ކައުންސިލުތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައި ވިޔަވާރި ކުރެވޭނެ މަގު ތަނަވަސްކޮށް އެކަމުގެެ ގަވާއިދު އާއްމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައިވާގޮތުން، ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުސަތުވެސް ލިބިގެން ދެއެއެވެ. މިގޮތުން، އަމިއްލަ ފަރާތްތަކާއިއެކު، ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމާއި، ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިއާޔަތްކޮށް، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި، އަމިއްލަ ފަރާތަކާއިއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުން ހުށަހެޅުމަށް ކައުންސިލްތަކަށް ލާޒިމުކުރެވިފައިވާ ކަމަށް ގަވާއިދުގައި ވެއެވެ.

އަދި އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަންޖެހެނީ، %20 އަށް ވުރެ އިތުރުނުވާނެ މިންވަރަށް ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ، ސިޓީ ކައުންސިލެއްގެ ފަރާތުން، ނުވަތަ އަތޮޅު ކައުންސިލެއްގެ ފަރާތުން، ނުވަތަ ރަށު ކައުންސިލެއްގެ ފަރާތުން، އެ ކައުންސިލެއްގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުން ކަމަށް ބަޔާންކޮށްފައި ވެއެވެ

އަދި މި ގަވާއިދުގެ ދަށުން ވަކި ކައުންސިލަކީ ކުންފުނީގެ ހަމައެކަނި ހިއްސާދާރެއްގެ ގޮތުގައި، ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލްތަކެއް އެކުވެގެން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ކޮންމެ ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ނުވަތަ އިނގިރޭސި އަކުރުން އޭގެ ރަމްޒު ކަމުގައިވާ “.LTD. LAC “ހިމަނާންވާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    ވިޔަފާރި ވެރީން ދެން އެހެންކަމެއް ކުރަން ވީ އެވެ.ޑިމޮކްރަސީ ފައްކާ ވީ އެވެ.

  2. ހުސޭނުބޭ

    އަޅެ ބުއްޅަބޭއެއްނޫންތަ ގޮވީކީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެއްގޮތަކަށްވެސް ތާޢީދުކުރާކަމެއްނޫންކަން. މިހާރު މިވީ ކޯންޗަކަށް؟ މިއިން ދޭހަވަނީ ބުއްޅަބެއަކީ ގަވަރނިންގ ދަންނަ މީހެއްނޫންކަން! އޮންނަނީ އަނގައެއްކަން! ގަވަނިންގ ދަންނަނަމަ 7 ފެބްރުއަރީގައި އިސްތިޢުފާއެއް ނުދޭނެ!

    • ދިލްބަހާރު

      ޑިކްޓޭޓަރުންގެ ވިސްނުން އެލްކެސް އެ ގެންގުޅެނީ. ސަރުކާރުން ހުރިހާ ވިޔަފާރިއެއްކޮއް ރައްޔިތުން އިދެޖައްސާލަން ބޭނުންވަނީ. ވައްކަން ކުރަން ބޭނުންވެފަ ހުރި ވަރު މިފެންނަނީ. ދިވެހި ރައްޔިތުންގެ ބާރު ކަޑުވާލާ އެލެކްސްމް ކުރިމަތީ ކުޑަކަކު ޖަހުވަން އަދި ސަލާމް ޖަހަން ޖެހޭވަރު ކުރުން ބޭނުންވާ ކަން މީގެން އިގެނީ

  3. ށ

    ދެންނިކަން ނަވައްޓާލަބަ ދެން ދުލެއްނުކޮއްލާނަލށް. ތިބޭނީ ދުރާލައި ސިފައިންގެނަސްފަ. ޠާންޓޭއަށް ބޮޑުބޮޅެއް.

  4. ޑަބިޔާ

    ވަރައް މޮޅު ލާމަރުކަޒީ ގާނުނެއްތީ އާމު ރައްޔިތުންގެ ވިޔަފާރި ފުޑާލަން ކުރާކަމެއް.މީގެއިން އިގެނީ މިސަރުކާރު މީހުން އުޅެނީ ޑިޑްޓޭސިޕް އެއް މިގައުމުގަ ގާއިމްކުރަން. ހުރިހާ ރަައްރަށުގެ އާމު ވިޔަފާރިވެރިން ހޭލަންވެއްޖެ. ސަރުކާރު ވިޔަފާރި މުޅި ރާއްޖެ އާފަތިހަކަށް އަލިވިލުން ހެހެހެ

  5. ބަރުގޮނު

    އަތްކަން އަޅާ ޖަރީ ކޮށްފައި ތިވާ ޤަވާޢިދުން ކުންފުނި ހަދައިގެން ހިންގަން ތިބޭ ކައުންސެލަރުން އެންމެ ފުރަތަމަ ޖެހޭނީ ގްރޭޑް 1 ، 2 ގެ ކުދިންނަށް ވެގެން ތިޔަ ޤަވާޢިދު ފަރިތަކޮށް ކިޔަން ދަސްކުރަން. އޭގެ މާނަ ވިސްނާގަންނަން ޖެހޭނީ އެކަން ވެއްޖެއްޔާ. ތިޔަށް ވުރެ ރަޢިއްޔަތުންނާ ގުޅުންހުރި މާ މުހިންމު ކަންކަން އެބަހުރި. ޑޮކްޓަރަށް ދައްކާލަން މާލެ އައިސް ހޮސްޕިޓަލްގައި ނަން ނޯޓް ކޮށްގެން އެޕޮއިންޓްމެންޓް ނުލިބި މާލޭގައި ތިބެންޖެހޭ 2 ، 3 މަސްދުވަހު މާލޭގައި މަޑުކުރަންޖެހި ތިބުމާ ކެއުމުގެ ޚަރަދު އާސަންދައިން ލިބޭ ލުޔަށްވުރެ ޖީބަށް ބަރު. އާސަންދައިން 3000 ރ. ގެ ބޭސްފަރުވާއަށް ހޭދަވާއިރު ތިބޭތަނުގެ ކުއްޔާ ކޮއްތަށް 10 ، 12 ހާސް ރ. މީހާ އަތުން ދާނެ. މިވެސް ޚިޔާލުކޮށްލަން ރަގަޅު ކަމެއް.
    ސަރުކާރުގެ ވިޔަފާރި ކުންފުނިން ގެންނަ ފިޔައި އަލުވި ބިސް ފަދަ ތަކެތި މާލޭ ބިމުގައި ވިއްކާ އަގަށް ރަށްރަށުންވެސް ލިބޭނެ މަގެއް ސަރުކާރާ ގުޅިގެން ތަނަވަސްވޭތޯ ބެލުން .... މިކަހަލަ ބައިވަރު ކަންކަން ހުންނާނެ. ވިސްނަންވީ.. ވޯޓަށް އުޅޭއިރު އުޅޭވަރަށް މިކަންކަމާ އުޅެ ޒިންމާ ނަގަންވީ.