ރާއްޖޭގެ ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައި، 12 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖެއް ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށާއި، ޕެކޭޖުގެ ދަށުންކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މިހާރު ބޭނުންކުރާ ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް އާއި ކޭޝް މެނޭޖްމަންޓްގެ އިތުރުން ފައިނޭންޝަލް ރިޕޯޓިންގެ ކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވަނީ، މިކަމުގެ ސަބަބުން ޕަބްލިކް އިންވެސްޓްމަންޓްތައް ކުރިއަށްގެންދިއުމަށް މަގުފަހިވެ، ޢާންމު ޚިދުމަތްތަކަށްވެސް މި ޕެކޭޖުގެ ސަބަބުން ފަސޭހަވެ އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

އެ ބަޔާނުގައި ވޯލްޑް ބޭންކުން އިތުރަށް ބުނީ، 2016 އަހަރާއި ބަލައި ރާއްޖޭގެ ފިޒިކަލް ދަރަނި މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރަފި (ކެރެފާ)

    ޖަރީމާ ރައީސްއަށް އެބަފެނޭތަ ؟ ރައީސް ޔާމީން ބާރަށް ކުރިޔަށް . 2018 ޔަޤީން.