ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ކުރީގެ ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު ނިންމައިފިއެވެ.
އަލީ ރަމީޒުގެ ތާއީދު މުއިއްޒަށް އޮތް ކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެގޮތުން އަލީ ރަމީޒު ކޮށްފައިވާ މެސެޖެއްގެ ސްކްރީންޝޮޓް ވެސް ވަނީ ހިއްސާ ކުރައްވައިފައެވެ.
މި ޓްވީޓުގައި ހުސައިން ވިދާޅުވީ، މިފަހަރު މާލެ ސިޓީގެ މޭޔަރުކަމަށް މުއިއްޒުއަށް ތާއީދުކުރާކަން އަލީ ރަމީޒު ހާމަކޮށްފައިވާ ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
Male ge mayor kamah alhugandah thaaeedhu kuravvaakamattakaa, dhivehi rayyithunge hithugai khaasaa qadhareh dhevifaivaa akh @aliramyz ah hithuge ikhlaastheri shukuru dhannavan https://t.co/PJcp2yA7rq
— Dr Mohamed Muizzu (@MMuizzu) April 3, 2021
އަލީ ރަމީޒްގެ މި ނިންމެވުމާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ތާއީދު ކުރައްވަން ނިންމެވި ކަމަށްޓަކައި ދިވެހި ރައްޔިތުންގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ އަލީ ރަމީޒަށް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް މުއިއްޒުއަށް ތާއީދު ކުރުމަށް ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ނިންމައިފައެވެ.
މުޢީޒަށް ކުރިން އެނގޭބާ އަލީ ރަމީޒު އެއީ އުޅޭ މީހެއްކަން.މުޅިންވެސް ސިޔާސީ ސްޓަންޓް .ފޫހި ކަމެއް
އަހަ ހުންނަށް ވެސް ކުރިޔަކުން ނޭނގޭ އަންނިއަކީ އުޅޭމީ ހެއްކަމެއް މިރާއްޖޭގަ ފުރަތަމަ މަގު މަތީގަ އަލިފާން ބޯޅަ އުކި ދުވަ ހު އެނގުނީ އެއީ އުޅޭމީ ހެއްކަން . އެ ހެންވީމަ ކޮބާ މައްސަލަ އަކީ .
އަންނިއަށް ވެސް ނޭނގޭ މަމެންނަކީ އުޅޭ ބަޔެއް ކަމެއްވެސް. އެކަމަކު ވޯޓް ހޯދަންވީމަ އައިސް ގެޔަށް ވަދެގަތް ދުވަ ހު އެގޭނެ . ފަ ހުން ހަދާން ނެތުނަސް
މަވެސްތާއީދު މަގޭ ވޯޓުވެސް މުއިއްޒުއައް
އިންޝާﷲ ހޮވޭނެ
އިންޝާﷲ
އިންޝާﷲ
އައްޔަ މުއިއްޒު ކެމްޕެއިނަށް ލަވައެއް ކިޔާދެންވީނު. މިހާރު މުއިއްޒު ކެމްޕައިންގަ ކިޔާލަވަތަކަށްވުތެ ރީއްޗައްކިޔާކަން ޔަޤީން
ހެޔޮވިސްނޭ އެކަކުވެސް މިސަރުކާރަށް ވޯޓް ނުދޭނެ.ލާދީނީ ސަރުކާރެއް.
ލަނޑަޔާވާނީ ލަނޑަޔާ
ހެޔޮވިސްނޭ އެކަކުވެސް މި ޕީޕީއެމް ވޯޓް ނުދޭނެ އެއީ ހުސްވަގުން
މި ސަރުކާރުގެ ބަސްވިކޭ މީހަކުހުރިޔާ މިވަގުތު ރަގަޅު ވާނީ... މުއިއްޒު އައިސްގެން ވަކިކީކުރާނީ!
އައްޔަ ވަރަށް ރަނގަޅު ނިންމުމެއް ވައްކަން ކޮށްގެން ވެރިކަމަށް އައީ އައިސްވެސް ކުރަނީ ވައްކަން މުޅި ޤައުމު ދަވާލާފި ދިވެހި ލޮބުވެތި ރައްޔަތުންނޭ ވިސްނާ މިސަރުކާރައް ހެޔޮނުވާނެ ވޯޓް ނުދޭތި.........