މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަންއިން ހުޅުވާލައިފި އެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިރޭ ވިދާޅުވީ މިރޭ އާއްމުކުރި ލިސްޓުގައި ހިމަނާފައި ވަނީ 263183 މީހުންގެ ނަން ކަމަށެވެ.

"ލިސްޓް އާންމު ކުރާއިރު ރާއްޖެއިން ބޭރުގައި މަރުވާ ބައެއް މީހުންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަަނަލް ރެޖިސްޓްރޭޝަނަށް ލިބޭލެއް ލަސްކަމުން މަރުވެފައިވާ ބައެއް މީހުންގެ ނަންތައް ލިސްޓުގައި ހުރުމަކީ އެކަށީގެންވާ ކަމެއް " އަކްރަމް ވިދާޅުވިއެވެ.

" ޑިޕާޓްމަންޓް އޮފް ނެޝަަނަލް ރެޖިސްޓްރޭޝަނަށް އިން އަޅުގަނޑުމެންނަށް މައުލޫމާތު ދީފައި ވަނީ އެގޮތަށް. އަޅުގަނޑުމެން އެދެނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓް ރަނގަޅު ކުރި ގޮތަށް ރައްޔިތުންގެ އެއްބާރުލުމާ އެކު ލިސްޓް އިސްލާހު ކުރަން،" އަކުރަމް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ނަގަން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އިލެކްޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިއާސީ އިންތިހާބު ބާއްވާށެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް މިރޭ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް މިރޭ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު