ރާއްޖެ އިޝްތިހާރު ކުރުމަށް، ޓަމިލް އަދި މަލަޔާލަމް ފިލްމުތަކުން މަޝްހޫރުކަން ހޯދިއިންޑިއާގެ އެކްޓަރު ޖަނާނީ އަޔަރު ރާއްޖެ އައިސްފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ފެމިލިއަރައިޒޭޝަން ޓްރިޕެއްގައި ޖަނާނީ އާއި އާއިލާ ރާއްޖޭގައި ހުރުމަށް ހަމަޖެހިފައި ވަނީ މާރިޗު މަހު 28 އިން މިއަދުގެ ނިޔަލަށެވެ. މިދަތުރުގައި ޖަނާނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ތަޖުރިބާކުރެވޭ ތަފާތު ކަންތައްތައް ދައްކާލާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އެމީހުން ޗުއްޓީ ހޭދަކުރީ ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށުގައެވެ.

ޖަނާނީއަކީ މީސް މީޑިއާގައި 4.6 މިލިޔަނަށް ވުރެގިނަ ފޮލޯވާސް ހިމެނޭ، ޓަމިލް އަދި މަލަޔާލަމް ފިލްމުތަކުގައި މަޝްހޫރު ތަރިއެކެވެ.

މިދަތުރުގައި ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ހިދުމަތްތައް ޖަނާނީގެ މީސް މީޑިއާ މެދުވެރިކޮށް ދައްކާލާ އިރު، މީގެތެރޭގައި ވޯޓާ ސްޕޯޓްސް އަދި ސްޕާ ފަދަ ތަޖުރިބާތައް ދައްކާލާނެއެވެ.

ކޮވިޑް19 އާ ގުޅިގެން، އިންޑިއާ ފަންނާނުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު ރާއްޖެ ވެފައި ވަނީ މިހާރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަށެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު މާޗު މަހުގެ ނިޔަލަށް 298،570 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް

  ފްރީކޮށް ޓްއާދީގެން އިންޑިޔާ މީހުންގެނެސްގެން ހިންގާ ކަންކަން، ރައްޔިތުންނަށް އެނގޭބާ؟

 2. ހާދަހާ

  ރާއްޖެ އިސްތިހާރު ކުރަން ބޭރުޤައުމަކުން މީހަކު ގެންނަން ޖެހޭތަ؟ ރާއްޖޭގަ މިތިބޭ މޮޑެލުން ބޭންކޮށްލީމަ ޑޮލަރުން ކުރަންޖެހޭ ޚަރަދެއް ނުހުންނާނެ ނޫންބާ، ބުނާކަށް މި ހިންގަނީ ސަރުކާރެއް ވާ.

  13
  2
 3. Anonymous

  ރާއްޖޭގ ތިބި ރީތި ކުދިން ދޫކޮށްފަ އަދިވެސް ރާއްޖެބަޔަކަ ނުވެސް އިގޭ މީހެއްލައްވާ އިސްތިހާރު ކުރެވޭތޯ