ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހޮވަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ތާއިދު ކޮށްފިއެވެ.
މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އޭނާ އަށް ތާއީދު ކުރައްވާތީ ގައުމު އެ މީހަކަށްޓަކައި ފަހުރުވެރިވާ އަދި ދެވަނައެއް ނުވާ ދަގަނޑޭ އަށް ޝުކުރު އަދާކުރާ ކަމަށެވެ.
މުއިއްޒު ވަނީ ދަގަނޑޭ އޭނާއާއި އެކު ނަގާފައިވާ ފޮޓޯއެއް ވެސް ޓްވީޓް ކުރައްވާފައެވެ. ފޮޓޯގައި ދަގަނޑޭ ވަނީ މުއިއްޒުގެ ކެންޑިޑޭޓް ނަމްބަރު ކަމަށްވާ އެކެއް އަތުގެ އިޝާރާތުން ދައްކާލާފައެވެ.
Male ge mayor kamah alhugandah thaaeedhu kuravvaakamattakaa, qaumu e beyfulhakattakaa fakhuruverivaa, dhevana ehnuvaa, @AliAshfaq07 ah nuhanu ikhlaastheri kamaaeku shukuru dhannavan. pic.twitter.com/CBH2PlQd2j
— Dr Mohamed Muizzu (@MMuizzu) April 2, 2021
ކައުންސިލް އިންތިޚާބުގައި މުއިއްޒަށް ތާއިދު ކުރުމާއި ގުޅޭ ގޮތުން ދަގަނޑޭ އެއްވެސް އެއްޗެއް ނުބުނެއެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހްމީއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
މަވެސް ތާއީދު މުއިއްޒުއައް.
އިސްލާމް ދީނާ މިލޮބުވެތި ވަތަން ދެކެ ލޯބިވާ މީހެއްވިއްޔާ އމޑޕ އަށް ވޯޓެއްނުދޭނެ އިންޝާ ﷲ މަވެސް އިސްލާމް ދީނުގެ މަތިވެރިކަމާ މިގައުމުގެ ހައްގުގާ މަގޭ އާއިލާގެ 8 ވޯޓް އިރާދަ ކުރެއްވިޔާ ޔަގީން
އިސްލާމްދީން އޮންނާނެ ކޮންމެ ބަޔަކު ތިއްބަސް އިންޝާﷲ.. ތިޔަ އެއްޕާޓީގެ ލީޑަރޝިޕަކުވެސއ ނޫޅޭ ދީނީވެގެން ދީންދެކެ ލޯބިވާ އެކަކުވެސް.. ދެން ހަމަ ކޮންމެ އިންތިހާބަކަށް ކުޅެން އުޅޭ ކާޑެއް.. މިހާރު އެނގެން ވެއްޖެދޯ ސިޔާސީ ކާޑެއްގެ ގޮތުގަ ތިޔަ ކާޑު ޖަހައިގެން ނުހިނގާނެކަން. އަބަދުވެސް ސޭމް އޯލްޑަ ގޭމް..
ފުޓު ބޯޅަ މެޗެއް ކުޅެންތަ މި އުޅެނީ؟؟ ދަގޭއަށް ކުޅިވަރުގަ ތާއީދު ކުރިޔަސް ސިޔާސީ ގޮތުން މަ ތާއީދެއް ނުކުރަން ސިޔާސީ ބުރަދަނެއްހުރި ސިޔާސީ މީހެއްވެސް ނޫން..
ތިބޭފުޅާ އެކަންޏެއްނޫ މަވެސް މުއީއްޒުއައް ތާއީދު..
މަވެސް ތައްޔާރު އިންޝާﷲ ހޮވޭނެ
އަދި ނުފެނޭ މުއިއްޒު ހޮވޭތަނެއް.. މުއިއްޒު ހޮވިއްޖެއްޔާ އެއް ގޮތަކުން ރަނގަޅު.. މިސަރުކާރުން މާލޭ މީހުންނޭ މާލޭ ގެދޮރޭ ކިޔައިގެން ވާހަކަ ދައްކާ އަޑެއް ނީވޭނެ މާބޮޑަކަށް..
