އައްޑޫ ސިޓީގެ މުއްސަނދިކަން އޮތީ އިރުމަތީ އެފްރިކާގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަރަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އައްޑޫގެ ކުރިމަގާއި ތަރައްގީއާ މެދު ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ނަޝީދު ވަނީ އައްޑޫ އަކީ އިންޑިއާ ކަނޑުގެ މެދުކަން ފާހަގަކުރައްވާ އެކަމުގެ ބޭނުން އައްޑޫ ރައްޔިތުން ހިފަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އިންްޑިއާ ކަނޑުގެ ބޭނުން ހިފުމަށް އައްޑޫ މުޅި ދުނިޔެއަށް ހުޅުވާލަން ރައީސް ނަޝީދު އިރުޝާދު ދެއްވިއެވެ. އެގޮތުން އައްޑޫ އާއި އިރުމަތީ އެފްރިކާއާ އަލުން ގުޅާލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

"އިރުމަތީ އެފްރިކާ އަށް ދަތުރު ފައްޓަވާށޭ، މޮމްބާސާ އަށް އަނެއްކާވެސް ވަޑައިގަންނަވާށޭ، އައްޑޫ އާއި އިރުމަތީ އެފްރިކާއާ ގުޅާލައްވާށޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިރުމަތީ އެފްރިކާއާ އައްޑޫ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލައިފި ނަމަ އެކަމުގެ ސަބަބުން އަންނާނެ ފައިދާ އައްޑޫގެ ގިނަ އިގްތިސޯދީ މާހިރުންނާއި ދޮށީ އުމުރުގެ މީހުންނަށް ސާފުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ އައްޑޫގެ ތަރައްގީ ފުޅާކުރަން ކުރިއަށް ދާންވީ މިސްރާބު ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އައްޑޫ އޮތީ އިންޑިއާ ކަނޑުގެ މެދުގައި ކަމަށްވުމުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔެއިން އެދޭ ފަދަ ޖަވާބުތަކެއް ފޯރުކޮށްދޭ ސިޓީ އަކަށް އައްޑޫ އަށް ނުވެވެންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމާނިކުފާނު ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓެއް އައްޑޫގައި ފުޅާކޮށް އެ ޑިޕާޓްމެންޓަކީ ދުނިޔޭގެ އެކި ހިސާބުތަކުން ދަރިވަރުން އަންނަ ޑިޕާޓްމެންޓަކަށް ހެދުމަށް އަމާޒު ހިފުމަކީ ބޭރު ދުނިޔެ އާއި އައްޑޫ ގުޅުވާލުމަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ އާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ އެތަން ވާންޖެހޭނީ ސްޓްރެޓެޖިކް ސްޓަޑީސްގެ ޑިޕާޓްމެންޓަކަށް ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ރަށްވެހި ކަމަށް އެންމެ ބޮޑަށް ފައްކާކޮށްފައި އޮތީ އައްޑޫ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. ސަރަންގު

  މުޅި ވާހަކަ ނިންމާލީ އެއިން އެއްވެސް މުހިންމު ކަމެއް ފާހަގަ ނުކުރެވި .

 2. ޗިޕް ދޮންބެ

  ދޮޅުރޯނު ރައީސް ވޯޓަށް އައްޑު މީ ހުންގެ ބޮލަށް ޗިޕެއްޖެހުމުގަ

 3. ބެއްޔާ

  އިރުމަތީ އެފްރިކާއަށް އައްޑޫބޮނޑި ވިއްކަން ފެރީއެއް ބާއްވަންވީނު. ކޮސްބޭ.

 4. ކޮރަލް

  ރައްޔިތުންވެސް ހޭ ޖެހެން އެބަޖެހެ އެވެ. ވޯޓް ހޯދަން ވީ ކަމެއް ކޮށްދީފަ އެވެ. އެއްވެސް ކަމެއް ނުކޮށްދީ މޮޅު ވާހަކަ އެއް ވިއްކައިގެން ވޯޓް ހޯދަން ފުރުސަތު ދީގެން ނުވާނެ އެވެ. މަޖްލިސްރައީސް ކަމާ ގައުމުގެ ރައީސް ކަން

