ހުޅުމާލޭ ހޮސްޕިޓަލް- ފޮޓޯ: ޕީއެސްއެމް

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޒުވާނާ، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ވަގުތުން ފެށިގެން އެއްވެސް ލަސްކުރުމެއް ނެތި ފަރުވާ ދޭން ފެށިކަމަށް، އެހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުނިން މިއަދު މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެހޮސްޕިޓަލުން ފަރުވާ ދިނުމުގައި ލަސްކުރިކަމަށް ބުނެ މީސް މީޑިޔާގައި ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. އެގޮތުން، މެމޯ ނެހެއްދިގެން ފަރުވާ ނުދީ ލަސްކުރި ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކައެއްކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

އެކުންފުނިން މިއަދު އިތުރަށް ވިދާޅުވެފައިވަނީ ބަލިމީހާގެ ހާލު ސީރިޔަސްކަމުން، ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗް އާއި އޭޑީކޭ އަށް ގުޅާ، ވާހަކަ ދައްކާފައިވާކަމަށެވެ. އަދި، އޭޑީކޭގައި ނިއުރޯ ސާޖަނެއް ހުރުމާއެކު ބަލިމީހާގެ ޒާތީ މައުލޫމާތު ނޭނގުނުކަމުގައިވިޔަސް، ބަލިމީހާއާ އޭޑީކޭ ހޮސްޕިޓަލުން ހަވާލުވާގޮތަށް ހަމަޖެއްސިކަމަށެވެ.

މީގެއިތުރުންވެސް، އާސަންދައިން ވިދާޅުވެފައިވަނީ އެކްސިޑެންޓުވި ސޮބާހުގެ އާއިލާ މެންބަރުން ހޮސްޕިޓަލަށް އައިސް، އޭނާ، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެދުނީ، އޭޑީކޭ އަށް ގެންދަން، ހުޅުމާލޭ ފަޅުތެރޭގައި ސީ އެމްބިއުލާންސް އެއް ތައްޔާރީ ޙާލަތުގައި އޮއްވާކަމަށެވެ. އަދި، ޓްރީޓޮޕަށް ބަލި މީހާ ޓްރާންސްފާ ކުރުމުގައި، ކުރަން ޖެހޭ ބައެއް ކަންކަމަށް ނުވަތަ ކޮމިއުނިކޭޝަނަށް 15-20 މިނެޓު ހޭދަވިކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް އެކުންފުނިން ވިދާޅުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުން ދެވެން އޮތް ހުރިހާ ފަރުވާއެއް އެހޮސްޕިޓަލުން ދީފައިވާނެކަމަށެވެ.

މިފަދަ ނާޒުކު ކަންކަމުގައި އާއިލާއަކަށް ހިތްދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އާއިލާއާއި އާއްމުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނަފްރަތު އުފެދޭގޮތަށް ވާހަކަތައް ނުފެތުރުމަށް އެކުންފުނިންވަނީ އިލްތިމާސް ކުރައްވާފައެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ މުޙައްމަދު ޞަބާހެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސައިކަލް ދުއްވަން އިނީ ކޮންއިރަކު ލައިސަންސް ނެގި ކުއްޖެއް، މިފަދަ ނުރައްކާތެރި އެކްސިޑެންޓް ހިގުން ވަރައް އާންމުވާނެ މިދުވަސްކޮޅު. ބަޔަކު ކެންޕެއިން ކުރުމައް އަދި ކުއްލި ގޮތަކައް ލާރި ހޯދުމައް ވަނީ ތަނެއް ދޮރެއް ނުބަލާ އެތައްބަޔަކައް ލައިސަންސް ދޫކޮއްފައި...

  2. ކަޑައޭ މޭން! މިހާރު އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ ބްރޯ!

  3. މިއިއާސަންދައާ ހޮސްޕިޓަލުގެ ކަމަކަށް ނުހަދަ ދަރިން ނަށް ކަންކަމަށްސަމާލު ކަން ދޭން ދަސްކޮށްދީބަލަ،.ކެތްތެރިކަން ދަސްކޮށް ދީބަލަ.

