މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގެ ޤާޟީ އަކަށް ހުންނަވާ ހަސަން ސައީދުގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ވިދާޅުވީ 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން އެކޯޓުގެ ކުރީގެ އިސް ޤާޟީ، މިހާރު ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤު ކުރުމަށް ތަޙްޤީޤު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މިމައްސަލަ ތަޙްޤީޤު ކުރަން ޖޭއެސްސީ އިން ނިންމީ މާރިޗް މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އެކަން އިއުލާން ކުރީ މިއަދު އެވެ. މާރިޗް 17 ވަނަ ދުވަހު ޖޭއެސްސީ އިން ވަނީ ޤާޟީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ވެސް ތަޙްޤީޤު ކުރަން ނިންމާފައެވެ. އެއީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ޤާޟީ ހަސަން ސައީދު އަމުރު ނެރުއްވިއެވެ.
ޤާޟީ ހަސަން ސައީދަކީ 2018 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުރި ޤާޟީއެކެވެ. ފެމެލީ ކޯޓުތެރޭގައި ހައްޖު ގްރޫޕެއް ހިންގި މައްސަލައެއް އޭނާ އާއި ދެކޮޅަށް ހުށަހެޅުމުން އޭނާ އެކަމަށް އިއުތިރާފު ވެސް ވިއެވެ. ވެރިކަން ބަދަލުވެ ޖޭއެސްސީގެ ކޮންޓްރޯލް އެމްޑީޕީ އިން ހޯދުމަށް ފަހު އޭނާގެ މައްސަލަ ނިންމީ ވެސ ސާބިތުވާ ކަމަށެވެ. ނަމަވެސް އެކަމުގައި ފިޔަވަޅު އެޅުމުގެ ގޮތުން އޭނާ އަށް ދެއްވީ ޕްރޮމޯޝަނެކެވެ. އެއީ ފެމެލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލު ކުރެއްވުމެވެ.
ޤާޟީ ހަސަން ސައީދުގެ މައްސަލަތައް ކުރިން ވެސް ވަރަށް ގިނައިން ފެންމަތިވެފައިވެއެވެ. 2016 ވަނަ އަހަރު ވެސް އޭނާ ސަސްޕެންޑްކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓިއެވެ.
މިބައިމީހުން ނުރުހިއްޖެ މީހެއްގެ ކިބައިން ފޯދެމުންދާ ގަހެއްގައި ކުރިޖަހަމުން ދާހެން ސުލޫކީ މައްސަލަތައް އުފަންވަމުންދޭ
އެމް ޑ ޕީ ގެ އަދުލު އިންސާފު ހަމައެކަނި ހައިލަމް އަށް ، ރީނދޫ އިންސާފު ދިޔާވެގެން ފައިބަނީ " ރައްވެހިނަޖިސް ރައްޔިތުން އަތުން ފޭރުން "
އެއްވެސް މީހަކު އިންސާފެއްނެތް ތިލަފަތަށް ވޯޓު ނުދޭތި ، ރައްވެހި ވަށްކަން ފަތުއަޑުކިޔާފައި މި ތިލަފަތުން ދިވެހިން ސަލާމަތްވާން ވެއްޖެ
ރަށްވެހި ނަޖިހަށް ވޯޓު ނުދޭތި ރަށްޔަތުންނޭވެ ހަމަހޭވެރިކަން ވާންވެއްޖެ ދީނާގައުމު އޮޔާލައިފި.
ކޯޓު ތަކުގެ ގާޒީންނަށް އިނގިރޭސި ވިލާތް ، އެމެރިކާ ފަދަ ގައުމުތަކުން ކިޔަވައިގެން އަންނަ މީުންނަށް ބަދަލު ކުރަން ދަނީ ވ ބާރައް މަސައްކަތް ކުރަމުންނެވެ. އިސްލާމީ ޝަރީ އަތް ހަދާފަ ހުންނަ މީހުންނަށް ފުރުސަތު ތައް ހަނި ކުރަނީ އެވެ.