލާއިރު އެންމެ ފުރަތަމަ ބޭރު ޙާފިޒުން ގެނެސްގެން ތަރާވީސް ނަމާދު ކުރަމުން އަންނަ ރަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ބޭރުގެ ޙާފިޒުން ގެނެސްގެން ތަރާވީސް ކުރުވި ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ބޭރުގެ މީހުން ގެނެވުން ދަތިވެފައިވި ކަމަށެވެ. އެހެން ނަމަވެސް ކައުންސިލްގެ ބުރަ މަސައްކަތުން ސަރުކާރާއި ގުޅިގެން އެކަން ކުރެވުމުން އޭނާ ވަނީ އެކަން ފާހަގަ ކޮށްފައެވެ.

މުހައްމަދު ރަޝީދު ވަނީ ޙާފިޒުން ގެނެސްފައިވަނީ ރައްޔިތުންގެ އާމްދަނީން ހަރަދު ކޮށްގެން ކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުނބޭ

    ތިޔަވަރުގެކަމެއް މިސަރުކާރަކުންނުކުރާނެ ސަބަބަކީ ހިތްތަކުގެވެރިޔާ ނުރުހުންވެދާނެ.

  2. މެމަޑީޕީ ފޮންޔޭ

    ރަސްދޫކައުންސިލް ފެއިލް ތިކަމުގަ އިނގޭތޯ.....