25 މީހުންނާއިނެކު އއ. ރަސްދޫން މާލެއަށް ދަތުރު ކުރި "ނަވި2" ލޯންޗުގެ އިންޖީނުގައި އަލިފާން ރޯވެއްޖެއެވެ.

މިއަދު އިރުއޮއްސި 6.45 ހާއިރު މިހާދިސާ ހިނގި އިރު ލޯންޗް އޮތީ އއ. ރަސްދޫ އާއި މާލެ ދެމެދުގައެވެ. އެއިރު އެ ލޯންޗުގައި ތިބީ ތިން ފަޅުވެރިންނާއި 22 ފަތުރުވެރިންނެވެ.

މި ލޯންޗްއަކީ 38 ފޫޓުގެ ގަލްފްކްރާފްޓް ލޯންޗެކެވެ. އަލިފާން ރޯވެފައިޗަނީ ލޯންޗު ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގައެވެ. މިހާރު ލޯންޗް އަންނަނީ އެއް އިންޖީނުގައި މާލެއަށް ދަތުރުކުރަމުންނެވެ.

މިހަދިސާ ހިނގިއިރު ލޯންޗްގައި ތިބިގެސްޓުން ލޯންޗްގެ ވެރިފަރާތުން ހަމަޖެއްސި "ނަވި4" ލޯންޗް ގައި ރައްކަަތެރިކަމާއެކު ރަސްދޫ އަށް ވަނީ ގެންގޮސްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިއެއް ނުވެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.