ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތައް "ވަގުތު" އިން މީސް މީޑިއާ އިސްތިހާރު ކޮށްދޭން ފަށައިފިއެވެ.

"ވަގުތު"ގެ އޮފިޝަލަކު ވިދާޅުވީ "ވަގުތު" ފޭސްބުކް ޕޭޖްގައި ޕޯސްޓަރުތައް ޕޯސްޓް ކުރަމުން ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖްގައި ޕޯސްޓަރުތައް އާއްމު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ. އަޅުގަނޑުމެންނާއި ގުޅުއްވުމުން އެކަމުގެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން ގެންދާނަން." އޮފިޝަލް ވިދާޅުވިއެވެ.

ޕޯސްޓަރުތައް "ވަގުތު"ގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 7461129 އަށެވެ.

"ވަގުތު" ފޭސްބުކް ޕޭޖް ފޮލޯ ކުރާ މީހުންގެ އަދަދު ދޮޅުލައްކައަށް ވުރެ ގިނައެވެ.

"ވަގުތު" އަކީ އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓެވެ.