މިހާރު ރާއްޖޭގައި މިއޮތީ ނިދާފައި އޮތް ސަރުކާރެއް ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަހީދު ވިދާޅުވީ މިހާރު ފެންނަމުންދަނީ ތަފާތު މަންޒަރެއް ކަމަށާއި އެފަދަ މަންޒަރެއް ފެންނަމުންދަނީ ސަރުކާރުން ކުރަންޖެހޭ ކަންކަން ނުކުރެވުމުގެ ސަބަބުން ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދީފައި ވެރިން ބައިތިއްބާފައި ވިޔަސް ބައެއް އޮފީސްތައް ހުންނަކަން ވެސް ނޭނގޭ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައެއް ތަންތަން މިތިބީ ހަމަ ނިދާފައި. އެއީކީ ނޫން ދެއްތޯ ރާއްޖޭގައި އެކިއެކި ސަރުކާރުތައް ހިނގާފައި ހުރި ގޮތަކީ. އެއްވެސް ގޮތަކަށް ނުދެކެން މިހާ ބޮޑަށް އަޑެއް ބަޑެއް ނީވޭ، މަޑުން ނިދިފައި ސަރުކާރެއް އޮތް ދުވަހެއް ހަމަ ގައިމުވެސް އަޅުގަނޑުގެ ތަޖުރިބާގައި، އަޅުގަނޑުގެ އުމުރުން ވެސް ފެނިފައެއް ނެތް" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މާލޭގެ ހާލަތައް ބަލާއިރު ހިނގައި ބިނގައިވެ ނޫޅެވޭ ވަރަށް ހާލަތު ވަނީ ގޯސްވެފައި ކަމަށެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ވާހަކަ ކޮންމެހެން އަލުން ދެއްކުމަށްފަހު އެންމެނަށް ވެސް ހާލަތު އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ރައީސް ވަހީދު ވިދާޅުވީ މާލެ މިހާރު އޮތީ މީގެ ކުރިން ނުދެކޭހާ މުޑުދާރުކޮށް ކަމަށެވެ،

ރައީސް ވަހީދު ވިދާޅުވީ ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ފޯރުކޮށްދިނުން އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ އިން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިއަދު ވެރިކަން ކުރާ ޕާޓީގެ އަތައް ހުރިހާ ބާރެއް ކަހާލާފައި އޮތުމުން ޤާނޫނު އަސާސީން ކަށަވަރުކޮށްދިން ހައްގުތައް ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވީ "މިއީ ރައްޔިތުންނަށް ލިބޭ ފަހު ޗާންސް. ހުރިހާ ބާރެއް އެއްބައެއްގެ އަތައް ކަހާލުމުގެ ނަތީޖާ ރައްޔިތުންނަށް މިއޮތީ ފެންނަން." ރައީސް ވަހީދު ވިދާޅުވިއެވެ.

މި ސަރުކާރުގައި ތައުލީމީ ބޭފުޅުން ވެސް އެބަތިއްބެވި ކަމަށާއި ނަމަވެސް އެ ބޭފުޅުން ވެސް އެއްޗެއް ވިދާޅުނުވެ ތިއްބަވަނީ މަޑުމަޑުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައްތައް އޮއްވައި ކުރިން އިދިކޮޅު ފަރާތްތަކާ ދިމާލަށް ތަފާތު ނަން ނަމުން ކިޔަމުންދިޔަ އެއްޗެހި މިހާރު އެމްޑީޕީގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކަށް ކިޔަމުންދާ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"މި ދަރަޖައަށް މިހާރު ސަރުކާރުގެ ކަންކަން މިދަނީ. އެހެންވީމަ ރައްޔިތުންގެ ކޮން އިތުބާރެއްތޯ އޮންނާނީ ސަރުކާރާ ދޭތެރޭގައި. އަޅުގަނޑުމެން މިއަދު ހިނގާލަންދިޔައިރު ވަރަށް ގިނަ މީހުންނާ ދިމާވި، މި ސަރުކާރަށް ސަޕޯޓުކޮށްގެން އެއްޗެއް ބުނި އެންމެ މީހަކާ ވެސް ދިމަލެއް ނުވި. ރައްޔިތުން މިހާރު މިތިބީ މުޅިން ސަރުކާރު ދެކެ ފޫހިވެފައި. މި ސަރުކާރަށް ދެން ކޮށްދެވޭނެ އެއްވެސް ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވަނީ ކަންކަން ކުރެވޭނެ ގާބިލު މީހުންނާއި ކަންކަން ހަވާލުކުރަން ރައްޔިތުން މިހާރުން ފެށިގެން ވެސް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ ކަމަށާއި އެބޭފުޅުން ތަފާތު ދައްކާނެ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޮކި

    ކަލޭމެންނީ ހޭލާތިބެ ވައްކަންކުރި ބައެއް ؟

    11
    24
  2. ސލ

    ގުނޑާ އިން ތިބީ ގަދަ ނިދީގަ އެވެ ރަ އްތުން މަގުމަތި
    ވެ އްޖެ އެވެ ސަރުކާރު އ އިސްތި އުފާ ދޭންވެ އްޖެ އެވެ.

    19
    6
  3. ބާޤީ ވަހީޛު

    ޑޜ 5%

  4. ޏނބ

    ވައްކަން ކުރިއަސް ކުރީގެ ސަރުކާރު މާގިނަ ކަންތައް ކޮށްދީފި

    3
    1
    • ލައިސަންސް

      ގިނަ ކަންތައް ކޮށްދިނުމަކީ ވައްކަން ކުރަން ލިބޭ ލައިސަންސެއްތަ. ބުރާންތި.

  5. ކެލާ އާރިފް

    ބަޤާވާތެއް ނުކުރެވިގެން ތެޅިފޮޅެނީ، %5 ނުލިބުނު މީހެއް ރައްޔިތުންނޭކިޔާ އަނގަހުޅުވަން ލަދެއްވެސްނުގަނޭތޯ

    4
    4
  6. ލާދީނީ ވަގުން

    ކަމެއް ނުކޮއްދޭ ތަނުގައި މިސަރުކާރުން ކުރަނީ ހުސް ވައްކަން. އައްނި ބުނިފަދައިން މިއީ ވަގުންގެ ސަރިކާރެއް.

  7. ޢަޒު

    ވެރިކަން ނުކުރެވިގެން އިސްތިއުފާ ދިނީމަ އެ ބެލެވޭނީ ވެރިކަން ނުވީ ކަމަށް ފުރިގަ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ވަހީދަކީ ކިޔަވައިގެންހުރި ތަޢުލީމީ ގާބިލު ބޭފުޅެއް ނަޝީދަކީ އެމްޑިޕީ އަކީ ހަމަ ސުމެއް

  8. އަހުމަދު

    ޖަހައި ނުގަންނާތި އަނެއްކާ. ތެޔު ނާށި ޖަހައިގަންނަ ގޮތަށް.