 5. ކޮވިޑް

  ކަލޯ ނަސީދޫ ބަލަ ދެ ފަހަރެއްގެ މަތިން އެމް.ޑީ.ޕީ ވެކިން ކުރާތާ މިހާރު ފަސް އަހަރު ވެޖެހެން ހީވަނީ.؟ ބަލަ ކީއްވެބާ އައްޑޫ އަށް މުއްސަދި ކަން ގެނެސް ނުދިނީ؟ ބަލަ އޭރުވެސް ތި ދަންނަވާ މަގުތައް އޮތީ ހުޅުވިފަ އޭ. ދެން ހަމަ އިންތިހާބެއް ކައިރި ވާވަރަކަށް އައްޑޫ އައްޑޫ މިދެން ކިހާ ދެރެ ވެއްޖެ ކަމެއް. އައްޑޫ މީހުން ހަމަ މިހާ ގަޅިތަ؟ އޯ ޗިޕް މަދީތަ؟ ނޫނީ ގްބޯ ހައްދަން ފަސޭހަ އައީ ދެއްތ؟

 6. އައްޑޫ އަހަންމާދީ

  ކަލޭ އައްޑޫ މީހުން ބޭނުން ކުރަނީ ސިޔާސީ ރަންޑީގެ ގޮތުގައި.. ވޯޓު ކާރިވީމަ، ދުވެފައައިސް ބޮޑެތިހެން ހީވާ ހުރި ހާ ދޮގެއް ހަދާނެ..

  އަސްލަމް މަޖިލީހުގެ ނާއިބައް ކުރިމަތިލީމަ ގަސްތުގައި ފޭލްކޮށްލީ..! މުނައްވަރު ބޭރުކޮށްލީ! ބްރިގޭޑިޔާ ޑީޑި ބޭރު ކުރަން އަޑިއަޑީން ރޭވީ..!

  އައްޑޫގެ ބަސްވިކޭ މީހެއް ނަމަ، ސިޔާސީ ގޮތުން ހައްޕުނޑައް ހަދަނީ..

  އައްޑޫ މީހުންގެ ހަދާނެއް ނުހުރޭ.. މަގާމު ބަހާއިރު.. ތިމާގެ އާޢިލާއަށް ބޯގަންވިލާއަށް މިލިޔަނުން މުސާރަ ދައުލަތުގެ ބަޖެޓުން ދެވޭގޮތް ހަދާ އިރު އައްޑޫމީހަކަށް ވަޒީފަގަނޑެއްވެސް ލިބެނީކީ ނޫން..

  ތެން ކޮން އެއްޗަކަށް ފައިން އެރިގެން އުޅޭކަށް

  ކޮންމެ ފަހަރަކު އައްޑޫމީހުންވޯޓު އެއީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް ތަންބު.. ރިސަލްޓް ލިބުނީމަ.. ވީއާ ނަތިންގ..

  މިފަަހަރު އޮޅުވާ ނުލެވޭނެ.. ރައިސްކަމާއި، މަޖިލީހާ ކައުން ސިލު ދިނުމުންވެސް ވީކަމެއް ހަރާމުން ހަރާމް..

  މޭޔަރު ރޮއި އާދޭސް ކުރި ދުވަސް އަހަރުމެން ހަދާން އެބަހުރި.. އައްޑޫން އެއްވެސް ކަމެއް ނުކުރެވޭ މާލޭގެ ހުއްދަ ނުލިބެނީސް.. މިކަމާއި މީހުން ރޮއި ހެދި އިރު ކަލޭ ކޮބާ؟

  މަވާ ސަލާމް ... ނޯ މޯ އެމްޑީޕީ

  ކޮންމެ ފަހަރަކު ވޯޓު ކާރީވީމަ، އަހަރުމެންމަތީން ހަދާން ވަނީ..

 7. އައްދު

  ވަޓް ދަ......؟

  16
  1
 8. އިހުސާސް

  ކިހހ ހާދެރަ އެމީ ހުންނަށް ނޭނގޭ އެމީ ހުންގެ މުއްސަދިކަން އޮތް
  ހިސާބުވެސް،

 9. އުވަގޭ ގޫބެރާ

  ތީ މާލާމަތް ކުރަނީ ދޯ..

  އެންމެނަށް ވެސް އެގޭ އެފްރިކާއޭ ކިޔައިގެން އެއްޗެއް ބުނެފިނަމަ، އެބުނަނީ ފެންވަރު ނެތްކަން، ނަސްލީ ތަފާތު ކުރުން ކަން.. އަދި ދެކޮޅުވެރިކަން ހިތުގައި އޮވެގެން ކަން..އަދި ތަރައްޤީ ނުވަާ ފަގީރުކަން

  ކަލެޔާއި މާތްވެގެން ވާމާ، މާލެމީހުންނަށް ޔޫކޭ، ޔޫއެސް.. އައްޑުއަށް އެފްރިކާގެ މުއްސަނދިކަން..

  ވާވާ..! ޖެއްސުން ކުރިޔަސް ބޮޑުވަރު..

  މިވަރުންވެސް އަހަރުމެންގެ ދަރީންގެ ލޯނުހުޅުވޭތީ މައްސަލައަކީ..

  މިކަލޭގެ އަހަރުމެންނާ ދިމާލަށް ބުނީ ވޯޓު ދޭ ކޮންމެ މީހަކަށް ވަޒީފާ ނުދެވޭނެ ޔޭ..! ހަދާންވޭތޯ

  އަދި މީނާ އަށް 5 މަގާމު ކަނޑައެޅީ އަމިއްލަޔަށް.. ބޯގަންވިލާޔަށް މަހަކް 1.2 މިލިޔަ މުސާވަދޭ..

  އަހަރުމެން ނުވި މީހުނަށް އޭރު.. މިހާރު ކޯޗެއްކިޔާކަށް އެވެސް ޖެއްސުން ކޮށް އަގަގޮއްވަން..

 10. އާދަމުގެދަރި

  އަކަޔަންބޯ ސަޅިބައިސާ ކެނޑީމާ އަމިއްލަ އެދުމުން ފޯވެފައި ތިބޭ މީހުން އަތްޖަހާނެ. ދުނިޔެ ދަންނަ ހަގީގަތަކީ ދިވެހިރާއްޖޭގައި ވަން އެންޑް ހާފް ވޭ ޑިގްރީ ޗެނަލެއް އޮންނަ ކަމާއި ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ގިނަ ބޯޓުފަހަރު މި ޗެނަލުން ދަތުރުކުރާކަން. ދުނިޔެއާއި ދިވެހިރާއްޖެއާ ގުޅާލެވޭނެ ނަމަ ގުޅަންވީ މި ޗެނަލްގެ ތެރެއިން ކަން ނުދަތުމަކީ ބައެއްގެ ކިބައިގައި ހުރި އުނިކަމެކޭ ދެންނެވުމަށްވުރެ އެބައެއްގެ އެދުމުން ފޯވެފައި ތިބީމާ ނޭނގުނު ކަމެކޭ ބުނުން މާ އައުލާކަންބޮޑު.

 11. އަހްމަދު

  ބަޔަކު މީހުން އައްޑުއަށް ގޮސް ފޮޑިޖެހިޔަސް އައްޑޫމީހުން ބުނާނީ ދޮވާނީ ގޮމަކަސްތޫރިވަސް! މިމާ އިންތިހާބު ކާރިވީމާ މާމޮޅުވާހަކަ ދައްކާނެ ކަމެއްނެތް! ކާލޭމެން ނުންބަޔަކު ނުހޮވޭނެ! ކަމެއްކޮށްދިނަސް ނުދިނަސް ހެޔޮ! ކޮންމެ އިންތިހާބާކާ ދިމާކޮށް ހައްދާލެވޭ ހަމަ އެކަނި ބަޔަކީ އައްޑޫ މީހުން!!!!!!!!!! އެމީހުނަށް ބަޔަކު މީހުންނާއެކީ އަރިއަރިޔަށް ފޮޓޯނެގުނީމާ އެއޮތީ ތަރައްޤީވެފައި!!!

 12. ހުސޭނުބޭ

  ތި އިވިވަޑައިގަތީ ކަރުދިގުފުޅީގެ ހުވަފެން! ކުރީގެ ހުވަފެނުގައި ގާފަރު ފަޅުގައި ވިންޑްމިލް ފާމެއްވެސް ހެދިއެއްނު!

