މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެ އިން އިތުރު 300 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދަކީ މިހައިތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.
މިއަދު މާލެ އިން 94 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 96 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 95 މީހުންނާއި ރިސޯޓްތަކުން 15 މީހުން މިއަދު ފައްސިވިއެވެ.
އިއްޔެ ރާއްޖެ އިން 241 މީހަކު ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ އެހައިތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު އަނެއްކާވެސް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވިއިރު މާލޭގައި ކާފިއު އުވާލައި، ވަރަށް ގިނަ ފިޔަވަޅުތަކަށް މިއަދު ވަނީ ލުއިތައް ދީފައެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދު 101 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މިއަދު ވަނީ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ފުރަތަމަ ފަހަރަށް ތިންހާސް ހުރަސްކޮށްފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 3022 މީހުން އެބަތިއްބެވެ.
މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ނަމަވެސް ޓެސްޓް ކުރި ސުންކުތަކުގެ އަދަދު އިތުރެއް ނޫނެވެ. މިއަދު 300 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3625 މީހުން ޓެސްޓް ކޮށްގެންނެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 127 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދަނިކޮށް ގިނަ ފިޔަވަޅުތަކަކަށް ލުއިދޭން އެޗްޕީއޭ އިން ނިންމުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ތީދެން މިހާރު ބޮޑު ވިޔަފާރިއެއް. ތިއުޅެނީ ކޮމިޝަން ހޯދަން
ސަރުކާރުން ގަސްތުގާ ކުރުވާ ކަމެއް ނުލަފާ ބަޔަކު އަޑީގަ ތިބެގެން ރައްޔިތުން މަރާލަން އުޅޭނީ
ލޮކް ޑައުން ނައު .... ގިނަ މީހުން ތަކެއް މާރާލަން އުޅޭހެން ހީވޭ
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
ހާދަ ދެރައޭ. މިއީ ހުރިހާ ލުއިތަކެއް ދޭން އެންމެ ރަނގަޅު ވަގުތެއްނޫން. އެކަމަކު ނުރައްކާ އެންމެ ބޮޑުވި ވަގުތު އިތުރަށް ނުރައްކާ ބޮޑުވާނެ ގޮތަށް ކަންތައްތައް ބަދަލުވެގެން މި ދިޔައީ. މާތް ﷲ އާއި ވަކީލު. ދެރަގޮތެއް މިންވަރު ނުކުރައްވާށި. އާމީން.
މިއީ އަދުރޭ މެން މަގުތަކަށް ނިކުމެ ، ވަގަށް ރަށްރަށަށް މީހުން ފޮނުވައިގެން ހިންގި ޖަރީމާގެ އަސަރު. ބޭނުމަކީ ސަރުކާރުދެކެ މީހުން ނަފުރަތު ކުރުވުން. ވަޤުތުން މިކޮމެންޓު ޖަހާނެބާ!!!
ލޮކްޑައުން އަކަށް ދިއަ އިރުވެސް 300 އަށް ނާރާ. އެކަމު 3000 އަށް އެރި ދުވަހު ކާފިއު އުވާލީ. މި އަދަދާ މެދު ޝައްކު.....
ތި އަދަދާ މެދު ޝައްކު.. ހަމަ ޖައްސާ ޱަމީއެއް.ހައްހައްހާ
ނުކުރާނަން ގަބޫލެއް 300 މީހުން ނުވާނެ ފައްސިއެއް. ލޮކްޑައުން އުވާލީ އަދީ މިއަދު ތިބުނީ 300 ފައްސިއޭ..މިބުނީނުން ނުކުރާނަމޭ ގަބޫލެއް....
