ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އެޗްއާރްސީއެމް އިން އަދީބާއި ބައްދަލުކޮށްފައިވަނީ އޭނާގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެންނެވެ.
އެޗްއާރްސީއެމް އަށް އަދީބު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބޭސްފަރުވާ އާއި ޖަލުގެ ހާލަތާއި އާއިލީ އަދި ވަކީލުންގެ ބައްދަލުވުމާ ގުޅޭ މައްސަލަ ހިމެނެއެވެ.
އެޗްއާރުސީއެމުން އަދީބާ ބައްދަލުކުރިއިރު މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެ އަދީބަށް ވަނީ ޤާނޫނީ ވަކީލާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިފައެވެ.
އަދީބުގެ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަދީބަށް ޤާނޫނީ ވަކީލުގެ ބައްދަލުވުން ފުލުހުން ހަމަޖައްސައި ނުދެނީ ގަސްދުގައި އަދީބާއި މެދު ތަފާތުކުރުން ގެންގުޅުމުގެ ގޮތުންނެވެ.
އަދީބަށް ވަކީލާއި ބައްދަލު ނުކުރެވޭތީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީޢަތް ވެސް ވަނީ ކެންސަލް ކޮށްފައެވެ.
ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ނަމަވެސް އަދީބު ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ. އެއީ އަދީބުގެ ސަލާމަތީ ކަންތައްތައް ކަރެކްޝަނަލް ސާވިސް އަށް އެންމެ ފުރިހަމައަށް ނުބެލެހެއްޓޭތީ ކަމަށްވެއެވެ.
މިހާރު ވެސް 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ގިނަ މައްސަލަތަކެއްގެ ޝަރީޢަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން ގެންދެއެވެ.
އެޗު އާރު ސީއެމް އަކީ ކުއްވެރިން ނާއެކަނި ބައްދަލު ކުރަން އިތްތަނެއްތޯ
ރަސީދު ތިބުނީ ވަރައް ރަނގަޅު ވާހަކައެއް އެޗްއާރުސީއެމުން ކުރަން އޮންނަ މަސައްކަތަކީ މީހެން ހީވަނީ ހައްތަހާވެސް މިފެންނަނީ ބޮޑެތި ކުއްވެރިންގެ ހައްގުތައް ހޯދައިދޭން މަސަތްކަތް ކުރާތަން ބަލަގަ ޖަލުގަ އެބަތިއްބޭ ތިނޫނަސް އެހެންމީހުންވެސް ކީތްވެތޯ އެމީހުންގެ ހަބަރު ނުބަލަނީ