މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާއި ދިމާކޮށް، "ވަގުތު" އިން ނެރުނު މެގަޒިންގައި ހިމެނޭ މަޢުލޫމާތުތައް ވަގުތު ނޫސް މެދުވެރިކޮށް ގެނެސްދިނުމަށް ނިންމައިފިއެވެ.

ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު ފުޓުބޯޅަ މުބާރާތްކަމުގައިވާ ވޯލްޑްކަޕާއި ގުޅޭ ގިނަ މަޢުލޫމާތުތައް ހިމަނާފައިވާ މި މެގަޒިން މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގިނަ ބައެއްގެ ތަރުޚީބު މި މެގަޒިން އަށް ވަނީ ލިބިގެން ގޮސްފައެވެ.

ރަޝިއާގައި މިމަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ހާއްސަކޮށްގެން "ވަގުތު" އިން ނެރެފައިވާ ވޯޯލްޑްކަޕް މެގަޒިންގައި، ވޯލްޑްކަޕް މުބާރާތުގައި މިފަހަރު ކުޅޭ މުޙިންމު ކުޅުންތެރިންނާއި ހުރިހައި ޓީމްތަކާއި އެ ޓީމްތަކުގެ މަޢުލޫމާތާއި ވޯލްޑްކަޕް ބާއްވާ ސްޓޭޑިއަމް އާއި ކުރީގައި މުބާރާތް ބާއްވާފައިވާ ސްޓޭޑިއަމްތަކާއި ބެހޭ މަޢުލުމާތުތައްވެސް ދިވެހި ބަހުން ވަނީ ގެނެސްދީފައެވެ.

"ވަގުތު" އިން މިދިޔަ މަހުގެ ތެރޭގައި މި މެގަޒިން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިއްކަން ފަށާފައިވާއިރު، މެގަޒިން ގަނެގެން އަގުބޮޑު އިނާމުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މެގަޒިން ގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކަށް ފަހު ނަސީބުވެރި ތިން ފަރާތެއް ހޮވާއިރު، އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕްގެ ހަ ޤައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. މިދަތުރުގައި ދެކޮޅު ޓިކެޓްގެ އިތުރުން ކެއުމާއި އެކޮމެޑޭޝަން ވެސް އިތުރު ފީއެއް ނެގުމެއް ނެތި ލިބޭނެއެވެ. މި ގުރުއަތުން ދެވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް އެވިޑް ކޮލެޖްގެ ފަރާތުން ކޯހެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވޯލްޑްކަޕާއި ދިމާކޮށް އަގުބޮޑު އިނާމުތަކާއި އެކު "ވަގުތު" އިން ނެރުނު މި މެގަޒިން މިހާތަނަށް 2955 ފަރާތަކުން ގަނެފައިވާއިރު، މިއީ ރާއްޖޭގައި މެގަޒިންއެއް މިހައި ގިނަ ޢަދަދަކަށް ވިކުނު ފުރަތަމަ ފަހަރެވެ.

މި މެގަޒިން ބައްލަވައިގެން އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. ވޯލްޑްކަޕް 2018 ގެ ވޯލްޗާޓު ވަކިން ވިއްކާ އަގަކީ 50 ރުފިޔާއެވެ. މާލެ އިން މެގަޒިން އާއި ވޯލްޗާޓް ލިބިވަޑައިގަންނަވާނީ ނާސަރީ ބުކްޝޮޕުންނާއި ސްޕޯޓްސް ޕްލަސް އިންނެވެ. ވޯލްޑް ކަޕް މެގަޒިން މާލޭގެ ކޮންމެ ތަނަކަށް ވެސް އޯޑަރު ކުރެއްވުމުން އިތުރު ފީއެއް ނެގުމެއް ނެތި ޑެލިވަރީ ކޮށްދޭނެއެވެ. ޑެލިވަރީ ނަމްބަރުތަކަށް ގުޅައިގެން މެގަޒިން 100 ރުފިޔާއަށް ލިބޭނެއެވެ. މި މެގަޒިންއަށް އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ ‭9532251‬ ،7563322‬‬ އަދި 7660630 ނަމްބަރު ފޯނަށެވެ.

ކިޔުންތެރިންގެ ހިޔާލު