ސްކޫލްތައް މިވަގުތު މި ހުޅުވަނީ ދަރިންތައް މަރާލަންބާ؟މ މި ކަ މަށް ހުއްދަ ދިންފަރާތަކާއި މެދު ޖިނާއީ ދަޢުވާ ކުރަން ގޮވާލަން
ތިން ހާސް ސާމްޕަލްގެ ނަތީޖާ ލިބުނީތަ
މމމމމމމމމމ މީގެ ކުރިން ރާއްޖޭގައި ފިޔަވަޅުތައް ހަރުކަށި ކޮށްފަ އޮތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ނޫންކަން ޔަޤީން ވެއްޖެ. އަދަދުތައް އިންތިހާއަށް އިތުރުވަމުން ދާއިރު އެބާރުމިނުގައި ލުއިތައް ދެމުން ގެންދަނީ މިހެންވެގެން. އިންސާނަކަށް ލިބިފައިވާ އެންމެބޮޑު ނިއުމަތަކީ ފުރިހަމަ ޞިއްހަތެއްގައި ހުރުން. އެހެން ކަންކަން މުހިއްމުވާނީ އޭގެ ފަހުން.
covid fethurign nuvaane .. Positive vanee party thakun aa muzaahara thakun 😂 ehnve nun hurihaa ehche hulhuvaali
ފިޔަވަޅު އަޅަން ތިބޭ މީހުންގެ ލަދުފުޅު ކޮބާތޯ ؟
ފަރުވާ ކުޑަކޮށްލީ. އިހްމާލު.
މިވަރުގައި އަދި ސްކޫލުތަށް އިތުރަށް ގުޅުވަން މިއުޅެނީ. ކޮބާތޯ ރައްޔިތުންނާއި ޅަދަރިންގެ ރައްކާތެރިކަން.
ޒިންމާ އަދާނުކުރެވެނަމަ އިސްތިއުފާ ދެއްވާ
އިދިކޮޅުން މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެހެން ވަރަށް ހީވޭ..
(1) ފައިޒާ ވެކްސިން ފަދަ ކޮލިޓީ %95 ޔަޤީން ކަން އޮތް ވެކްސިނެއް ރާއްޖެއަށް ގެނެވިގެން ނޫން ގޮތަކަށް ޢަދަދު ތައް ކޮންޓްރޯލް އެއް ނުކުރެވޭނެ. (2) މިހާރު ރާއްޖޭ ގައި ޖަހާ ވެކްސިން އަކީ %63.9 ޔަޤީން ކަން އޮތް ވެކްސިނެއް. (3) މި ފަދަ ދިފާޢު ވާނޭ ކަމުގެ ޔަޤީންކަން ކުޑަ ވެކްސިން އެއް ޖެހުމެކޭ ނުޖެހުމެކޭ ތަފާތެއް ކޮބާ ؟ (4) މިހާރު މި ޖަހާ ވެކްސިން ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ. (5) އެއީ މިހާ ފެންވަރު ދަށް ވެކްސިން އެއް ގެންނަން، ވެންޓިލޭޓަރު މައްސަލައިގައި ގޮތަށް ސަރުކާރުން ތެޅިފޮޅިގަނެފައި އޮތީމާ. (6) ފައިޒާ ވެކްސިން ފަދަ ކޮލިޓީ ވެކްސިން އެއް ރާއްޖޭގެ ރައްޔިތުންނަށް ޙައްޤު ނުވަނީ ކީއްވެ ؟ (7) މިހާރު މި ޖަހާ ވެކްސިން އަކުން ކޮރޯނާ ކޮންޓްރޯލް އެއް ނުކުރެވޭނެކަން ޔަޤީން. (8) ފައިޒާ ވެކްސިން ދުނިޔޭގެ މާކެޓް ގައި ހުއްޓާ، މި ފެންވަރުދަށް ވެކްސިން ގެނައީ ފާއިޒާ ވެކްސިން ގެ ކުންފުނިން "ކަޓު" ނުދޭތީ ކަމަށް ވުން ވަރަށް ބޮޑަށް އެކަށީގެންވޭ. (9) ފައިޒާ ވެކްސިން އޭ.ޑީ.ކޭ ފަދަ ތަނަކުން ނަމަވެސް ލިބެން ހުންނާނޭ ގޮތަކާއިމެދު ވިސްނަން އެބަޖެހޭ. (10) ގިނަ ދިވެހިން ކޮލިޓީ ރަނގަޅު ވެކްސިން އެއް ޖަހަން ބޭނުން ވާނޭ ކަން ޔަޤީން !
ޢަދަދު އިތުރު ވުމަކީ ފަޚުރުވެރި ޝަރަފަކީބާ!