  44
  2
 13. ޚާރު

  ޥަރަށް ތެދު ފުޅެއް ... އެއީ ބަނޑަށް ޖެ ހޭ ވާ ހަކަ

  36
  1
 14. ސަޅިބައިސާ

  މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ވަދެފައި، މަސްވެރިޔާ ބާނާ މަސް ސީދާ މަސްވެރިޔާ ބާނާގޮތަށް ގޮސް ބޭރަށް ވިއްކާފައި އާދެވޭނެއޭ ރިޔާސީ އިންތިޚާބުގައި ގޮވީ. މިފަހަރު މިގޮވީ އިރުމަތީ އެފްރިކާއަށްދާން. އިރުމަތީ އެފްރިކާގައި ހިމެނޭ ޓެންޒޭނިޔާ، ރުވާންޑާ، ކެންޔާ، ޔޫގެންޑާ، ބުރުންޑީ، ސައުތު ސޫދާން، ޖިބޫޓީ، އެރިތްރިއާ، އިތިއޮޕިއާ، ސޯމާލިޔާ. މިތަންތަނުގެ ހާލަތު ނުދަންނަ މީހުން ތިވާހަކަ ގަބޫލުކުރާނެ. ދިވެހިރާއްޖެއިން ފުރައިގެން ކަނޑުމަގުން އާގުބޯޓެއްގައި މިތަންތަނަށް ގޮސްފައި ދިވެހިރާއްޖެއަށް އެނބުރި އާދެވޭނީ ކިތައް ދުވަހުންތޯ ނުބަލާނަންތަ! ދިވެހިރާއްޖެއިން އެފްރިކާއަށް އަނެއްކާވެސް ކުދި ބޮލި ވިއްކަންތޯ ގެންދަންވީ. އާގުބޯޓުގައި ގެންދަންވީ ކުދިބޮލިތޯ؟ ބާރަށް އަތްޖަހާ! އެންމެން ނުކުމެ އަތްޖަހާ! އަތްޖަހާޖަހާ އަތުގެ ފޫ ދުއްވާލާ! އޭރުން ތަރައްޤީވީ. ޑޮލަރު ސީދާ ޖީބަށް ވަނީ. ވަލްހަމްދުލިއްލާހި.

 15. ޢަލީ ތައްޚާނު.

  ކިޔޭ ނުކިޔޭ... ވާނުވާ... މި ކިޔާ އެއްޗެއް ނުވިސްނުނު، ވިސްނަން ނުވެސް އުޅެން. ވިސްނާކަށް ބޭނުމެއްވެސް ނޫން.

  41
  1
 16. އެޖެންޑާ

  މިއަ ހަރުގެ ބޮޑުދޮގު

  32
  1
 17. ss

  Meena huree hamaiga tha. Dhenves addu meehun thibey aiy jahan

  27
  2
 18. ޢަހު

  އަޅޭ މިގައުމުގެ މުއްސަނދިކަންވެސް އޮތީ އިންޑިއާ ބަނގަލާީހުން އަތުގަ

  37
  1
 19. ވެރިން

  ކަލޭ ތި ހެން މި ހާރު ތިކިޔަނީ ކޮންބޭނުމެއްގަ ކަން ނޭގޭ ކުޑަކުއްޖަކުވެސް މުޅި އައްޑު އަތޮޅުގަވެސް ނެތް. ދޮގު ހެދުމުން ޕީ އެޗްޑީ ނަގާއިގެން ހުރިމީ ހެއްތީ

  40
  1
 20. ޅަތީފާ

  އައްޑުގެ މުއްސަނދި ކަން އޮތީ ކެނެރީގޭތެރޭގަ ސާފުވެއްޖެތަ މަރުމޯލު

  38
  1
 21. ލޮލް

  މިމީހުންގެ ޖީބު ތަރައްގީވާނީ ބޭރުގެބަޔަކަށް އައްޑޫ ވިއްކާލެވިގެން.

  38
  1
 22. ނަޒީލް

  އިގްތިސޯދީ ޚިޔާލު ދޭން އަދި އިގްތިސޯދާއި ތަރައްގީއާއި ގުޅޭވާހަކަ ރައްޔިތުންނައް ކިޔާދޭން ރައީސް ނަޝީދު އެކަށީގެންނެއް ނުވޭ. އެއީ ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ކޮއްފަ ހުރި ކަންކަމުން ގައުމައް ލިބުނު ގެއްލުމައް ބަލާލުމުން އެނގިގެންދާ ހަގީގަތެއް. ނަޝީދު އަކީ އިގްތިސޯދީ މާހިރެއްވެސް ނޫން.. އަދި އެހެން ނޫނަސް އިގްތިސޯދާއި ގުޅޭކަންކަމުގެ މޮޅުވިސްނުމެއް އަދި އެކުސްޕީރިއެންސެއް ހުރިމީހެއް ކަމައް އަޅުގަނޑުމެންނަކައް ފެންނާކައް ހެތްކެއް ނެތް.

 23. ދަރަނި ދަންތުރަ

  އެހެންވެތޯ ދިވެހި މޭސްތިރި ބޮޑުސުއްޓާއެއްހެން ހުލިވީ ، ބަފާގެ ދުވަސްދުއްވާލި މީހަކު އެހެން މީހަކަށް ހެވެއްއެދޭނެތަ ނަސީދަކީ ދިވެހިންގެ ހަލާކު ތިލަފަތަށް ވޯޓު ނުދޭނަން...

