މަސްވެރިންގެ ޕާކް ކައިރީ އޮތް ފެރީއެއް ފާސްކޮށް ފުލުހުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ހަވީރު މާލޭގައި ހިނގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ބިދޭސީއަކާއި ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު އަތުލައިގަތީ ކިހައި އަދަދެއްގެ ބަނގުރަލެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވީ "ގިނަ އަދަދެއްގެ ބަނގުރާ" އަތުލައިގެންފައިވާ ކަމަށެވެ. ހުރިހާ ބަނގުރަލެއް އަތުލައިގަތީ ފެރީން ކަމެއް ނުވަތަ ފެރީގައި ތިބި މީހުންނާއި ގުޅުންހުރި އެހެން ތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙހހހ

    ތީގަ ކުށްވެރިވާނީ ފެރީ

  2. ފައްޔާޒު

    ގައިމު ގައުމު ހިންގޭވަރު މިއިނގެނީ ކޮއްމެސް ސްޓަންޓެއް ޖެއްސުން އޮންނާނީ އަބަދު.