  4. ކަލޭމެންނަށް ދޮގާ މަކަރާ އޮޅުވާލުން އޮޅުވާލެވޭނީ އެހެން މީހުން ކާރީގައި. މަގޭދަރި 4އ 16 ރޭ 16 ދުވާ ވަންދެން ގަދަ ހުމެއް ޖެހިގެން ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށް މިބުނި މުއްދަތުގައި އެތަނުން ހެދެން އޮތްހާ ޓެސްޓެއް ހެދި އެކަމަކު ވާގޮތެއް ބުނެއެއް ނުދެވުން. އެންމެ ފަހުން ކުއްޖާ މަރުވެދާނެ ހެން ހީވީމަ ކުއްޖާގެންދިޔައީ ގަދަކަމުން. ފަހުން ބެލި ބެލުމުން އެނގުނީ ނުބައި އެންޓިބައިއޮޓިކް އާ ނުގުޅޭ ބޭސްތަށް ދީފައި ހުރިކަން. މިހާރުވެސް ލިޔެކިޔުންތަކުން މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި އެބަހުރި.

  5. ތެދެއް ނުހަދާނެ......ސަހާދެއް މިއޮތީ ވާކަމެއް

  6. ނޫސްގަނޑު

    ޥެންޓިލޭޓަރަށް ލުމާއި ބެހޭ ގޮތުން ޑޮކްޓަރުން ދިން ލަފާޔާއި އެއްގޮތަށް އަމަލު ކުރިންތޯ؟ ނުވަތަ ނޫންތޯ؟
    ފަރުވާއަކަށް ވާނީ ލޭ ފުހެލަ ފުހެލަ ހުރުންވެސް.އެއް ބެޑުން އަނެއް ބެޑަށް ބަދަލު ކުރުންވެސް.. ފެތުރޭ މެސެޖް އެއީ ހަޤީޤަތް އެންމެ މީހެއް ދެމީހެއް ނޫން އެވާހަކަ އެއްގޮތަކަށް އެ ދަކައްކަނީ. ހުރިހާ ހޮސްޕިޓަލެއްގެވެސް ހާލަތު ފުރަތަމަ އުޅޭނީ ކާކުތޯ ، ކިހާ ފެންފަރެއްގެ މީހެއްތޯ ބަލަން. މެމޯއެއް ނެތިގެން ..

  7. ފްރެންޑް999

    ސޮބާހު އަކީ ވަރަށް ރަނގަޅު، ހިތްހެޔޮ، އަދި ކިޔެވުމަށް ވަރަށް މޮޅު ކުއްޖެ.
    މާތް الله‎ ސަބާހު އަށް ހެޔޮ ރަހުމަތް ލައްވާށި.

  8. ހާދިސާގެ މިސްރާބު ބަދަލުކޮށްލަނީ.

  9. ޢާންމު އުސޫލުން އޮންނީ އެދުމަތި ކުރެވިފައިވާ ޕޭޝަންޓުން މެމޯ ހަދާނީ ޑިސްޗާޖު ކުރާ ވަގުތު ހުރިހާ ޕްރޮސީޖާ އަކަށް އެއްކޮށް. އޯޕީޑީ އިން ނުވަތަ އެޑްމިޓް ނުވެ ހިދުމަތް ހޯދަން އަންނަ މީހުން ހިދުމަތް ހޯދުމުގެ ކުރިން ފުރަތަމަ މެމޯ ހަދަނީ. ވީމާ މިހާލަތުގާ މަށަކަށް ހިޔެއް ނުވޭ އެކްސިޑެންޓް ވެގެން އަންނަ މީހާ މެމޯ ނުހެދި ފަރުވާ ނުލިބި ހުންނަން ޖެހޭކަމެއް. ސަބަބަކީ ޕޭޝަންޓް ހަމަ ގެންނަ ތަނުން އެޑްމިޓް ކުރާނެ. ތަންދޮރު ނުދަނެ ދޮގު ވާހަކަ ނުފަތުރާ.