  33
  1
 24. ާދަލޭކް

  ޢެކަކު މިބުނީ ޢައްޑޫމީހުން ޖީބައް ޕައުންޑް އޮތްސާނަމޭ އަނެކަކު މިބުނަނީ އެފްރީ ކާއިން ރަން މުތާއި ޔާގޫތުގެ ކިއްލާތައް އޮތްސާނަމޭ. ޢެކަހަލަ ވާހަކައެއް ބުނާ އިރަށް އައްޑޫ މީހުން ހެއްދިދާނެ. ޢައްޑޫ ރައިޔަތުންނޭ ހުސް ބުތާން ދޮގު..އެކިޔަނީ..ހަމަށް ވޯޓް ހޯދަން ޖަހާމަޅި.

  29
  1
 25. ޖސޖސ

  ހމ ކަލެއަށް އެނގެނި

  8
  2
 26. Saahib

  ހުސްހޮޅިވާހަކަ. އިރުމަތީ އެފްރިކާގެ ގައުމުތަކަކީ
  އެންމެފަގީރު ގައުމުތައް. ތިޔާކުރީ އައްޑޫއަށް މަލާމާތް. ސޯމާލިޔާ، އެރެތެރިޔާ، ބުރުންޑީއަށް އައްޑޫ މީހުން ދާށޭތަ ތިޔާބުނީ. ބަލަގަ ހިތަށްއެރިއެއްޗެއް ބުނެ، މީހުން އޮޅުވާނުލަބަލަ.
  އަދި އައްޑޫ މީހުންގެ އަގު ނުވައްޓަބަލަ.

  34
  1
 27. ވިސްނުން

  އައްޑޫގެ މުއްސަނދިކަން ލީއްވެ އުރުމަތީ އެފުރިކާދާންވީކީ

  17
  1
 28. އައްޑޫ މީހާ

  ތިވީ ގޮތުން ތި ޖެހުނީ އިރުމަތީ އެފްރިކާ ހިސޯރު ކުރަން ދާން. އައްޑޫ މީހުންގެ މުއްސަނދިކަން އޮޔާލާ އިރުމަތީ އެފްރިކާގައި އުޅޭ ޚަބަރު ލިބުނީތީ އުފާކުރަން.

  21
  1
 29. ކައްޕި

  އައްޑޫގެ އތުރުން އެފްރިކާގެ ބައްރެއްނިއޮވެއި. ތިހެދީ ބޮޑް ދޮގެެެއްނުނި.

  15
  1
 30. މުހައްމަދު

  މީނާ މިދައްކާވާ ހަކަޔެއް ވިސްނާ ވިސްނާ ފަ ހުމެއްނުވ

  18
  1
 31. އައްޑޫ މީހާ

  އެފްރިކާގައި އޮތް ތަރައްގީ އައްޑޫއަށް އަންނާނީ ވާޖަހާފަ ދަމާ ކޫއްތައިގެން ! ބަލަ އައްޑޫގައިތިބި އޑޕ މޮޔަ ކުދިން ތިވާހަކަ ގަބޫލުކުރާނީ ހަމަ ތިގޮތައް ކަލޭ އައްޑޫ ފޭދޫގައި އޑޕ ޖަލްސާއެއްގައި ވާހަކަ ދައްކަމުން ބުނި އައްޑޫގެ ތަރައްގީ އޮތީ އިންޑިއާއާއި ގުޅިފައޭވެސް މިހާރުވެސް ރެކޯޑިންގ އެބަހުރި ތިކަހަލަ ވަގު ވާހަކަ ކޮންމެވެސް އެހެން ބައެއްގެ ކައިރީގައި ދެއްކީމަ އޯކޭވާނެ އައްޑޫގައި ހަދާފައިހުރި ރިސޯޓްތަކަށް ފަތުރުވެރިން ގެންނަން ވީމަ އެތަންތަން ހުހަށް ބަހައްޓާފަ ފޭދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަން ހިއްކި ބިންވެސް ވިއްކާ ކާލި ގޮތައް ހުރިހާ ކަމެއް ކުރަން ތިއުޅެނީ މާބޮޑަށް ކަންތައް މައްޗަށް ދަންޏާ މުޒާހަރާކޮށް ކުއްޔަށްދިން ބިންތަކަށް ގޮތެއް ހަދާލަން ޖެހިދާނެ

