ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ އަކަށް އަހުމަދު ނާސިފް ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ ކުރިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނާސިފް އެޗްޑީސީގެ އެމްޑީ އަކަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ އެމްޑީ އަކަށް މުހައްމަދު ސައިމަން ހަމަޖައްސާފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ސައިމަން އަކީ މީގެކުރިން އެޗްޑީސީގެ އެމްޑީއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ސައިމަން ހަމަޖެއްސީ 2015 ވަނަ އަހަރުއެވެ. އޭގެކުރިން ސައިމަން ހުންނެވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރީޒަން

  ސައިމަން އެޗްޑީސީއިން ވަކިކޮށް އިންޑަސްޓްރިއަލް ޒޯން ކުންފުންޏަށް ބަދަލު ކޮށްފިނަމަ އެޗްޑީސީގެ އެމްޑީ ނާފިޒު އެބަޖެހޭ ހަމަ ޑެޑް ސީރިއަސް ކޮށް އަދިވެސް ހުޅުމާލެ އެކެއްގައި ހުރި ހުރިހާ ހުސްބިން ތަކުގައި ފްލެޓްސް ތައް އިމާރާތް ކުރުމަށް ޓަކައި އެބިންތައް ދޫކޮށްލަން. އެގޮތުން ބަލާއިރު ރާއްޖޭގައި މިހާރު 200 ރިސޯޓާއި ހަމަ އަށް ރިސޯރޓްސް ތަކުގެ އަދަދު ދަނީއޭ ކަން މިހެން ހުރުމުން ހުޅުމާލޭ އެކެއްގައި ހުރި ހުސް ބިން ތަކުން ކޮންމެ ރިސޯރޓަކަށް ދޭންވީއޭ 5000 އަކަފޫޓް ގެ ބިން ކުޑަ އަގެއްގައި ދެން އެބިމުގައި ރިސޯރޓްގެ މާލެ އޮފީސް އަދި ރިސޯރޓްގެ މުވައްޒަފުން ތިބެން އަދި ރިސޯރޓަށް ޓްރާންސްފަރ ހަދަން އަންނަ ގެސްޓުން ތިބެން އާއި އެކު 25 ބުރީގެ ޓްވިން ޓަވަރު އަޅާ އެޓަވަރު ތަކުގެ ތެރޭން ރިސޯރޓް ގެ ދިވެހި މުވައްޒަފުންނަށް ފްލެޓްސް ތައް ވިއްކާލެވޭނެ ނޫންތޭ އެއިރުން ވެސް ރިސޯރޓްސް ތަކުގެ ވަޒީފާ އަށް ދިވެހިން ދާނެ ނޫންތޭ. އިގްތިސާދީ ގޭމް ޗޭންޖް ކުރަންވީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން. ރީޒަންސް އާރ ދެއަރ..

 2. ޖައްސާތި

  ސައިމަން އެޗްޑީސީން ވަކިކޮށް އިންޑަސްޓްރިއަލް ޒޯން ކުންފުންޏަށް ބަދަލުކޮށްފި ނަމަ މަމެން އުއްމީދު ކުރަމޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނިން ގުޅިފަޅު އެއްކޮށް ހިއްކާލާ އަދި ތިލަފުށި އެއްކޮށް ހިއްކާލުމަށް ޓަކައި އެމްޓީސީސީ އާއި އަދި އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނި ގުޅިގެން މިމަސައްކަތް ކުރާނޭ ކަމަށް. އެގޮތުން އެބަޖެހެއޭ މިހާރު އެމްޓީސީސީން ތިލަފުށި ހިއްކަމުން ދާތީވެ ތިލަފުށި ފަޅު އެއްކޮށް ހިއްކާލާ އެތަނުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކޮންމެ ކުންފުންނަކަށް ސްޕެޝަލީ ތިލަފުށިން ވެސް އަދި ގުޅިފަޅުން ވެސް އަދި ހުޅުމާލޭން ވެސް ބިމެއް ނުލިބި ވާ ހުރިހާ މެދު ފަންތިއާއި އަދި ކުދި ފަންތީގެ ވިޔަފާރި ކުރާ ކުންފުނި ތަަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އެއިން ކޮންމެ ކުންފުންނަކަށް 2000 އަކަފޫޓްގެ ބިމެއް ދޭން 100 އަހަރު ދުވަހަށް. މިއުސޫލުން ބޮޑު ވޮލިއުމް އެއްގެ ބިން ތައް ކުއްޔަށް ދީފިނަމަ އިންޑަސްޓްރިއަލް ކުންފުންނަަށް ލިބޭނެ މަހަކު ބިލިއަން ރުފިޔާ އެބަޖެހޭ ރާއްޖޭގެ އިގްތިސާދީ ލޭންޑް ސްކޭޕް ބަދަލު ކުރަން ސެޕްޓެމްބަރު 23 ގެ ކުރިން އެއިރުން މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންގެ ހިތް ތަކުން ސަރުކާރަށް ވިންވެވޭނީ.

 3. މުހައްމަދު ޢާދިލް

  ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ އަކަށް އަހުމަދު ނާސިފް  ހަމަޖެއްސެވީތީ ވަރަށް އުފާކުރަމެވެ.އެމަނިކުފާނަކީ ވަރަށް ގާބިލް އެންމެ ނިކަމެތި މުވައްޒަފުގެ އިހްސާސްތައް ވެސް ދެނެލައްވާ ބޭފުޅެކެވެ.
  ބޮޑާކަމެއް ކިބުރުވެރިކަމެއް ނެތް ގާބިލް ބޭފުޅެކެވެ. ދުޢާއަކީ ނާސިފަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބީއެވެ.
  އެޗްޑީސީއަށް ބާއްޖަވެރި މުސްތަޤްބަލެކެވެ.

