ސިފައިންގެ އިސް އޮފިސަރަކު ވަޒީފާ އިން ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އިސް މަގާމެއް އަދާކުރައްވަމުން އައި އަބްދުލް މުހުސިން މުހައްމަދެވެ.

އޭނާ ވަޒީފާ އިން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގައި ކަމަށްވާއިރު، ވަޒީފާ އިން ވަކިކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

މުހުސިން ވަޒީފާ އިން ވަކިކޮށްފައިވައިރު ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ސިފައިން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް ސިފައިން މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕްރައިވެޓް

    އިލާހީ ޤާނޫނުގެ ފުރިހަމަ ކަމާ އެވެ..މީނާައަކީ ކިބުރުވެރި ކަމާއި ބޮޑާ ކަމުގެ ލާމަސީލު މިސާލެއް..

    1
    1
  2. ދީދީ

    ވަޒީފާދޭ ފަރާތުން ބޭނުންވުމުން ޤާނޫނާއި ޤަވާޢިދުގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެ، އަމުދުން އސްކަރިއްޔާފަދަ ތަނެއްގައި ޑިސިޕްލިން ހިފެހެއްޓޭނީ އަޅަންޖެހޭ ފިޔަވަޅު އަޅައިގެން، އެޔަކީ އެއްވެސް މައްސަލަނޫން ޚަބަރެއްވެސްނޫން، އަލަށް މީހަކު ވަޒީފާއިން ވަކިކުރީތޯ؟

    1
    3