  30
  1
 32. ށަކީބު

  ގިނަގިނައިން ގުބޯ ހައްދާފަ ބައިތިއްބާ..ކަލޭގައިގަ މީ ހުން ގުބޯ ހެއްދުމުގެ ބާރު އެބަހުރި..އަދި ވިސްނޭނެ ރައްޔަތުންނަށް

  24
  1
 33. އަލީ

  މައް ލިބެން އޮތް 200ކިލޯ ހުދަންބަރާ ކޮހިނޫރު ބޮޑު ޖަވާހިރަކާ ފަތްމިންޏެއްފަދަ އިއްފަތްތެރި އިންނާނެ ހަތަރު އަންހެނުން ހުރީ މިސްރުގެ ބޮޑު އަހުރާމުތެރޭގަ.

  16
  1
 34. ޙހހހ

  މިއީ ދިވެ ހިންދެކެ ލޯބިވާމީ ހެއްނޫން ، ހަމަ ދޮންމީ ހުން އުޅޭގޮތަށް އުޅެންބޭނުންވާ މީ ހެއް

  22
  1
 35. އަހަންމާ

  އިރުމަތީ އެފްރިކާގައި އޮތް މުއްސަނދިކަމުން އައްޑޫ ރައްޔިތުންނަށް ވާ ފައިދާއެއް ނެތީމަ މައްސަލައަކީ. ތިޒާތުގެ ބަހަނާތައް ދައްކައިގެން އައްޑޫ ރައްޔިތުން މޮޔަހައްދައިގެން ކިތައް އަހަރު ވޯޓު ހޯދިއްޖެތޯ. ކޮށްދެވުނު ކަމެއް ނެތް. މިފަހަރު މިތިބީ ފިސާރި ވިސްނައިގެން.

  23
  1
 36. އަލިބެއްޔާ

  އައްޑޫ މީހުން ހެއްލޭނެ.. ހެހެހެ

  23
  2
 37. އަބްދޫ

  ނަސީދުގެ 3 އަހަރުވީ ވެރިކަމުގަ ތިވާހަކަ ވިދާޅުވެ އައްޑޫ ކުރިއެރުވުމަށް މަސައްކަތް ނުކުރެއްވީ ކީއްވެ.؟ މިހާރު އައްޑޫން އިރުމަތީ އެފްރިކާއަށް ދަތުރުކުރެވޭނީ ކިހުިނެތް އިރުމަތި އެފްރިކާގަ އައްޑޫއާއި އެންމެ ކައިރީ މަޑަގަސްކަރަ. އިރުމަތީގެ ހުރިހާސަރަހައްދު ކޮންޓްރޯލް ކުރަނީ ފޭރޭ މީހުން. ބޮޑެތި އާގުބޯޓް ވެސް ފޭރިގަންނަނީ ޒަމާނީ ހަތިޔާރު ހިފައިގެން އަރާ. ފޭރޭ މީހުން އެމީހުންގެ އުޅަނދުފަހަރުގަ ބައެއްފަހަރު ރާއްޖެއައި ހަމަޔަށް ވެސް އެބައަދޭ. ނަސީދު ދައްކާނެ ވާހަކައެއް ނޭގި މޮޔަގޮވަން ވެސް ފެށީތަ؟ މޮޔަ ނުގޮވާ ރާއްޖޭގަ ހުޅަގުން އެފްރިކާ ބައްރަށް ދަތުރުފަތުރު ކުރުމަކީ ދިވެހި ދަވްލަތަށް ވެސް ކުޅަދާނަ ކަމެއްނޫން . ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މިލިޓްރީ އުލަނދތަކަށްވެސް އެ ސަރަހައްދު ކޮންޓްރޯލް ނުކުރެވޭ. ރައްޔިތުން ބޮލަށް ސަވަރުވާން ތިއަށްވުރެ ބޮޑު ދޮގެއް ހިތަށް ނައީތަ؟

  26
  1
 38. ދިވެ

  ބާރަށް އަތްޖަހާފަ ވޯޓދީ

  26
  1
 39. މުޙުއްމާ

  ކޮންމެ އިންތިޚާބަކާއި ދިމާކޮށް ތިކަހަލަ މޮޅު ވާހަކަ ދައްކާތާ މިހާރު ސާޅީހަކަށް އަހަރުވެއްޖެ. ޑެރަކަމަކީ މި އައްޑޫ ރައްޔިތުން އަދިވެސް 40 އަހަރު ކުރީއްސުރެ މިކިޔާ އަންބާ އަށް ހެއްލޭކަން. ތިއިން އެއްވެސް ހުވަފެނެއް ޙަޤީޤަތަކަށް ވާނެނަމަ 40 އަހަރު ވީއިރު އެއްމެ ހުވަފެނެއްވެސް ޙަޤީޤަތަކަށް ވީސް.

