ޝަރީއަތުގައި ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއްނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ކަނޑައަޅައި އަމަލު ކުރަމުން ނުދާނެ ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލުން މިހެން ވިދާޅުވީ، ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިތުރުން ފަނޑިޔާރު ޢަލީ ހަމީދުގެ ފޯނު ތަހްޤީގަށް ނުދިން މައްސަލައިގައި މިރޭ ބޭއްވި އަޑު އެހުމުގައި މަޢުމޫން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް މިރޭގެ ޝަރީއަތުގައި ވިދާޅުވީ، އެމަނިކުފާނަށް އެނގިލައްވާފައިވާ ގޮތުން ޝަރީއަތަށް ދެ ހަސްމުންގެ ކުރިމަށްޗަށް ހާޒިރު ކުރުމެއް ނެތި، ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށެވެ.

މަޢުމޫން ވިދާޅުވީ، ސިއްރުން ހެކިބަސް  ނެގުމަކީ ދޮގު ހެކި ދިނުމަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި، ސިއްރުން ހެކިބަސް ދޭ ފަރާތްތަށް ދޮގު ހެކިބަސް ދީފައި އެބަ ހުރި ކަމަށާއި، މިރޭގެ ޝަރީއަތުގެ މަޖިލީހުގައިވެސް ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ.

ޤްރުއާނުގެ އާޔަތްތަކާއި، ހަދީޘް ބަސްފުޅުތަކާއި އެ ބަސްފުޅުތަކުހެ މާނަ އިއްވުމަށްފަހު މަޢުމޫން ވިދާޅުވީ، ދޮގު ހެކިބަސް ދިނުމަކީ ބޮޑު ފާފައިގެ ތެރެއިން ފާފައެއްކަން ޤްރުއާނާއި ސުންނަތުން ސާބިތުވާ ކަމަށާއި، އެހެންކަމުން ސިއްރުން ހެކިބަސް ނުނެގުމަށް ދައުލަތާއި ގާޒީއަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

މަޢުމޫނުގެ މި ވާޙަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު ގާނޫނަކަށް ރާއްޖޭގައި އަމަލު ނުކުރޭވެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެކި ބަސް ނެގޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސިއްރުން ހެކިބަސް ނެގުމަކީ ޤާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ސިއްރުން ހެކިބަސް ނެގަމުން ނުދިޔައީސް ކަމަށެވެ.

މަޢުމޫނުގެ ވާހަކަތަކަށް ރައްދު ދެއްވައި ގާޒީ ނަޖީބު ވިދާޅުވީ، ސިއްރުން ހެކިބަސްދޭ ފަރާތްތަކަކީ އަދުލުވެރިންކަން ޝަރީއަތުން ޔަޤީން ކުރާ ކަމަށާއި، ދައުވާ ލިބޭ ފަރާތްތަކާ އެއް ހާޒިރު ނުވާނެހެން ހެކިބަސް ނަގަނީ ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.

މި މަޢޫލޫއަށް އިތުރަށް ވާހަކަފުޅު ދެއްކުމަށް މަޢުމޫން ފުރުޞަތަކަށް އެދުނު ނަމަވެސް ގާޒީ މަޢުމޫނަށް އެ ފުރުޞަތު ދީފައެއް ނުވެއެވެ.

ސިއްރުން ހެކިބަސް ނެގުމާ ދެކޮޅަށް މަޢޫމޫން ވާހަކަފުޅު ދެއްކެވިއިރު، މިރެއަކީ ރަމަޟާން މަހުގެ ހަތާވީސް ވިލޭރޭ ކަމަށްވުމާއެކު މިރޭ ޝަރީއަތް ނުކޮށް އެހެން ރެއަކުން ޝަރީއަތް ކުރިއަށް ގެންގޮސްދެއްވުމަށްވެސް މަޢުމޫން އެދިލެއްވިއެވެ. ނަމަވެސް މިރޭ ޝަރީއަތް ކޮށް މައްސަލައިގެ ހެކިންގެ ހެކިބަސް ނަގާ ވަނީ ނިންމާލާފައެވެ.

ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅިކަން ސާބިތު ވެއްޖެނަމަ ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިސްލާމީ ޝަރީއަތާ އެއްގޮތަށްތޯ ރާއްޖޭގައި ހުކުމްތައް ކުރަމުދަނީ ... ؟؟؟؟

  2. އިސްލާމް ދީނުގައި ވައްކަން ކުރާ މީހާގެ ހުކުމަކީ އަތްކެނޑުމެވެ. ޤާނޫނު އަސާސީގައި ވައްކަން ކުރާ މީހުންގެ އަތް ކެނޑުމެއް ނެތެވެ. އެހެންވީމާ، ޤާނޫނު އަސާސީގައި ކޮންމެހެން އިސްލާމީ ޝަރީޢަތުގެ ވާހަކަ ނޯވެ ވެސް ހިނގައިދާނެއެވެ.