ޚިނި
ފަތިސްހަނދުވަރުގެބައެއް. ސަރުކާރުން ބޭނުންވި މޮޑެލްއަކީ ރާއްޖެތެރެއަށް މިބަލި ސޭލްއަޅުވާލުން.. ރާއްޖެތެރެވީ މާ ނަގާސުންކުގެނަތީޖާވެސް ލިބެން ހަފުތާއެއް. ގިނަ ސާ މްޕަލްތަކަށްވާގޮތެއް އެނގެނީއެންނޫން ..
ސޯލިހޫ ކަލޭ ފިކުރުކޮށްބަލަ ރަށްޔަތުންނަށް ތިދޭ އަނިޔާއަށް .
ކޮބާ އިދިކޮޅައް ކޮވިޑުޖައްސާފަ ކައުންސިލް ނަގަން ބުނިކަލޭގެ ފެނޭ ބުނަންވާއެއްޗެއްސާ ނުވާއެއްޗެހި ހުންނާނެ
ދޫއޮތެކޭ ކިޔާފަ ހިތައްއެރިހާއެއްޗެއް ކިޔާކައްނުވާނެ
މާލެއަށް ލުއިތައް ދީފަ ، އަތޮޅު ތެރެއަށް ކޮވިޑް ފޭކް ބަލި ފަތުރާލީ ....ﷲ ގެ ރަޙުމަތުން ދިވެ ހި ލޮބުވެތި ރައްޔިތުން މި މަކަރުވެރި ސަރުކާރު އުނދަގުލުން ސަލާމަތް ކޮށްދެއްވާން ދޭވެ.
ވަރިހަމަ 500 ވިޔަސް.މި ލާދީނީ ސަރުކާރުން ބޭނުން ހުރިހާ ބާރެއް މުށުތެރެއަށް ލާން ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކެމްޕެއިން ކުރަން ފުރުސަތު ދޭން.މައުމޫނާގެ ބާރު ނެތިއްޔާ އިސްތިއުފާ ދީބަލަ.މަގާމުގެ ބޭނުމުގެ ނުހުރެ.ހާލަތު އެންމެ ގޯސްވިއިރު ހުރިހާ ލުޔެއް ދިނީ.
ދިވެހިންނަށް ނޯނާނެ ރަނގަޅު އެއްގޮތްވެސް، ސައިކަލްދުއްވުން މަނާކުރީމަ ދަރިންފަތި ގޮވައިގެން ރޭގަނޑު ފޮނިބުރު ހިނގާލުމަކަށް، ސައިހޮޓާ ތަކުގައި އެކަކު އަނެކެއްގެ އުނގުމަތީގަ، ޕާކިންޒީނާއި ފިނި މައިޒާތަކުގައި ބަންގާޅިން ފުރިފައި، މާސްކްގިނަފަހަރަށް އޮންނަނީ އުނަގަނޑުގަ.................
ޞަރަކާތްތެރި ރަމަޟާންމަހު މިސކިއްތަށް ބަންދުކުރަން ޖަހާ މަޅިއެއްކަމަށް ބޮޑަށް ބެލެވެނި
ކޭސްތަށް 50 ތީރީގައި އުޅުނު އިރު މިޅޮޤައުމު ލޮކް! ކޭސްތައް 300 އިން މައްޗަށް ދިޔުން ހުރުހާކަމަކަށް ދޫދީނީ ކޮސް އުސޫލަކަށް ބަލާފައިތޯ!!! ވޯޓް ނުލިބިދާނެތީ ދޯ! ވޯޓަށް ފަހުގައި ލޮކްކޮށްލާނީދޯ؟؟
ލޮކްޑައުން އަކަށް ދިއަ އިރުވެސް 300 އަށް ނާރާ. އެކަމު 300 އަށް އެރި ދުވަހު ކާފިއު އުވާލީ. މިއީ ތެދު ޚަބަރެއްބާ؟ މިއީ ތެދެއްނަމަ ކީއްވެބާ މި ޙާލަތުގައި ހުރިހާ ލުއިތަކެއް މި ދިނީ؟ ހިތާމަހުރި.
ސްކޫލްތައް މިވަގުތު މި ހުޅުވަނީ ދަރިންތައް މަރާލަންބާ؟މި މިކަމަށް ހުއްދަ ދިންފަރާތަކާއި މެދު ޖިނާއީ ދަޢުވާ ކުރަން ގޮވާލަން. ކޮވިޑް ވަގު ސަރުކާރު އިސްތިފާ.