 40. މިކަލަވެސް އައްޑޫ

  ކީއްތޯ ކުރާނީ ވާހަކަވެސް ދެއްކޭނީ އެމީހެއްގެ ނޮލެޖް ހުރިވަރަކަށްތާ ، މާ ދިނައިން ވާހަކަދައްކާންވެއްޖެއްޔާ ކޮސްވެސް ގޮވޭނެ ، މީ ނަ ދަންނަ ހަމައެކަނިކަމަކީ ދަތުރުފަތުރުން ގުޅާލުން އެވެސް ހުސްވާހަކަ އަމަލީގޮތުން ކުރާނެ ހަމަ އެއްކަމެއްވެސް ނޭންގޭ ރޯނު އެދުރެއްތީ! އައްދޫ ރައްޔިތުންނަކީ ގުބޯލި ތަކެއްކަން މީނަޔަށްވެސް އެނގޭ!

 41. ރަދީފް ހުސެން

  ރިޔާސީ އިންތިހާބުގަ އައްޑޫ ތަރައްގީގެ ނާރެހަކައްވެއްޖެ. ރމ އިންތިހާބުގަ އައްޑޫގެ ހުރިހާ ފަޅުގެޔެއް ގެސްޓްހައުސްއައް ބަދަލުވެ ޕައުންޑުން މުޅިއައްޑޫ ލަގަންނެތް 4 އަހާއެކީ ފުރިއްޖެ. ސިޓީ ކައުންސިލުގަ 12 އަހަރު ރީނދޫ ތައްގަނޑު ޖަހައިގެންތިބެ މިހާރު އެދަނީ އެފްރިކާއައް. ގުނބޯބޭ ސާބަހޭ. އަނެއްކޮޅުން މީގަ ހިތްގައިމު ތަންކޮޅަކީ މިވީ 15 އަހަރު މިގުނބޯބެ ކިޔާކޮންމެ އެއްޗަކައް އައްޑޫ ކޮހުންހެއްލެ.

 42. ގައުމީ ލޯބި

  އައްޑޫ މީހުންނަށް ޖެއްސުން ކުރާއިރު ވެސް ހަމަ ހެވިފައި އަތް ޖަހަން ތިބޭ..

  އެވެރިން ނަށް ޔޫކޭ ޔޫއެސް ގެ ތަރައްޤީ އައްޑޫ އަށް

  އެފުރިކަން ނާތަހުޒީބުކަން ހަވާލު އެކުރީ..

  ދެންވެސް ހެޕީވެފައި ތިބޭ..

  ވަޒީފާ ދޭންވީމަ ބުނީ ވޯޓުލާ ކޮންމެ މީހަކަށް ވަޒީފާނުދެވޭނެ.. ޢޭ.. އެބޭފުޅާއަށް 5 މަޤާމު ކަނޑައެޅުނުް

  އަސްލަމު މަޖިލީހުގެ ނައިބަކަށް ކަމުނުދިޔަ
  މުނައްވަރު އެމްޑީޕީން ބޭރުކުރީ..
  ޑީޑި ބޭރުކުރީ..
  މިނިސްޓަރުކަމާއި ވަޒީފާ މާލޭ ބޭފުޅުންނަށް - ބޯގަންވިލާޔަށް (1.2 މިލިޔަން މަހަކު މުސާރަޔަށް ދެވޭ)

  އައްޑޫ އަކީ ވޯޓު ހޯދަން އޮން ގޮނޑު

 43. މަސްއޫދު

  ތިޔައިގެ މާނައަކީ އިރުމަތީ އެފުރިކާގެ ފަގީރުގައުމުތަގެ ރައްޔިތުން ކާންބޯންނުލިބި މަރުވަމުންދާގޮތައް އައްޑޫ ރައްޔިތުން ހާލުގައި ޖެހި މަރުވުމުންތޯ؟ އައްޑޫ ރައްޔިތުންނޭވޭ އަދިވެސް ހޭއަރާކަށް ނުވޭތަ! މިޝައިތާނު އައްޑުއަށް އެރިޔަނުދީ މީނާއަކީ މިގައުމުގައި ހިގާ މަރުތަކުތަކު އަދި ހުރިހާ ޚިޔާނާތެއްގެ ފަހަތުގައިހުރި އަދި ޖޭއެއްސީގައި އިދެގެން މީހުންގެ މައްޗަށް ނުހައްގު ހުކުމް އިއްވާ މިއިންއެއްވެސްކަމެއް ނޭގޭކަމަށް ހެދިގެން އުޅޭ ބޮޑުވެގެންވާ ޝައިތާނެއް!

