ވ. ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5،645 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 11،306 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކޮށް 198 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާފައިވާ ކަމަށެވެ. އަދި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 44 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާ ކަމަށެވެ.

މީގެއިތުރުން 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރީ 18.5 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިސާން

    50 މީހުން އުޅޭ ރަށަކަށް ހާދަ ޙަރަދެއް. ޢެހެން ރަށަކަށް މީހުން ބަދަލުކޮއްފަ ރިސޯޓެއް ހެދީމަ ނިމުނީނު. ނޫނީ ގެސްޓް ހައުސް އައިލެންޑެއް.