    • ގާނޫނު އަސާސިގެ 285 ވަނަ މާއްދާގަ އޮންނާނެ ގާނޫނެއްގައި އިސްލާމީ ޝަރީއާ ހިލާފު މާއްދާއެއް ނުވަތަ ހިލާފު ގާނޫނެއް އެއީ ބާތިލް ގާނޫނެއް ކަމަށް. ކުށާ ކުށުގެ އަދަބު ބަޔާން ކުރަނީ ގއ އަކު ނޫން. ގާނޫނުލް އުގޫބާތުގަ. އެއްޗެއް ނޭނގުނަސް ކޮމެންޓް ކުރާތި.

  3. ދައުލަތެއް ގާޒީއެއް ނޯންނާނެ ވަލުއިއްޔަ ގާނޫނު ހަދައިގެން އިސްލާމީ ސަރިޔަތާ ހިލާފައް ސަރިޔަތްތައް ތި ހިންގަނީ، ދައުލަތުގެ ވަކީލް ޢާ ގާޒީއާ ޗެލެންޖު ކުރަން ހަމަ ޔަގީނުންވެސް އިސްލާމީ ސަރިޔަތު ގަ ނޯންނާނެ ސިއްރު ހެއްކެއްގެ ވާހަކަ އެއް، ސިއްރުން ހެކިބަސް ދޭމީހާޔާ ސިއްރު ހެކިންވެސް ފާފަ ވެރިވާނެ މި ރާއްޖޭގަ ހުރިހާ ކުރާ ކަމަކީ އިސްލާމް ދީނާ ހިލާފު ނުން ކަން ކަންތަ؟ ބިސްމި ކުރިޔައްލިޔެ ލެއްވިހާ ހަރާން އެއްޗެއް މި ގައުމުގަ އެތެރެ ކޮއް ވިއްކަނީ އިސްލާމީ ސަރިޔަތުގަ އެ ހުއްދަ ވެގެންތަ؟؟ ގާޒީންގެ ލަދު ހަޔާތް މިވަރައް ކެންޑުނީ ކޮން އިރަކު ކޮން ސަބަބަކާ ހުރެތޯ!!! މައުމޫން އަކީ ގާނޫނީ ގިނަ ބޭފލުން ގެ އުސްތާޒެއް، ރަޝާން މަހު 27 ވިލޭރޭ ދޮގު ހެކި ނަގާ އީދު ދުވަހު ހުކުން ކުރަން ކަހީނު އެނގިޔަސް ހެޔޮނުވާނެ ތިގޮތައް ތިކަން ކުރަން، ދުނިޔެއައް ބޫތުކެޔަސް ބޮޑުވަރު

  4. ވިލިނގިލި މޮޅޭ

    ފަހު 10 ގައިވެސް މީހަކު މުސައްލަމަތީ އޮވެދާނެތީ، ދަންވަރަށް ޝަރީއަތް ހިންގުން. މިއޮތީވާ ދައުލަތެއް

    • ފަހުދިހައެއްގަ ކުރުން ހުއްދަ ކަމެއް އެއީ. ބަޣާވާތް ކުރާ މީހުންގެ ޝަރީއަތް ނިންމާ އަދަބު ދޭން އަވަސް ކުރަންޖެހޭނެ. އެއީ އިސްލާމްދީނުގައި ނުބައިކަންކަން.އިސްލާމީ ދައުލަތަކާ އުދިކޮޅަށް ނުކުތުމަކީ މަރުގެ އަދަބހ ދެވޭކަމެއް

      • ކަލޯ މިއީ އިސްލާމީ ގައިމެއްތަ؟ އިސްލާމީ ގައުމެކޭ ކިޔަނީ ކީއްވެތަ؟ އިސްލާމީ ގައުމެއްގެ ހުންނަން ޖެހޭ ޝަރުތުތައް ކިޔާދީބަލަ. އިސްލާމީ ވެރިއެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ ކޮބާ. އިސްލާމީ ވެރިޔެކޭ ކިޔޭ ސަބަބު ބަޔާން ކޮއްދީބަލަ.

  5. ތައުބަާގެ ދޮރުތައްވަނިީ ހުލުވިފަ

  6. ވަރުގަދަމީހާ

    އެއްވެސްމީހަކު ނުބުނޭ މިތާ އޮތީއިސްލާމީޝަރީއަތެކޭ

  7. މިރާއްޖޭގެ ފެހި ގާނޫނު އަސާސީ އަކީ ތޯގޫތީ ނިޒާމެއްގެ މައްޗައް ބިނާކޮއްފައި ހަދާފައިވާ ވަލުޢީ ގާނޫނުތަކެއް.ވީމާ ތިޔާ ފޮތގައި ލިޔެފައި ހަދާފައިވާ ހުރިހާ ގާނޫނެއް ގަވާއިދު ތަކަކީ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއް ނޫން. ތިޔާ ފެހި ގާނޫނު އަސާސީ އަކީ އިސްލާމީ ޝަރިއްޔަތާ މުޅިން ޚިލާފް ވެއްޗެއް