  10. ޢަހަރެން ޓްރީޓޮޕް ގަ ހުއްޓަ އެއް ދުވަހު އެކްސިޑެންޓް ވެގެން ގެނައި ކުއްޖެއްގެ ފެމެލީ މީހަކު ބުނީ ސީޓީ ސްކޭން ހަދަން ވެގެން ހުޅުމާލެ ހޮސްޕޓަލް ގެ އެންބިއުލަންސް އިން ޓްރީޓޮޕް އަށް ގެނައި މަގުމަތީ ގަ ފުރަތަމަ އެންބިއުލަންސް ގަ ހޮސްޕިޓަލް ސްޓާފުން ފެރީއަށް ޑްރޮޕް ކޮއްދޭން ދިޔައީ ޢޭރު ޕޭޝަންޓް ހެޑް އިންޖަރީ ަ ހޭވެސް ނެތް އޭއީ ފެންވަރަކީ ތި ހުޅުމާލެ ހޮސްޕޓަލްގެ

  11. ާއަހްމަދް

    ފަރުވާ ދިން ކަމަކަށް ނުވާނެ އަވަސްފަރުވާދޭ ތަނައް އެމްބިއުލާންސްގަ ގެނެސް ވެއްދިޔަސް.އެށްމެ ކުޑަމިނުން އެމްބިއުލާނސް ގަ ބަލިމީހާ ބަލއި މިއަންނަނީ ވެސް އަވަސް ފަރުވާ އަކީ ކޮބައި ކަމެށް ނޭންގޭ ވަރުގެ މީހުން.ތިބުނާ އާސަންދަ ކުންފުނިން ދައްކަބަލަ އެމީހުންގެ އެމްބިއުލާންސް ގަ އަންނަ މީހުނަށް ދެވުނު ތަމްރީނެށް.ދެން އެމަޖެންސީ އަށް މީހާ ވަށްދާފަ ބަލަންވީ މެމޯ ހެއްދޭތޯއެއް ނޫން.ސިޔާސީ ގޮތުން އަންނަ މީހަކަށް ނޫން ވަޒީފާ ދޭންވީ.ގާބިލް ކަން ހުރި މީހުންނަށް.މީ ވަރަށް ވާހަކަ........

  12. އާސަންދައިން ކޮންމެ އެއްޗެއް ބުންޔަސް މަންޒަރު ފެނުނު މީހާ ދޯ ސޯޝަލް މީޑިއާގަ ބުނެފަވެސް އޮތީ މެމޯ ނެތިގެން ވެންޓިލޭޓާއަށް ނުލައޭ އޮތީ.އެ ޕޯސްޓްގެ ކޮމެންޓްތައް ކިޔާލި އިރުވެސް ފެނުނު ހުޅުމާލޭ ހޮސްޕިޓަލުން އަންހެނެއްގެ ތުންފަތް ފެޅިގެން ފެހި ގޮތުގެ ވާހަކައެއް. ފުރާނަޔަށްވުރެ މެމޯ މުހިންމު ވެގެން ނުވާނެ.ކަންވެ ނިމުނީމާ ދެން ތިމަންމެން ފަރުވާދިނީމެކޭ ބުނާނެ ކަމެއް ނެތް ކޮންމެހެން.ނޫސްގަނޑު ބުނާހެން އެއް ބެޑުން އަނެއް ބެޑަށް ބަދަލުކުރިޔަސް ވައްތަރެއްގެ ފަރުވާއެއް އެ ދެވެނީވެސް.އެކަމަކު ބަލިމީހާއަށް އެންމެ ބޭނުން ފަރުވާ ދެވެން ހުރެމެ ނުދެވުނު ނަމަ ފަރުވާ ނުދެވޭ ކަމަށް ހަމަ ވާނީ.

  13. ސަންދުކާއު ކޭގަތާ އެއްކަލަ.