  • ޑެލްބޯއި

   ނާސިފަކީ ވަރަށް ރަގަޅު ޗޮއިސް އެއް. ވަރަށް ހިތް ހެޔޮ މޮޅު ބޭފުޅެއް.

 4. ގުޑްބާއީ ސައިމަން

  މި ސަރުކާރުން ނެގި ހެސްކިޔާފަ ސަޅި ފިޔަވަޅެއް ތި! ސައިމަން އެޗްޑީސީ އިން ބޭރުކުރުން ލަސްވެސް ވެއްޖެ! ސަރުކާރުގެ ކުންފުނި ތަކަކީ އޭރެއްގަ އޮންނަ ސަރުކާރަކުން ކުރާ ކަންކަމުގެ އެންމެބޮޑު ހިއްސާދާރަކީ! ސަރުކާރުން ހިންގުމުގެ އެހީތެރިކަމާ ސަރުކާރު ޕްރޮމޯޓްކުރުމަކީ ކުރަންޖެހޭނެކަންކަން! ނަމަވެސް ސައިމަން ގެ ކިބައިން އޭގެންއެއްވެސް ކަމެއް ފެނިގެން ނުދޭ! ވީމާ އަޅުގަނޑުމެން ހުޅުމާލޭގެ ރައްޔިތުން މިއަދު މިތިބީ އާ އެމްޑީ ނާސިފް އަދި ހީވާގި ޑީއެމްޑީ ބުންޔާމީން އާ އެކުގަ ރަށުގެ ތަރައްގީ އާ އެކުގަ ކުރިޔައް ދާން ތައްޔާރަށެވެ! މިއަދު ލިބިގެން މިދިޔަ އީ ޒުވާނުންނާ ގުޅޭ މަޑުމައިތިރި އެމްޑީ އެއް! އަޅުގަނޑުމެންގެ ޑީއެމްޑީ ބުންޔާމީން އަކީ ހުލްގުހެޔޮ ހިތްތިރި މަޑުމައިތިރި ކެތްތެރި ބޭފުޅެއް! ވީމާ ޔޫތްސިޓީއަށް ލިބިގެން މިދިޔައީ ރަންގަނޑެއް ފަދަ ދެބޭފުޅުން. އަޅުގަނޑުމެން ޔޫތްސިޓީގެ ރައްޔިތުންގެ ފަރާތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީން އަށާ ސަރުކާރަށާއި އެޗްޑީސީގެ މެނޭޖްމަންޓް އަށް ހެޔޮދުއާ ކުރަން ކުރިއެރުން އެދި! އަމީން

  • ދުވޭ

   ރަނގަޅުވާހަކައެއް! އެކަމު ތިޔަބުނާ ޕްރޮމޯޓު ކޮށްފަ އެހެންކަމެއްކުރާނެ ވަގުތެއްނޯޥޭ.

 5. އައިކުޑް

  ސައިމަން އެޗްޑީސީން ވަކިކޮށް އިންޑަސްޓްރިއަލް ޒޯން ކުންފުންޏަށް ބަދަލުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ ދެން ސައިމަން އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނިން ލާރޖް ކޮށް ޖައްސާ ގޭމް ބަދަލު ކުރާނޭ ކަމަށް ގްރޭޓަރ މާލެ އޭރިޔާ ކިޔަނީ އެއީ ގްރޭޓް ކުރަން ވެގެންނޭ އެކަން ވާނީ ގުޅިފަޅު އެއްކޮށް ހިއްކާ ތިލަފުށި ހިއްކާ އަދި ގިރާވަރު ފަޅު ވެސް އެއްކޮށް ހިއްކާލާ އެހުރިހާ ތައް ބްރިޖްސް ތައް އަަޅާ ގުޅުވާލާ މާލެ އާއި އެރަށް ތަކާއި ދެމެދު ރިންގް ބްރިޖްސް ތަކުން ގުޅިގެން ނޭ މިކަން ކަން ކުރަން ސައިމަންގެ ސިކުނޑި ތައް ހުޅުވާލާ ލާރޖް ކޮށް ޖައްސަންވީއޭ ފުރަތަމަ ވެސް ސެޕް 23ގެ ކުރިން ރާއްޖޭގެ ހުރިހާ ރިސޯރޓްސް ތަކަށް ކޮންމެ ރިސޯރޓަކަށް 10 ހާސް އަކަފޫޓްގެ ބިން ގުޅިފަޅުން ދޭ ގޮތަށް ނިންމާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ ގޮތަށް ހަދާ އެމެންނާއި އެކު ސޮއި ކޮށް ހެދުމަށް ފަހު އަވަހަށް ގުޅިފަޅު ހިއްކާލަންވީއޭ ދެން އެގޮތަށް މާލެ ސަރަހައްދުގައި ހުރި އަމިއްލަ ކުންފުނި ތަަކށް ވެސް ހަމަ އެގޮތަށް ބިން ތައް ދޫކޮށްލަންވީއޭ ދެން އެޗްޑީސީން ވެސް ހުޅުމާލޭ އެކެކުން ރާއްޖޭގައި ހުރިއްޔާ ހުރި ހުރިހާ ރިސޯރޓްސް ތަަކާށް ބިން ދީގެން އެމެން ލައްވާ ހުޅުމާލޭގައި 25 ބުރިއަށް ފްލެޓްސް ތައް އިމާރާތް ކޮށް އެ ފްލެޓްސް ތައް ރިސޯރޓްގެ މުވައްޒަފުންނަށް ދޫކޮށްލާ ގޮތަށް އެކަން ކަން ވެސް ކުރަންވީއޭ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑއި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..