ރ.މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނެ އެކަމުގައި ޝާމިލްވާ މީހުން ހައްޔަރު ނުކުރާތީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި އަށް އެއްވެ ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފިއެވެ.

މަޑުއްވަރީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 10 މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ތިން ދުވަސް މަޑުއްވަރީ ކޯޓުން ޖަހައި ދިނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރު ކުރުމުން އެމީހުން ވަނީ މިހާރު ދޫކޮށްލައިފައެވެ.

މަޑުއްވަރީން 10 މީހުން ހައްޔަރުކުރީ ހަމަނުޖެހުން ހިންގާ، ދަޢުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލައިގައެވެ. އެމީހުންގެ މައްޗަށް ކުރާ ތުހުމަތުގެ ތެރޭގައި ފުލުހުންނަށް ހަމަލަދާ ދިނުން ވެސް ހިމެނެއެވެ.

މަޑުއްވަރީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ. އެއީ އެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި މައްސަލައިގައެވެ.

ކުއްޖާގެ އާއިލާ އިން ބުނާ ގޮތުގައި ކުޑަ އަންހެން ކުއްޖާ އަށް ގަދަކަމުން ޖިންސީ ގޯނާ ކުރީ ތިން މީހަކު ބައިވެރިވެގެންނެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ އެސެސްމަންޓްތައް ހެދުމަށްޓަކައި އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ.

މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.
    ރައްޔިތުންގެ މަސައްކަތް ހުއްޓާނުލާށެވެ.

    3
    1
  2. ބޮންޖުއަލް

    ސިޔާސަތަކީ ކުއްޖާއަށް ބެހުނުމީހުން ފޮރުވާފައި އިންސާފު ހޯދަން މަސައްކަތްކުރަމީހުން ބަންދުކުރީމާ ނިމުނީ އެއްނޫން

  3. ވަސްލު

    ޢމޑީޕީ އަށްދޭ ވޯޓަކީ އައިރު މުސްލިމުން ނަށް ދެވޭ ވޯޓެއް އެއީ އެމީހުންގެ ޔަހޫދީ އިސްލާދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ދެވޭ ވޯޓެއްކަން ހަނދާން ކުރާތި އމޑޕ އަށް ދޭ ވޯޓަކީ އެމީހުންގެ ބައިވެރިވުން ކަން ހަނދާން ކުރާރި ކެހިވެރި ފަތިހުގެ ލޯގޯ އެއިނީ ކުރިސްޓިއަން ސަލީބީ ރަމްޒުގެ ބެކް ގުރައުންޑް ބަލާރީއްޗަށް

  4. މަމީ

    އެެއީ ހަމަތެދެއް އެމްޑީޕީއަށް ވޯޓނުދޭތި ރަށްޔަތުން ވިސްނާފިކުރު ކުރުން ބުއްދިވެރި.