ރޭޕް ކުރުމާއި ދެކޮޅަށް މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން 12 މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދުގެ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ސޯސަން މަގާއި މަޖީދީ މަގާއި ގުޅޭ ކަންމަތިންނެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ބާއްވާފައި ވަނީ ދާދި ފަހުން ރޭޕްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ދާދި ފަހުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް މި ވަނީ ފެންމަތިވެފައެވެ.

މިއަދު ހަވީރު 6:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި މުޒާަހަރާގައި 12 މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައި ވަނީ އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދެވެ.

މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ގިނަ މީހުންނަކީ އަންހެނުންނެވެ.

މާލޭގައި ބާއްވާ މުޒާހަރާތައް ހުއްޓުވަން ފުލުހުން ނުކުންނަމުން ދަނީ، ކޮވިޑް-19 އާ ގެޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއްވުންތައް ނުބޭއްވުމަށް އަންގާފައިވާތީ އެވެ. އިއްޔެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އެއްވުންތައް ބާއްވަން ހުއްދަ ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙހހހ

    މިއަދު ތި އެއްވުން ހުއްޓުވި މީ ހުން ތިކުރީ ގޯސްކަމެއް ، ތިދެވުނީ ރޭޕްކުރިމީ ހުންނަށް ހިތްވަރެއް

  2. ދޫކުރޭދޫކުރޭ

    މަމެން ޕިންކީންގެ ޓައިޓޭނިއަމް ޕްލޭޓެޑް ކްއީނޭ މެން ދޫކޮށްލާށޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ ދޫކުރޭ

  3. ތަމެންދޯ

    ތިޔާއީ ރައީސް ޔާމީންގެ ވެރިކަމުގައި ހަވާލު ކޮށްފައިވާ މަސައްކަތޭ މަމެން ހުންނާނީ ފައިސާ ވެސް ދީފައޭ ތިޔާ މަސައްކަތަށް މަމެންގެ ވެރިކަމުގައި ތަމެންގެ ސަރުކާރަކީ ކަމެއް ނުކޮށް ނަންވާ ސަރުކާރޭ ތަމެންގެ ސަރުކާރަކީ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ ކަމެއް ނުވާ ސަރުކާރޭ

  4. ބޭވަފާ

    ލޮކްޑައުން އުވާލިއަސް އެއްވުން މަނާކުރަނީ މި ސަރުކާރު ކޮވިޑުދެކެ ބިރުގަންނާތީއެއް ނޫނެވެ ހަމަ އެކަނި އިދިކޮޅު މުޒާހަރާތަކުން ސަލާމަތްވުމަށް އެމީހުންބިރުގަންނާތީ ރޭޕްކުރުންހުއްޓާލާ