މަވެސް ތާއީދުކުރަނީ މުޢިއްޒުއަށް މަށަށްވެސްލެވޭނީ އެންމެ ވޯޓެއް ދަގަނޑޭއަށްވެސް ލެވޭނީ އެއްވޯޓު މަގޭވާހަކަވެސް ނޫހުގެ ފަލަސުރުހީގަ ޖަހަންވީނު ހެހެހެހެ
ޢަނިޔާވެރި ނުވާން އައިސް ރައްޔިތުންނަށް އަނިޔާވެރިވީމަ އމޑޕ އަށް މިފަހަރު ރީތި ފިލާވަޅެއް ލިބޭނެ! ޜައްޔިތުން ޖޫރިމަނާ ނުކުރާނަމޭ ކިޔާފަ ،ރައްޔިތުން ފެލާލަނީ.ކަރަންޓު،ފެން ބިލް އަތްނުފޯޜާ
ދަގަޑޭ ގޯލެއް ޖަހާނީ ވ. ޥިސްނާފަ. ޢެހެންވީ މަ ، މަވެސް މުއިއްޒަށް ތާއީދު ކުރަން ނިންމައިފިން
އެމްޑީޕީގެ ލީޑަރުންގެ ވިސްނުން ހުރީ ކޮންމެސް އެއއްޗެއް ބޮއެގެން 24 ގަޑި އިރު މުޅީ ދުނިޔެ ރަންރީނދޫ ފަތިހަކަށް ކުލަ ބަދަލު ކޮށްލައިގެން ރައްޔިތުންވެސް އެ ޚިޔާލީ ދުނިޔޭގައި ބައިތިއްބަން . ދަނގަޑޭ ކަހަލް ޤައުމާއި ޤައުމުގެ ރައްޔިތުން ދެކެ ލޯބިވާ އެކަކުވެސް އެހެން ވިޔަކަ ނުދޭނެކަން ކަށަވަރު
ތާއީދު މުއިއްޒުއައް.
އީ.ސީ.ސަރީފު ބުނީ ދަހަނޑޭ ޖެހޭނީ ތެޅިތެޅި ހުންނާށޯ
ބޭނުން އެއްޗެކޯ ހަދާނީ.... ކަޅެއައް ކުޅެވޭނީ ބޯޅަޔޯ..
އޯކޭ އަހަރެންވެސް ކޮޅު ބަދަލް ކޮށްލީ މުއިޒުއަށް
ސާބަސް ދަގޭ ތީ ހަމަ ޤައުމީ ބަތޮލެއް.
އަހަރެން މުޢިއްޒަށް ތާޢީދުކުރަނީ މުޢިއްޒުގެ އަޚްލާޤް ރަނގަޅުވީމަ. ކަމަށް ޤާބިލްކަން ހުރީމަ.
ޤައުމާއި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ، ޤައުމު ދެކެ ލޯބިފުޅުވާތީ. ލާދީނީ ފިކުރެއް ނުގެން ގުޅުއްވާނެކަން ކަށަވަރުވާތީ. ރައްޔިތުންނަށް އޯގާތެރި ވާނެތީ. ނަތީޖާނެރެ މީގެ ކުރީގައިވެސް ނަތީޖާ ދައްކަދެއްވާފައިވާތީ. ޤައުމު އަޅުވެތި ވާނެކަމެއް ނުކުރައްވާނެތީ. ބަހާއި ޢަމަލުވެސް ދިމާވާނެތީ. ހުރިހާ ރައްޔިތުން ވެސް މިފަހަރު މުޢިއްޒަށް.
ދަގަނޑޭއަށް މަރުޙަބާ ދަންނަވަން! ތިޔައީ ގައުމީ
މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ނިންނެވި ގޮތެއްކަމަށް ގަބޫލް ކުރަމެވެ.
އަހަރެމެންވެސް މުއިއްޒުއަށްތާއީދު !!
އެންމެންނިކުމެ މުއިއްޒު ހޮވަމާބަ ހީ !!
މީ ދެން ކޮންފަދަ ކަމެއް މިނޫކަމެ ނެެތައް މިޤައުމުގަ
އަސްފާގު ބުނިބާ އެއްފަހަރުވެސް މުއިއްޒައް ތާއީދު ކުރާވާހަކަ ނުބުނާނެ ފޮތޮއެއް ނަގަންބުނީމަ ނެގީ އެމްޑީޕީވެސް އަނަސް ދިޔައިމަ ފޮޓޯނެގީ
އެންމެންގެވޯޓުވެސްދޭންވީ މުއިޒައް
ތަންތާ ގަމާރުންނާ ތަންތަން ހަވާލުކުރީމާ ހުރި ހާގެއްލުމެއްވެސް
ރައްޔިތުންނައް
މަގޭވޯޓުވެސްދޭނައް
މަގޭ ވޯޓު ވެ ސް
ޢަލީ އަޝްފާގު، އަލީރަމީޒު މެން ފަދަހަރުދަނާ އާއްމުންގެ ލޯތްބާ ޤަދަރު ލިބިފައިވާ ބޭފުޅުން ޑރ.މުޢިއްޒު އަށްތާއީދު ކުރެއްވުމަކީ ވަރަށްއުފާވާ ކަމެއް. މާތްﷲ ގެރަޙްމަތްފުޅާ އެކު މިފަހަރު މާލޭގެމޭޔަރ ކަމަށް ހޮވޭނީ ޑރ.މުޢިއްޒު.
ކޮބީތި މަކުރި ކޮމެންޓު. ވަގުތު ހާދަ ބޮޑަކަށް ފެއިލްވެފައޭ