ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ގާނޫނީ ވަކީލް ސަފާ ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގައި މިއަދު ބޭއްވި ޖަލްސާގައި ސަފާގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުން އުފެދޭ، ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުންނެވެ.

އާންމުންގެ ތެރެއިން ބޯޑަށް އައްޔަން ކުރުމަށް މަޖިލީހުން ހުޅުވާލުމުން ކުރިމަތިލެއްވީ ހަ ބޭފުޅުންނެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ބޭފުޅުންގެ ނަންތައް ދިރާސާކޮށް އިންޓަވިއުކުރުމަށްފަހު ނިންމީ ސަފާ އައްޔަން ކުރުމަށެވެ.

ސަފާއަކީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

މީގެއިތުރުން ސަފާއަކީ މޯލްޑިވްސް އިންޓަނޭޝަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ ވެސް މެމްބަރެކެވެ. ހިސާން އެންޑް ސަފާ އެލްއެލްޕީ ނަމަކަށް ކިޔާ ލޯފާމެއް އުފެއްދެވުމުގައި ވެސް ސަފާ ވަނީ މަސައްކަތް ކުރައްވައިފައެވެ. ސަފާއަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްގެ ވެސް މެމްބަރެކެވެ.

އެޓާނީ ޖެނެރަލް އޮފީހުގައިވެސް މަސައްކަތްކުރެއްވި ސަފާވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި ބެޗްލަ އިން ލޯ ފުރިހަމަ ކުރައްވައިފައެވެ. ސަފާ މާސްޓާސް ފުރިހަމަ ކުރެއްވީ އެމެރިކާގައެވެ.

ފުލުހުންގެ ބޯޑްގެ އާންމުންގެ ތެރެއިން ދާދި ފަހުން ވަނީ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޢަފޫރު އައްޔަން ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ގ

  އަންނިގެ ކަޒިންއަކާ އިންދެގެންއުޅޭތީ ދިން ހަދިޔާއެއް. އާއިލީ ވެރިކަން.

  14
  1
 2. ޣސ

  އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗަރޓަޑް އަރބިޓްރޭޑަސްގެ މެމްބަރުންގެ ގޮތުގައި ފީދައްކައިގެން ބައިވެެިވެފަވަނީ 9 ދިވެހިން. ސަފާއަކީ އޭގެ މެންބަރެއްނޫން. އޮޅުވާލައިގެން ސީވީ ލިޔުނީމަ ނޭގުނު ޒަމާން ފާއިތުވެއްޖެ. ވަޒީފާ ތިހަމަޖެހުނީ ނަޝީދުގެ ތިމާގެ ގޮލަޔަކާ އިންދެގެން އުޅޭތީ.

  12
  1
 3. އިމްރާމް

  ﷲ އަކްބަރު ޤައުމެއްވާ ނެތް. ދވިހި ފުލުހުން ހިމާޔަތް ކުރަން ރައްޔިތުން ނިކުންނަން ޖެހޭ ހިސާބަށް ކަންކަން ގޮއްސި

  13
  2
 4. ހަހަ

  މީ ކިހިނެއް ހޯދި އާމްފަރާތެއްބާ ؟

  9
  1
 5. Anonymous

  މިނިވަންކަންމަތީ އަބަދަށް. ފަހަތަށް ނޫނު ގެނައިމާ ދިމާވާނެ

 6. އާދަނު

  ކަންކަން ކިހިއްޔަށް ޖައްސަވަން މިވަރެއް ނެތޭ ކުޅަދާނައޭ.

  10
  1
 7. އަންނި

  ދެން އަތްޖަހާ.

  9
  1