 44. އެލަކުސް ހުސައިން

  ކޮބާ ހީވި.މިހާ ދުވަސްވި އިރުވެސް އައްޑޫ މުއްސަދިކަން އޮތްތަނެއް އެއްވެސް ބަޔަކަށް ނޭގުނު ނުވެސް ހޯދުނު.އެކަމަކު ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫ ސިޓީގެ މުއްސަނދިކަން އޮތީ އިރުމަތީ އެފްރިކާގައި ކަން އައްޑޫ ރައްޔިތުންނަށް އެގިގެން ހިގައްޖެ.މިހާދުވަސްވި އިރު ކީއްވެބާ އެމުއްސަދިކަން ރާއްޖެ ނުގެނެވުނީ؟ކޮވިޑާއި ގުޅިގެން ގައުމުގެ މާލީހާލަތު މިހާ ދަށަށްގޮސްއޮތް ދުވަސްވަރަކު އެ މުއްސަދިކަން ރާއްޖެ ގެނެވިދާނެތޯ މީ އުފެދޭ ސުވާލެއް.މިއަށް ހެއްލި އައްޑޫ ރައްޔިތުން ވޯޓް ދޭންވީ ތޯ؟ހީނުވޭ އައްޑޫ ރައްޔިތުންވެސް އެހާ މޮޔަހެނެއް.

 45. ހިލް

  މި ފަހަރު އައްޑޫ މީހުން ވޯޓް ދޭނީ ހިތަދު އާއި މީދު އާއި ގުޅުވާދޭ ބުރިޖު އަޅާނެކަމުގެ ޔަގީން ކަން ދިނީމާ.

 46. ރަސްގެފާނު

  ދެން އައްޑޫ އެންމެން ކޮނޑުހުޅު ނެއްޓެން އަތްޖަހާ 👏👏👏

 47. ވައިކިންގ

  އައްޑޫ މީހުން ވަރަށް މޮޔަ ބައެއް. އެ އައްޑޫ މީހުން އޭނަގެ ވާހަކައަށް ހެއްލިދާނެ. ރާއްޖޭގެ އެހެން ހިސާބެއްގެ ބަޔަކު އޭނަގެ ވާހަކަޔަކަށް ނުހެއްލޭނެ.

 48. އަބްދޫ

  ނަސީދު ތިޔާ ބަފަޔާ ތިޔާގެ ޅިޔަނު މުއްސަނދިވީއައްޑޫ ހުވަދޫމީހުންގެ ދިޔަފެލައިގެން. ތިޔަ ނަސިދަށް ކާންދީ ތިބާގެ ބައްޕަ ބޮޑުކުރީ ވަގުފައިސާއިން އެކަން ތިބާގެ ބައްޕައަސް އޮތް މައިޓް ކުންފުނީގެ ހިޔާނާގުގެ ހުކުމުން ސާބިތުވާނެ. ވަގުތަކެތި ކައިގެން ބޮޑެތިވެ މަސްޖަހާފަ ތިބޭމީހުންގެ ދުލުން ތެދުބަހެއް ނީއްވޭނެ.

 49. ބަރަކުޑާ

  އައްޑޫ ގެ މުއްސަދިކަން އޮތީ ކަލޭ އަގައިގަ

  • އމރ

   އައްޑޫ މީހން ސްޕީޑް ރޮކެޓުގަ ދޯ ދަނީ އެފްރިކާ ޔަށް

 50. ޙުސް ގަމާރުން

  މަނިކުފާނުގެ ވާހަކަތައް ތިހުންނަނީ އެރަށެއްގެ މީހުންގެ ވިސްނުމާއި އެއްވަރެއްގައި.
  ތި ރަށްރަށު މީހުން ޖާބިރު ކިޔައިދިން ކަހަލަ ކުރުވާހަކައެއް ކިޔައިދިނީމަ ގަބޫލު ކުރިގޮތަށް ތިވާހަކަވެސް ބަލައިގަންނާނެ.

 51. ޜރތ

  ބަލަގަ ޅިޔަނާ!
  އިރުމަތީ އެފްރިކީގައި ތިބީ ހައްތަ ހާވެސް ފަގީރު ގައުމުތައް.
  ހެ ހެ ހެ ހެ